ލިވަޕޫލާއި ސިޓީ ވެސް މޮޅުވެ ލީގުގެ ރޭހަށް ބަދަލެއް ނައި

Apr 30, 2022, 9:07 PM
ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވެ، ލީގުގެ ރޭހުގައި ބަދަލެއް ނައިސް އިތުރު ހަފްތާއެއް ނިންމާލަން ޖެހިއްޖެ އެވެ.

އެންމެ ފުރަތަމަ ލިވަޕޫލުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ވަގުތީގޮތުން އެއް ވަަނަ އަށް އެރި އެވެ. އެކަަމަކު، އޭގެ ހަތަރު ވަރަކަށް ގަޑިއިރު ފަހުން، ލީޑްސް ޔުނައިޓެޑް ދަނޑުގައި 4-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފަ އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 34 މެޗުން 83 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ. ސިޓީ ހަތަރު މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ޗެމްޕިއަންކަން ލިބޭނެ އެވެ. ލިވަޕޫލަށް ތަށި ލިބެން އޮތީ ސިޓީ އަށް އެއް މެޗުން ނަމަވެސް ޕޮއިންޓު ގެއްލި، ލިވަޕޫލް ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ނިއުކާސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ހަމައެކަނި ގޯލު ޖެހީ ނަބީ ކެއިޓާ އެވެ. މެޗުގެ 19 ވަަނަ މިނިޓްގައި ކެއިޓާ މި ގޯލު ޖެހީ އޭރިއާތެރެއިން ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުންނެވެ. ކެއިޓާ ގޯލު ޖެހީ ނިއުކާސަލްގެ ގޯލްކީޕަރު މާޓިން ޑުބްރާވްކާ ކައިރިން ނައްޓާފައި، ގޯލު ރޮނގުމަތީގައި ހުރި ދެ ޑިފެންޑަރުން މެދުތެރެއިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ގޯލު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ލީޑުފުޅާކުރަން ސަޑިއޯ މޭނާ ޖެހި ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު، ލުއިޒް ޑިއާޒް އާއި ޖޮޓާ ފޮނުވާލި ހަމަލާތައް ހުއްޓުވީ ކީޕަރު ޑުބްރާވްކާ އެވެ. ނިއުކާސަލް އަށް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ކައިރިން މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މިއީ ލިވަޕޫލުން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖުމްލަ އެއްކޮށް ބަލާއިރު، މޮޅުވި 42 ވަަނަ މެޗެވެ. މިއީ އެ ކްލަބްގެ ރެކޯޑެކެވެ.

ލީޑްސްގެ އެލަންޑް ރޯޑުގައި ކުޅުނު މެޗުގައި ސިޓީން ލީޑުނެގީ ފުރަތަމަ ހާފުގެ 13 ވަނަ މިނިޓްގައި ފިލް ފޯޑެން ހިލޭޖެހުމަކުން ނެގި ބޯޅައަކުން ރޮޑްރީ ބޮލުން ޖެހި ގޯލުންނެވެ. ސިޓީން އަނެއް ތިން ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރުބެން ޑިއާސް ދިން ބޯޅައަކުން ނޭތަން އަކޭ ސިޓީގެ ލީޑުފުޅާކޮށްދިނެވެ. މެޗުގެ 78 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ސިޓީގެ ތިން ވަނަ ގޯލު ޖެހީ ފޯޑެން ދިން ބޯޅައަކުންނެވެ. އަދި އިތުރު ވަގުތުގައި ފެނާންޑީނިއޯ ވަނީ ސިޓީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ލީގުގައި މިރޭ އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެ، ނޮރިޗް ސިޓީ ވަނީ ރެލިގޭޓްވެފަ އެވެ. ނޮރިޗް މި ވަނީ އެންމެ ފަހުން އެ ޓީމު ޕްރިމިއާ ލީގުގައި ކުޅުނު ހަތަރު ސީޒަނުގައި ވެސް ރެލިގޭޓްވެފަ އެވެ. ނޮރިޗަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ހަތަރު ފަހަރު ލީގުގައި ވާދަކޮށް ރެލިގޭޝަނާ ކުރިމަތިލި ދެ ވަނަ ޓީމެވެ.

ރެލިގޭޝަން ޒޯނުން ސަލާމަތްވާން މަސައްކަތްކުރަމުން އަންނަ ބާންލީން ވަނީ ފަހަތުން އަރައި 2-1 އިން ވަޓްފޯޑް ދަނޑުގައި މޮޅުވެފަ އެވެ. ކްރިސްޓަލް ޕެލަސް އިން ވަނީ ފަހަތުން އަރައި 2-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު ވުލްވްސް އަތުން ރަނގަޅު ފޯމެއްގައި އޮތް ބްރައިޓަން މޮޅުވީ 3-0 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox