ޖޫނިއާ ޓީޓީ މުބާރާތުގައި ވާދަކުރާ ގައުމީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

Apr 28, 2022, 3:57 PM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރާއްޖޭގެ ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމުން ބޭނުންކުރާނެ ޖާޒީ އިފްތިތާހުކުރައްވައި، މުބާރާތުގައި ވާދަކުރައްވާ ޓީމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިތްވަރު ދެއްވައިފި އެވެ.

ސާކުގެ 6 ގައުމަކުން 85 އެތްލީޓުން ވާދަކުރާ ސަރަހައްދީ ޖޫނިއާ މުބާރާތަށް ގައުމީ ޓީމް ތައްޔާރުވަމުން އަންނަނީ މެޑަލް ހޯދުމަށް އަމާޒުގަ އެވެ. ދުރާލާ ފަރިތަކުރުންތައް ޓީމުން މާލޭގައި ކުރަމުން އައިއިރު، ޓީމާ ވަކިން ތަމްރީން ހަދަމުން ދިޔަ ފާތިމަތު ދީމާ އަލީ ވެސް ވަނީ އިއްޔެ ގައުމީ ޓީމާ ގުޅިފަ އެވެ.

މި މުބާރާތަށް ހާއްސަކޮށް ތައްޔާރުކުރި ގައުމީ ޓީމުގެ ޖާޒީ ރަސްމީކޮށް ދައްކާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ހާއްސަ ބައްދަލުވުމެއްގަ އެވެ. ގައުމީ ޖޫނިއާ ޓީމުގެ ކުޅުންތެރިންނާއި، ކޯޗު އަދި އެސޯސިއޭޝަންގެ އޮފިޝަލުންގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ބައިވެރިވި މި ބައްދަލުވުމުގައި ގައުމީ ޓީމުގެ ފަރާތުން ވަނީ ރައީސް ސޯލިހަށް ގައުމީ ޓީމުގެ ޖާޒީ ހަދިޔާ ކުރައްވައިފަ އެވެ. ރައީސް ވަނީ މުބާރާތުގައި ފުރިހަމަ ކާމިޔާބެއް ހޯދުމަށް ޓީމަށް ހިތްވަރު ދެއްވައިފަ އެވެ.

ސައުތު އޭޝިއާގެ ޖޫނިއާ މުބާރާތުގައި ވާދަކުރާ ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިން ބޭނުންކުރާ ޖޯޒީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ހަދިޔާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަލަށް ތައްޔާރުކުރެވުނު ޖާޒީގެ ޑިޒައިންގައި ދިވެހި އަތްތެރިކަމުގެ އެންމެ މުހިންމު އެއް ހުނަރުކަމަށްވާ ލިޔެލާ ޖެހުމުގެ ފަރުމާއެއް ހިމަނާފައި ވާއިރު، ބޭނުންކޮށްްފައިވަނީ ގައުމީ ދިދައިގެ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތަކަށް ހާއްސަކޮށް ގައުމީ ޓޭބަލް ޓެނިސް ޓީމަށް ހާއްސަކޮށް ޖާޒީއެއް ތައްޔާރުކުރެވުނު ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވީ ޓީޓީ އަކީ ރާއްޖޭގައި އިތުރަށް ކުރިއެރުވިދާނެ ކުޅިވަރެއް ކަމަށެވެ. އަދި ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ރާއްޖޭގެ ޓީޓީން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ތާރީހީ މެޑަލްތައް ހޯދި މެޗުތައް ބައްލަވައިލެއްވުމަށް ރައީސް ސޯލިހު އެ ވަގުތު މެޗުތައް ކުުޅުނު މޮރިޝަސްގެ އިންޑޯ ކޯޓުގައި ހާޒިރުވެވަޑައިގެން ހުންނެވި އެވެ.

ޓީޓީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ޓީޓީ އެސޯސިއޭޝަންގެ އިސްވެރިންނާއި ރައީސް ސޯލިހު އަދި މިނިސްޓަރު މަހުލޫފް ފޮޓޯ އަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

ޓީޓީ ޓީމުގެ ޓްރެއިނިން ތަކުގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކާއި ކޯޗެއް އަންނަނީ ބައިވެރިވަމުންނެވެ. އަދި މުބާރާތުން ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ގައުމީ ޓީމަށް ހިތްވަރުދީ ސަޕޯޓު ދިނުމަށް ގިނަ ބަޔަކު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް އައުމަށް ކުޅިވަރާ ބެހޭ ވުޒާރާއިންނާއި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުން ވެސް އިލްތިމާސްކުރެ އެވެ.

މުބާރާތުގެ މެޗުތައް ބަލަން ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓަށް ގިނަ ސަޕޯޓަރުން ވެއްދުމުގެ ގޮތުން ހަރަކާތްތައް ރޭވުމަށް ޓީޓީގެ އިސް އޮފިޝަލުންނާއި ޔޫތު މިނިސްޓްރީން އަންނަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ރެކްރިއޭޝަން ކްލަބްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބައްދަލުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox