އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ޑރ. ފަރަހްނާޒް

Apr 26, 2022, 5:46 AM
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށްވާ ޑރ. ފަރަހްނާޒް ފައިސަލް. މިއީ އޭނާ އެ މަގާމު ފުރުއްވާ ދެވަނަ ފަހަރު --- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށްވާ ޑރ. ފަރަހްނާޒް ފައިސަލް. މިއީ އޭނާ އެ މަގާމު ފުރުއްވާ ދެވަނަ ފަހަރު --- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސިވިލާތުގެ "ޑިޕްލޮމެޓް މެގަޒިން" އިން ހޮވާ އޭޝިއާ ބައްރުގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހްނާޒް ފައިސަލް ހޮވިއްޖެ އެވެ.

ކޮންމެ އަހަރަކު ވެސް ބާއްވާ "ޑިޕްލޮމެޓް އެވޯޑްސް" ގައި އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓުކަން ޑރ. ފަރަހްނާޒް އަށް ލިބިވަޑައިގެންނެވީ އޭޝިއާ އަދި އޯޝޭނިއާގެ ގައުމުތަކުގެ ޑިޕްލޮމެޓުންނާ ވާދަކުރުމަށްފަހު އެވެ.

އޭނާއަށް މި އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

"ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމަށް [ފަރަހަނާޒް] ކުރައްވަނީ ފުރިހަމަ މަސައްކަތްތަކެއް،" ޝާހިދު ވިދާޅުވި އެވެ.

ޑރ. ފަރަހްނާޒް އާ މި އެވޯޑު ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް ކޯގެ މާޝަލް ކަމަށްވާ ވިލިއަމް އެލިސްޓާ ހެރިސަން އެވެ.

މިއީ އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމުގެ މަގާމު ޑރ. ފަރަހްނާޒް އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ 2009 އިން 2012 އަށް އެ މަގާމު ފުރުއްވާފަ އެވެ. އެ މަގާމަށް ދެވަނަ ފަހަރަށް އޭނާ އައްޔަނުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެއީ އެޕްރީލް 18، 2019 ގަ އެވެ.

އޭގެ ކުރިން ޑެންމާކް، ފިންލެންޑް، ފްރާންސް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.

މި އެވޯޑު ދިން "ޑިޕްލޮމެޓް މެގަޒިން" އަކީ 1947 އިން ފެށިގެން ނެރެމުން އަންނަ މަޖައްލާއެކެވެ. މިއީ ފޮރިން ސާވިސްގެ ހަބަރާއި ޑިޕްލޮމެޓުންނާ ގުޅޭ ތަފާތު އެކި މައުލޫމާތުތައް ހިމަނައިގެން ނެރޭ މަޖައްލާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox