ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި މީހެއްގެ މައްޗަށް ސިންގަޕޫރުގައި މަރުގެ ހުކުމް ތަންފީޒުކޮށްފި

ނަގައެންތްރަން ކޭ ދަރްމަލިންގަމް ސިންގަޕޫރުން ހައްޔަރު ކުރީ 2009 ވަނަ އަހަރު. -- ފޮޓޯ: އޭއެފްޕީ

ނަގައެންތްރަން ކޭ ދަރްމަލިންގަމް ސިންގަޕޫރުން ހައްޔަރު ކުރީ 2009 ވަނަ އަހަރު. -- ފޮޓޯ: އޭއެފްޕީ

ސިންގަޕޫރު (އެޕްރީލް 27) - ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުރި މެލޭޝިއާގެ މީހެއްގެ މައްޗަށް ސިންގަޕޫރުގައި މަރުގެ ހުކުމް ތަންފީޒްކޮށްފި އެވެ.

ނަގައެންތްރަން ކޭ ދަރްމަލިންގަމް ސިންގަޕޫރުން ހައްޔަރު ކުރީ 2009 ވަނަ އަހަރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އެތެރެ ކުރަން އުޅެނިކޮށެވެ.

ސިންގަޕޫރަކީ މަސްތުވާތަކެއްޗާ ގުޅޭ ގާނޫނުތައް އެންމެ ހަރުކަށި އެއް ގައުމެވެ. ދަރްމަލިންގަމް މަރަން ހުކުމް ކުރީ 2010 ވަނަ އަހަރު އެވެ.

ނަމަވެސް އޭނާއަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުރި މީހެއް ކަމަށް ވާތީ، މަރުގެ ހުކުމް އިއްވައި ތަންފީޒު ކުރުން ގޯސް ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ބުނަން ފެށި އެވެ.

އެގޮތުން އދ. އާއި އީޔޫގެ ފިއްތުންތައް ސިންގަޕޫރަށް ކުރިމަތިވި އެވެ. ދަރްމަލިންގަމް ހުކުމުން ސަލާމަތްވުމަށް ފާއިތުވި 10 އަހަރު ގާނޫނީ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އަދި ސިންގަޕޫރުގެ ރައީސް މައާފު ދެއްވާ ފަރާތްތަކުގެ ތެރޭގައި ހިމެނުމަށް އެދި ހުށަހެޅި އެވެ.

ހުކުމް ތަންފީޒު ކުރަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ނަމަވެސް ގާނޫނީ މަސައްކަތްތަކެއް ކުރަމުން ދާތީ ފަސްކުރަން ޖެހުނެވެ.

ނަމަވެސް އުމުރުން 34 އަހަރުގެ ދަރްމަނިލްގަމްގެ އާއިލާއިން ބުނީ ބުދަ ދުވަހުގެ ހެނދުނު އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށެވެ.

އުމުރުން 21 އަހަރުގައި ދަރްމަލިންގަމް ސިންގަޕޫރުން ހައްޔަރު ކުރީ 43 ގްރާމްގެ ހެރޮއިންއާ އެކު އެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި އޭނާގެ އައިކިއު ނުވަތަ ވިސްނުމުގެ ގާބިލްކަން ހުންނަނީ 69 ގަ އެވެ. އެއީ ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުރި ކަމަށް ބެލޭ މިންވަރެކެވެ. އޭގެ އިތުރުން އެއީ ބަޔަކު އޭނާ ލައްވާ ކުރުވި ކަމެއްގެ ގޮތުގައި ވެސް އާއިލާއިން ސިފަކުރެ އެވެ.

ނަމަވެސް ސިންގަޕޫރުގެ ކަމާ ބެހޭ އިދާރާތަކުން ބުނީ ކުށް ކުރި އިރު، މި ކުރެވެނީ ކޮން ކަމެއްކަން އޭނާއަށް ސާފުވާ ކަމަށެވެ.

ސިންގަޕޫރުގައި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މަރުގެ ހުކުމް ތަންފީޒު ކުރަން ފެށީ މިދިޔަ މަހު އެވެ. އެގޮތުން އެންމެ ފުރަތަމަ މަރުގެ ހުކުމް ތަންފީޒު ކުރީ ވެސް މަސްތުވާތަކެތި އެތެރެ ކުރި މީހަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox