ބޭނުންކުރަން ނުފަށަނީސް ތިމަރަފުށީ ފުޓްބޯޅަދަނޑަށް ބަޔަކު ގެއްލުންދީފި

ތިމަރަފުށި ދަނޑަށް ބަޔަކު ރޭގެ ގެއްލުންދީފައި. އެކަން ކުރީ ކޮން ބައެއް ކަމެއް އަދި ހޯދިފައެއް ނުވޭ. ފޮޓޯ: އަހުމަދު މަހުލޫފް

ތިމަރަފުށި ދަނޑަށް ބަޔަކު ރޭގެ ގެއްލުންދީފައި. އެކަން ކުރީ ކޮން ބައެއް ކަމެއް އަދި ހޯދިފައެއް ނުވޭ. ފޮޓޯ: އަހުމަދު މަހުލޫފް

ޔޫތު މިނިސްޓްރީން ތ. ތިމަރަފުށީގައި ތަރައްގީކުރި ފުޓްސަލް ދަނޑަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންތަކެއް ދީފި އެވެ.

ތިމަރަފުށި ކައުންސިލްގެ މެމްބަރަކު "އަދަދު" އަށް މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސް ހަލާކުކޮށްގެން، ދަނޑުތެރެއަށް ވަދެ، ޓާފުން ދެ ފޫޓުގެ ބޮޑު މިނުގެ 10 ވަރަކަށް ތަން ކޮނެގެން ނަގާފައިވާ ކަމަށެވެ. އަދި ދަނޑުގެ ގޯލުގެ ދާގަނޑު ވެސް ކަފާލާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ މިހާރު ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސް، އެކަން ދަނީ ބަލަމުން. އެ ސަރަހައްދުން ވަނީ ވަޅިއެއް ވެސް ހޯދާފަ. އެކަން ކުރިކަމަށް ބެލެވޭ ބަޔަކު އަދި ނޭނގެ އެހެން ބުނާކަށް،" އެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެއީ ސިޔާސީ ގޮތުން ހުރި ހިޔާލުތަފާތުވުންތަކަކާއި ދަނޑުގެ މަސައްކަތް ލަސްވެގެން ބަޔަކު އައި ރުޅީގައި ކޮށްފައިވާ ކަމެކެވެ. އެއީ ރަށު ކައުންސިލާ ދޭތެރޭ އޮތް ހިތްނުތަނަވަސްކަމުގެ ސަބަބުންނާއި ކައުންސިލުން ރައްޔިތުންގެ މަޝްވަރާއާ ނުލާ ކަންކަންކުރާކަމަށް ދައްކަން ބަޔަކު ކުރި ކަމެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ތިމަރަފުށި ދަނޑަށް ބަޔަކު ގެއްލުންދީފައި. ފޮޓޯ: އަހުމަދު މަހުލޫފް
ތިމަރަފުށި ދަނޑަށް ބަޔަކު ގެއްލުންދީފައި. ފޮޓޯ: އަހުމަދު މަހުލޫފް

ތިމަރަފުށި ދަނޑަށް ބަޔަކު ގެއްލުންދީފައި. ފޮޓޯ: އަހުމަދު މަހުލޫފް

ނޫހުގައި ނަން ނުޖަހާ ގޮތަށް ވާހަކަދެެއްކެވި އެ ކައުންސިލަރު ވިދާޅުވީ، ދަނޑުގެ މަސައްކަތް ނިމިގެން އެ ދަނޑާ ކައުންސިލުން ހަވާލުވުމަށް ޔޫތު މިނިސްޓްރީން މިދިޔަ މަސްތެރޭ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން ދަނޑާއި ހަވާލުނުވެ މަޑުކުރީ ދަނޑުގެ ބައެއް މަސައްކަތްތައް ނުނިމޭކަމަށް ފެންނާތީވެކަމަށް އޭނާ ވިދާޅުވި އެވެ،

"ދަނޑުގެ ޕޭވްމަންޓު ސަރަހައްދުގަ އެބަ ހުރި އަދިވެސް ގާ ނުޖަހާ ގަސް ހެދިފަ ހުރި ބައެއް ތަންތަން. އެކަހަލަ ބައެއް ކަންކަން ހުރީމަ ކޮންޓްރެކްޓަރުން ކައިރި އެހީމަ އެމީހުން ބުނީ ތިމަންނަމެންނާ ހަވާލުކުރި މަސައްކަތް ނިމިފައޭ އޮތީ، އެއީ ތިމަންނަމެންނާ ބެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ދަނޑުގެ މަސައްކަތް ނިމުމާއެކު ދަނޑު ސާފުކޮށް ބަލަހައްޓަން އެރަށުގެ އާ ރޫހު ޖަމިއްޔާއާ ވަގުތީކޮށް ހަވާލުކޮށްފައިވާކަމަށް އެ މެމްބަރު ވިދާޅުވި އެވެ. އެ ޖަމިއްޔާއިން އެ މަސައްކަތް އިއްޔެ ނޫން ކުރީ ދުވަހު ކުރުމަށްފަހު، އިއްޔެ ސާފުކުރަން އައިއިރު، ދަނޑަށް ގެއްލުންދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ،

"އީދު ދުވަހު ރަށުން ހޮވާލެވޭ ޓީމަކާ ޖަމިއްޔާތަކާ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފަ ވެސް އޮތީ. ވަރަށް ދަށު ދަރަޖައިގެ އަމަލެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ތިމަރަފުށިގައި ތަރައްގީކުރި ދަނޑަކީ ޑޮމެސްޓިކް ބަޖެޓުން 236،952ރ. ހަރަދުކޮށްގެން ސަރުކާރުން އެޅި ދަނޑެކެވެ. ދަނޑަށް ދިން ގެއްލުންތަކާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެފަދަ އަމަލުތަކުން ދެރަ ލިބެނީ ހަމަ ރައްޔިތުންނަށްކަމަށް ވިދާޅުވި ކޮންމެ ސަބަބަކާހުރެ ވެސް އެފަދަ ފިނޑިއަމަލުތަކުން ދުރުވުމަށް ގޮވާލައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox