ކޮވިޑް ކޭސްތައް ގިނަ ވާތީ ބެއިޖިންގައި ޓެސްޓު ކުރުން އިތުރުކޮށްފި

ބެއިޖިންގެ ޗާއޯޔަންގް ޑިސްޓްރިކްޓުގެ 3.5 މިލިއަން މީހުން ޓެސްޓު ކުރާނެ. -- ފޮޓޯ: ގެޓީ އިމޭޖާޒްޗ

ބެއިޖިންގެ ޗާއޯޔަންގް ޑިސްޓްރިކްޓުގެ 3.5 މިލިއަން މީހުން ޓެސްޓު ކުރާނެ. -- ފޮޓޯ: ގެޓީ އިމޭޖާޒްޗ

ޗައިނާގެ ވެރިރަށް ބެއިޖިންގައި ކޮވިޑް ކޭސްތައް ގިނަ ވާތީ އެއް ފަހަރާ އެތައް މިލިއަން ބަޔަކު ޓެސްޓު ކުރަން ނިންމައިފި އެވެ.

ފާއިތުވި ހަފްތާ ބަންދުގައި ޗާއޯޔާންގް ޑިސްޓްރިކްޓުން 26 މީހުން ޕޮޒިޓިވްވި އެވެ. އެއީ މިހާރު ކުރިމަތިވެގެން އުޅޭ ރާޅުގައި އަދަދުތައް އެންމެ މަތިވި ފަހަރެވެ.

ބެއިޖިންގެ އެންމެ އާބާދީ ބޮޑު އެ ޑިސްޓްރިކްޓުގެ 3.5 މިލިއަން މީހުން ބައްޔަށް ޓެސްޓު ކުރަން މިހާރު ވަނީ ނިންމާފަ އެވެ.

ބެއިޖިން ލޮކްޑައުން ކުރުމުގެ ބިރު އޮތުމުން އެތައް ބަޔަކު ވަނީ ފިހާރަތަކުގެ ބޭރުގައި ކިޔު ހަދައިފަ އެވެ. ސަރުކާރުން ބުނީ ކާބޯތަކެތީގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށެވެ.

ޑިމާންޑް މަތިވުމުން ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފައިވާ އިރު، ޗައިނާގެ ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނީ ފިހާރަތަކުން މުދާ ހުސްވަމުންދާ ކަމަށެވެ.

ޗައިނާގެ ފިހާރައެއްގައި އޮތް ދިގު ކިޔޫއެއް. -- ފޮޓޯ: ސަޕްލައިޑް
ޗައިނާގެ ފިހާރައެއްގައި އޮތް ދިގު ކިޔޫއެއް. -- ފޮޓޯ: ސަޕްލައިޑް

ޗައިނާގެ ފިހާރައެއްގައި އޮތް ދިގު ކިޔޫއެއް. -- ފޮޓޯ: ސަޕްލައިޑް

ޗައިނާ ދައުލަތުން ހިންގާ ދަ ގްލޯބަލް ޓައިމްސް ނޫހުން ބުނީ އެއްގަމު މަހާއި، ބިސް އަދި ތަރުކާރީގެ ސަޕްލައި އިތުރު ކުރަން ސަރުކާރުން ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.

ލޮކްޑައުން ކުރުމާއި އެހެން ފިޔަވަޅުތައް އެޅުމާ މެދު ގޮތެއް ނިންމާނީ ޗާއޯޔާންގް ޑިސްޓްރިކްޓުގެ އެންމެން ޓެސްޓު ކުރުމުން ނުކުންނަ ނަތީޖާއަށް ބެލުމަށް ފަހު ކަމަށް އެ ނޫހުގައި ވެ އެވެ.

ޗައިނާގެ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބެއިޖިންގައި ކޮވިޑް ކޭސްތައް އަދިވެސް އިތުރު ވާނެ އެވެ.

ޗައިނާގެ ޝަންހާއީ ސިޓީ ވެސް 25 މިލިއަން މީހުންނާ އެކު ލޮކްޑައުންކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މިހާރު ކުރިމަތިވެގެން އުޅޭ ރާޅުގައި އެ ސިޓީއިން 138 މީހުން މަރުވެފައިވާ އިރު، 400،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

ޝަންހާއީގެ އިތުރުން ޗައިނާގެ 30 މިލިއަން މީހުންނާ އެކު 20 އަށް ވުރެ ގިނަ ސިޓީ މި ވަގުތު އޮތީ ލޮކްޑައުންކޮށްފަ އެވެ. އެހެން ގައުމުތަކާ ހިލާފަށް ޗައިނާއިން ގެންގުޅެނީ ކޮވިޑް އެއްކޮށް ނައްތާލުމުގެ ސިޔާސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox