ރެއާލާ ދެކޮޅަށް ކުޅޭ މެޗަކީ ސިޓީ އަށް އިމްތިހާނެއް: ގާޑިއޯލާ

Apr 26, 2022, 8:54 AM
ރެއާލާ ދެކޮޅަށް ކުޅޭ މެޗަކީ ސިޓީ އަށް އިމްތިހާނެއް: ގާޑިއޯލާ

ލަންޑަން (އޭޕްރީލް 26) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ، ސްޕެއިނުގެ ރެއާލް މެޑްރިޑާ ކުޅޭ މެޗަކީ މެންޗެސްޓާ ސިޓީ އަށް ވަރުގަދަ އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރެއާލާއި ސިޓީ ކުރިމަތިލާއިރު، ޗެމްޕިއަންސް ލީގުގެ ދެ ޓީމުގެ ތާރީހު ވަރަށް ތަފާތެވެ. ތޭރަ ފަހަރު މުބާރާތް ކާމިޔާބުކޮށް، ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބެވެ. އަނެއްކޮޅުން، ސިޓީ އަށް އަދި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ކާމިޔާބު ކުރެވޭ ގޮތެއް ނުވެ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިދިޔަ ސީޒަންގައި ސިޓީ ކުޅުނު ނަަމަވެސް، ފައިނަލްގައި ޗެލްސީ އަތުން ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ މި މެޗަކީ ސިޓީ އަށް ވަރަށް ބޮޑު އިމްތިހާނެއް ކަމަށެވެ. އަދި ތާރީހަށް ބަލާއިރު، ސިޓީ އަށް ރެއާލްއާ ވާދަނުކުރެވޭނެ ކަމަށާއި އެކަމަކު، ރެއާލްއާ ރަނގަޅު ވާދައެއް ކުރެވޭނެ ފެންވަރު ސިޓީގައި އެބަހުރި ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.

"ތާރީހަށް ބަލާއިރު، އަހަރަމެންނަށް ސިޓީއާ ވާދައެއް ނުކުރެވޭނެ. ރެއާލްއާ ދެކޮޅަށް ކުޅުމަކީ އަހަރަމެންނަށް ވަރަށް ބޮޑު އިމްތިހާނެއް. އަހަރަމެންނަށް ރެއާލްއާ ވާދަކުރެވޭނެ. އަހަރަމެން ޖެހޭނީ އެޓޭކްކޮށް، ބޯޅަ ހިފަހައްޓަން މަސައްކަތްކޮށް އަހަރަމެންގެ ގޭމް ކުޅެވޭތޯ ބަލަން،" ގާޑިއޯލާ ބުންޏެވެ.

ކުރިން ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގާޑިއޯލާ ބުނީ ރެއާލްގައި ތިބި ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ހޯދާފައިވާ ތަޖުރިބާގެ ސަބަބުން، އެ ކްލަބަށް ފައިދާކުރާނެ ކަމަށެވެ.

"އެކަމަކު ދަނޑު މަތީގައި އަހަރެމެންގެ 11 ކުޅުންތެރިން މި ނުކުންނަނީ 11 ކުޅުންތެރިންނާ ދެކޮޅަށް. އެހެންވީމަ، ރަނގަޅަށް މަސައްކަތްކުރަންޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި ރެއާލް ވަނީ 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބައްދަލުކޮށްފަ އެެވެ. ސިޓީ ބަލިކޮށް، އެ ފަހަރު ފައިނަލަށް ދިޔައީ ރެއާލެވެ. އެކަމަކު، ސިޓީން އޭގެ ބަދަލު ހިފީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް ކަޓުވާލައިގެނެވެ.

މި މެޗަށް ނުކުންނައިރު ސިޓީގެ ޔާއޯ ކަންސެލޯ ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. އަދި ކައިލް ވޯކާ އާއި ޖޯން ސްޓޯންސް މެޗަށް ފިޓުވާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox