ފުވައްމުލައް އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަދީޖާ ލީނާ: އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހެޅިފައި އޮންނަތާ ދެ އަހަރު ވަރު ވެއްޖެ.

ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަދީޖާ ލީނާ: އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހެޅިފައި އޮންނަތާ ދެ އަހަރު ވަރު ވެއްޖެ.

ފުވައްމުލައް ސިޓީގެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަދީޖާ ލީނާގެ މައްޗަށް ކޯޓުގެ އިދާރީ މަސައްކަތްތަކާއި ގުޅިގެން ހުށަހެޅުނު ސުލޫކީ މައްސަލައެއްގެ ތަހުގީގަށްފަހު އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ލީނާގެ މައްޗަށް އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅުނީ އޮކްޓޯބަރު 2019 ގަ އެވެ. އެ މައްސަލައަކީ އޭނާ ކޯޓުގެ އިދާރީ ކަންކަން ހިންގުމުގައި އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައެކެވެ.

އެގޮތުން ލީނާގެ މައްޗަށް ހުށަހެޅުނު މައްސަލައިގައި ވަނީ ކޯޓުގެ އިދާރީ ކަންކަން ހިންގުމުގައި ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސައި ނުދިނުމާއި، މުވައްޒަފުންނަށް އެކްސެސް ކާޑުތައް ހޯދައިދިނުން ފަދަ ކަންކަމުގައި ޒިންމާ އަދާނުކުރާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެ މައްސަލައިގެ ތަހުގީގަށްފަހު ޖޭއެސްސީން ވަނީ ލީނާގެ މައްޗަށް އެ މައްސަލަ ސާބިތުނުވާކަމަށް މިމަހުގެ 17 ވަނަ ދުވަހު އޮތް ކޮމިޝަނުގެ ބައްދަލުވުމެއްގައި ކަނޑައަޅައިފަ އެވެ. ލީނާގެ މައްޗަށް އިދާރީ ކަންކަން ހިންގުމާ ގުޅިގެން މައްސަލަ ހުށަހެޅުނީ، ކޯޓުތަކުގެ އިދާރީ ކަންކަމާއި ހިންގުން، އިސް މެޖިސްޓްރޭޓްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި އޮތް އިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox