ޖީސޫސްގެ ހަަތަރު ގޯލާ އެކު ސިޓީ ލީޑުފުޅާކޮށްފި، ޓޮޓެންހަމް ވީ އެއްވަރު

Apr 23, 2022, 6:57 PM
ލަނޑު ޖެހުމަށް ފަހު ސިޓީގެ ޖީސޫސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސިޓީގެ ޖީސޫސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޭޕްރީލް 23) - ގަބްރިއެލް ޖީސޫސްގެ ހަތަރު ގޯލާ އެކު 5-1 އިން ވަޓްފޯޑް ބަލިކޮށް މެންޗެންސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން ރަށުންބޭރުގައި ބްރެންޓްފޯޑާ 0-0 އިން އެއްވަރުވެ، ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތުގެ ބޭނުން ޓޮޓެންހަމަަށް ނުހިފުނެވެ.

ލީގުގެ އެއް ވަަނައިގައި ސިޓީ އޮތީ 33 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލުން މާދަމާރޭ އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށްގެން ސިޓީއާ ޕޮއިންޓަކަށް ކައިރިއަށް ޖެހިލެވޭނެ އެވެ. ތިން ވަނައިގައި އޮތީ 31 މެޗުން 62 ޕޮއިންޓް ލިބިފައިވާ ޗެލްސީ އެވެ. ހަތަރެއްގައި އޮތީ މިރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި އާސެނަލް އެވެ، އާސެނަލަށް ވަނީ 33 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 33 މެޗުން 58 ޕޮއިންޓް ލިބިފަ އެެވެ. ހަ ވަނައިގައި ޔުނައިޓެޑް އޮތީ 34 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ސިޓީން ކުޅުނު މެޗުގައި ލީޑުނެގީ ހަތަރު ވަނަ މިނިޓްގައި ޖީސޫސް ޖެހި ގޯލުންނެވެ. މެޗުގެ 23 ވަނަ މިނިޓްގައި ޖީސޫސް ސިޓީގެ ލީޑުފުޅާކޮށްދިން ނަމަވެސް އޭގެ ފަސް މިނިޓް ފަހުން މެޗުގެ 28 ވަނަ މިނިޓްގައި ވަޓްފޯޑްގެ ހަސާނޭ ކަމާރާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، މެޗުގެ 34 ވަނަ މިނިޓްގައި ސިޓީގެ ރޮޑްރީ އޭރިއާބޭރުން ޖެހި މޮޅު ގޯލުން އަނެއްކާ ވެސް އެ ޓީމުން ލީޑުފުޅާކުރި އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ޖީސޫސް ވަނީ ޕެނަލްޓީ އަކުން އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ 2016 ވަނަ އަހަރު ސިޓީއާ ގުޅުނު ޖީސޫސް ޕްރިމިއާ ލީގުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ. ޖީސޫސް ވަނީ މެޗުގެ 53 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ސިޓީގެ ފަަސް ވަނަ ގޯލު ޖަހައިފަ އެވެ.

މިރޭ ބްރެންޓްފޯޑް ދަނޑުގައި އެ ޓީމުން ވަނީ ޓޮޓެންހަމް ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޓޮޓެންހަމްގެ ހެރީ ކޭން އާއި ސޮން ހެއުން މިން އާއި ޑޭޖާން ކުލުސެވްސްކީ ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދައިނުލެވުނެވެ. މެޗުގެެ ފަހު ކޮޅު ބްރެންޓްފޯޑްގެ އިވާން ޓޯނޭ ބޮލުން ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލެސްޓާ ސިޓީ ދަނޑުގައި ވަނީ އެސްޓަން ވިލާއާ 0-0 އިން އެއްވަރުވެފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑުން ވަނީ ރަށުންބޭރުގައި 3-0 އިން ނޮރިޗް ސިޓީ ބަލިކޮށް ލީގުގެ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. ނިއުކާސަލްގެ ތިން ގޯލުގެ ތެރެއިން ފުރަތަމަ ދެ ގޯލު ޖެހީ ބްރެޒިލްގެ ފޯވާޑް ޖޮއެލިންޓަން އެވެ. މިއީ ޕްރިމިއާ ލީގުގައި ޖޮއެލިންޓަންގެ 100 ވަނަ މެޗެވެ. އަނެއް ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމާރޭސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox