އާރްޓީއައި ގާނޫނާ ހިލާފުވުމުން 250 ކުދިންނަށް ކާން ދޭން ޖެހިއްޖެ

އިންޑިއާގައި ކުދިންތަކެއް ކާން އިށީންދެގެން.

އިންޑިއާގައި ކުދިންތަކެއް ކާން އިށީންދެގެން.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، "ރައިޓް ޓު އިންފޮމޭޝަން" ނުވަތަ އާރްޓީއައި ފޯމެއް ހުށަހެޅި މީހަކަށް ޖަވާބު ދިނުން ލަސްކުރި އިންޑިއާގެ އިންފޮމޭޝަން އޮފިސަރަކު، އަދަބެއްގެ ގޮތުން 250 ސްކޫލް ދަރިވަރުންނަށް މެންދުރުގެ ކެއުން ދޭން ޖެހިއްޖެ އެވެ.

އުއްތަރް ޕްރަދޭޝްގެ ގާޒީޕޫރް ޑިސްޓްރިކްޓްގެ އިންފޮމޭޝަން އޮފިޝަރު ޗަންދްރިކަ ޕްރަސާދްއަށް އެ އަދަބު ދިނީ އުއްތަރް ޕްރަދޭޝް ސްޓޭޓުގެ އިންފޮމޭޝަން ކޮމިޝަނުންނެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ނޫހުގައިވާ ގޮތުން ބުޕެންދްރަ ކުމާރް ޕާންޑޭ ނަމަކަށް ކިޔާ މީހަކު އާރްޓީއައި ފޯމު ހުށަހެޅީ ގާޒީޕޫރް ޑިސްޓްރިކްޓުގެ ނޫންރާ އަވަށުގައި ހިންގާ ތަރައްގީގެ މަޝްރޫއަކާ ގުޅޭ މައުލޫމާތު ހޯދުމަށެވެ.

ނަމަވެސް އަވަށުގެ ތަރައްގީއާ ބެހޭ އޮފިސަރާއި އިންފޮމޭޝަން އޮފިސަރު ވަނީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ދޭން ފެއިލްވެފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު އަމަލު ކުރަން ފެށި އާރްޓީއައި ގާނޫނުގެ ދަށުން، ފޯމު ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ޖަވާބު ދޭން ޖެހެ އެވެ.

އިންފޮމޭޝަން އޮފިސަރުން ގާނޫނާ ހިލާފުވެއްޖެ ނަމަ، އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަށް ލިބެ އެވެ.

ޕާންޑޭ ހުށަހެޅި ފޯމަށް އެއްވެސް ޖަވާބެއް ނުލިބުމުން، އޭނާ ވަނީ ކޮމިޝަނަށް މައްސަލަ ހުށަހަޅާފަ އެވެ. ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ނިންމީ ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އާއްމުކޮށް ދެނީ 25،000 ރުޕީޒް (326 ޑޮލަރު) ގެ ޖޫރިމަނާއެއް،" އިންފޮމޭޝަން ކޮމިޝަނަރު އަޖޭ ކުމާރް އުޕްރެޓީ ވިދާޅުވި އެވެ.

ނަމަވެސް އެއީ އިންފޮމޭޝަން އޮފިސަރު ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި މައްސަަލަ ޖެހުނީ އަވަށުގެ ތަރައްގީއާ ބެހޭ ކުރީގެ އޮފިސަރު ގޯޕާލް ސިންގްގެ ސަބަބުން ކަމަށް އޭނ ާވިދާޅުވި އެވެ. އެހެންވެ، ގޯޕާލް ވަނީ 25،000 ރުޕީޒްއިން ޖޫރިމަނާކޮށްފަ އެވެ.

އިންފޮމޭޝަން އޮފިސަރު އަދަބެއްގެ ގޮތުން 250 ސްކޫލް ދަރިވަރުންނަށް މެންދުރުގެ ކެއުން ދޭން އެންގި އިރު، 25،000 ރުޕީޒްއަށް ވުރެ ހަރަދު އިތުރު ނުކުރުމަށް ވެސް އެންގި އެވެ. އަދި ކުދިންނަށް ކާންދޭ މަންޒަރުގެ ވީޑިއޯ ނެގުމަށް ފަހު ފޮނުވަން އެންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox