ޗައިނާގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ގިނަ ބަޔަކު ތާށިވެއްޖެ

ހުނާން ޕްރޮވިންސްގެ ޗަންޝާ ސިޓީއިން ވެއްޓުނު އިމާރާތަކީ ހޮޓަލަކާއި، އެޕާޓްމަންޓްތަކާއި ސިނަމާއެއް ހިންގާ އިމާރާތެއް. -- ފޮޓޯ: ރޮއިޓާޒް

ހުނާން ޕްރޮވިންސްގެ ޗަންޝާ ސިޓީއިން ވެއްޓުނު އިމާރާތަކީ ހޮޓަލަކާއި، އެޕާޓްމަންޓްތަކާއި ސިނަމާއެއް ހިންގާ އިމާރާތެއް. -- ފޮޓޯ: ރޮއިޓާޒް

ބެއިޖިން، ޗައިނާ (އެޕްރީލް 30) - ޗައިނާގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި 18 މީހުން ތާށިވެ، ގިނަ ބަޔަކު ގެއްލިގެން ހޯދަމުން އެބަ ދެ އެވެ.

ހުނާން ޕްރޮވިންސްގެ ޗަންޝާ ސިޓީއިން ވެއްޓުނު އިމާރާތަކީ ހޮޓަލަކާއި، އެޕާޓްމަންޓްތަކާއި ސިނަމާއެއް ހިންގާ އިމާރާތެކެވެ.

ޗަންގްޝާގެ މޭޔަރު ނޫސްވެރިންނަށް ވިދާޅުވީ 18 މީހުން އިމާރާތުގެ ދަށުގައި ތާށިވެފައިވާ އިރު، އިތުރު 39 މީހުންގެ ހަބަރެއް ނުވާ ކަމަށެވެ.

އެ 39 މީހުން ވެސް ވަނީ އިމާރާތުގެ ދަށުވެފައިވާ ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެ މީހުން ހޯދަމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މަރުވި މީހުންގެ އަދަދު މިހާތަނަށް ހާމަކޮށްފައި ނުވާ އިރު، ސިޓީގެ ކަމާ ބެހޭ އިދާރާތަކުން ބުނީ ހޮނިހިރު ދުވަހުގެ ރޭ އިމާރާތުގެ ދަށުން ފަސް މީހުން ސަލާމަތް ކުރެވުނު ކަމަށެވެ.

ދައުލަތުގެ މީޑިއާއިން ދެއްކި މަންޒަރުތަކުން ފެންނަނީ އަލިފާން ނިއްވާ ރެސްކިއު ޓީމުގެ މެމްބަރުން، ކޮންނަ ބޯޓެއްގެ އެހީގައި އިމާރާތުގެ ކޮންކްރީޓް ދުރަށް ޖައްސާ ތަނެވެ.

އިމާރާތް ވެއްޓުނު ސަބަބު ސާފު ނުވާ އިރު، ބައެއް ރިޕޯޓުތައް ބުނާ ގޮތުން އިމާރާތުގެ ފައުންޑޭޝަނަށް ހިފެހެއްޓޭ ވަރަށް ލޯޑު ބޮޑުވި އެވެ. އެއީ އަށް ފަންގިފިލާގެ އިމާރާތެކެވެ.

"އިމާރާތުގައި އުޅުނު މީހުން އެ ތަނުގެ ސްޓްރަކްޗާއަށް އެކި ވަރުގެ ބަދަލުތައް ގެނައި،" ދައުލަތުގެ ސީސީޓީވީން ބުންޏެވެ.

އިމާރާތް ވެއްޓުނު ސަބަބާ ގުޅޭ ތަހުގީގެއް ކުރަމުންދާ އިރު، ރައީސް ޝީ ޖިންޕިން ގޮވާލެއްވީ އިމާރާތުގެ ދަށުގައި ތާށިވި އެންމެން ސަލާމަތް ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

މިދިޔަ ޖެނުއަރީ މަހު ޗޮންގިންގްގައި ގޭސް ލީކުވެ ހިނގި ގޮވުމެއްގެ ސަބަބުން، އިމާރާތެއް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވި އެވެ.

އޭގެ އިތުރުން ޖޫން 2021 ގައި ޝިޔާން ސިޓީގައި އާއްމުން ދިރިއުޅޭ އިމާރާތްތައް ހުންނަ ކޮމްޕައުންޑެއްގައި ގޭސް ލީކުވެ ހިނގި ގޮވުމެއްގައި 25 މީހުން މަރުވި އެވެ. ހަމަ އެ މަހު މާޝަލް އާޓްސް ސްކޫލެއްގައި އަލިފާން ރޯވެ 18 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox