އިންޑިއާއަށް އާދަޔާ ހިލާފަށް ހޫނުގަދަވާނެތީ އެލާޓުގައި

ކޮންމެ އަހަރަކު ވެސް އިންޑިއާގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ މައްސަލަ ދިމާވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކޮންމެ އަހަރަކު ވެސް އިންޑިއާގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ މައްސަލަ ދިމާވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގައި އާދަޔާ ހިލާފަށް ހޫނުގަދަވާނެ ކަމަށް ބެލެވޭތީ މޫސުމާ ބެހޭ ޑިޕާޓްމަންޓުން އެލާޓް ނެރެފި އެވެ.

"ގައުމުގެ އެކި ހިސާބުތަކުގައި ފިނިހޫނުމިން ވަރަށް ބޮޑަށް މަތިވަމުން އެބަ ދޭ. މި އަހަރު މިކަން މި ކުރިމަތި ވަނީ އެހެން އަހަރުތަކަށް ވުރެ މާ އަވަހަށް،" ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިދިޔަ ބުދަ ދުވަހު ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނަށް ވިދާޅުވި އެވެ.

އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ލަފާކުރަނީ ހުޅަނގު އުތުރުރާއި މެދުތެރޭ އިންޑިއާގެ ހިސާބުތަކަށް މި ހަފްތާގެ ތެރޭގައި ފިނިހޫނުމިން 4-2 ޑިގްރީ ސެލްސިއަސްއިން މަތިވާނެ ކަމަށެވެ. އޭގެ ފަހުން މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި އަދި ޖޫން މަހު އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ މައްސަލަ ނުވަތަ ހީޓްވޭވްސް އިންޑިއާއަށް އާދެ އެވެ. ނަމަވެސް މި އަހަރު އިންޑިއާގައި ހޫނު މޫސުން ފެށީ އެހެން އަހަރުތަކަށް ވުރެ އަވަހަށެވެ. އެގޮތުން މާޗް މަހުން ފެށިގެން ފިނިހޫނުމިން މަތިވާން ފެށި އެވެ.

މި އަހަރުގެ މާޗް މަހު އެވްރެޖް ފިނިހޫނުމިން 122 އަހަރުގެ ތެރޭގައި މަތި ނުވާ މިންވަރަށް މަތިވި އެވެ. ހީޓްވޭވްސް ފަށަން އުޅޭކަމުގެ ނިޝާންތައް ވެސް އެ މަހު ފާހަގަވާން ފެށި އެވެ.

އައިއެމްޑީގެ އިސް ސައިންޓިސްޓް ނަރޭޝް ކުމާރް ވިދާޅުވީ މިހާރު ހީޓްވޭވްސް ކުރިމަތިވެގެން އުޅެނީ އިންޑިއާ ސަރަހައްދުގެ އެޓްމޮސްފެރިކް ފެކްޓާޒްއާ ހެދި ކަމަށެވެ.

އެގޮތުން އިންޑިއާގެ ހުޅަނގުން، މެޑިޓެރޭނިއަންއާ ދިމާލުން އުފެދޭ ތޫފާންތައް ބަލިކަށިވުމުން، ހޫނު މޫސުން ފެށުމުގެ ކުރިން އިންޑިއާގެ ހުޅަނގު އުތުރާއި މެދުތެރެއަށް ވާރޭވެހުން މަދުވި އެވެ.

ދަނޑުވެރިން ބުނީ ކުއްލިއަކަށް ހޫނުމިން މަތިވުމުން، ދަނޑުވެރިކަމަށް އަސަރު ކުރާނެ ކަމަށެވެ. ޔޫކްރެއިންގެ ހަނގުރާމައާ ހެދި ކާބޯތަކެތީގެ ސަޕްލައިއަށް ބުރޫ އަރާފައި ވަނިކޮށް، އިންޑިއާގެ ދަނޑުވެރިކަމަށް އަސަރު ކުރުމުން ކާބޯތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން މާ ބޮޑަށް ހޫނުވާތީ ކަރަންޓަށް ޑިމާންޑް ބޮޑުވެ، ބައެއް ސްޓޭޓްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ގިނައިން ދިމާވާން ފެށި އެވެ. އިންޑިއާގައި ކަރަންޓް އުފައްދަން ބޭނުން ކުރާ ކޯލް ނުވަތަ ބޯޓުދެލީގެ ދަތިކަން ކުރިމަތިވުމުގެ ބިރު ވެސް އެބަ އޮތެވެ.

ބޮޑު ވަޒީރު މޯދީ ވަނީ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކުރައްވައި، އިދާރާތަކުން ތައްޔާރަށް ތިބުމަށް އަންގަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox