އާސެނަލުން ޔުނައިޓެޑް ފަހަތަށްޖައްސާލައި ހަތަރު ވަނަ އަށް

Apr 23, 2022, 1:32 PM
ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ސަކާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ، އާސެނަލް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެެވެ.

މިރޭގެ މޮޅާ އެކު އާސެނަލް ހަތަރެއްގައި އޮތީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 32 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި ޔުނައިޓެޑް އޮތީ 34 މެޗުން 54 ޕޮއިންޓާ އެކު އެވެ. ހަތް ވަަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 33 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ.

އާސެނަލް ދަނޑުގައި މިއަދުގެ މެޗަށް ނުކުތްއިރު، ޔުނައިޓެޑުން ވަނީ ފުރަތަމަ އެގާރައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރަފައެލް ވަރާން ހިމަނައިފަ އެވެ. އަންގާރަ ދުވަހުގެރޭ ލިވަޕޫލް އަތުން ޔުނައިޓެޑް ބަލިވި މެޗުގައި ރޮނާލްޑޯ ނުކުޅުނީ އޭނާގެ ދަރިފުޅު މަރުވެގެން އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ވަރާން ހުރީ އަނިޔާގަ އެެވެ.

Advertisement

ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ދިރިއުޅޭ ގެޔަށް ބޮމުގެ ހަމަލާއެއްގެ އިންޒާރު ލިބިފައިވާތީ، މިއީ އޭނާ މެޗު ކުޅެން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ފެންނާތީ، މި މެޗުގައި އިނީ ބެންޗުގަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ދެ މިނިޓް 40 ސިކުންތު ތެރޭ އާސެނަލުން ލީޑުނެގީ ފަބިއޯ ޓަވަރޭސް ޖެހި ގޯލުންނެވެ. މިއީ ބުކާޔޯ ސަކާ އޭރިއާތެރެއިން ފޮނުވާލި ބޯޅައެއްގައި ޔުނައިޓެޑް ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި އައި ރީބައުންސް ބޯޅައަކުން ޓަވަރޭސް ޖެހި ގޯލެކެވެ. މިއީ އާސެނަލަށް ޓަވަރޭސް ޖަހައިދިން ފުރަތަމަ ގޯލެވެ.

އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ހެދި ގޯހެއްގެ ފައިދާނަގައި، ޔުނައިޓެޑަށް އެއްވަރުކޮށްދޭން ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަ އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް ފައިގައި ޖެހިފައި ދިޔައީ ކޯނަރަކަށެވެ. އޭގެ ފަހުން ޔުނައިޓެޑްގެ ފުލްބެކް، ޑިއޯގޯ ޑަލޯ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އާސެނަލުން ލީޑުފުޅާކުރީ މެޗުގެ 32 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ސަކާ އަށް ޔުނައިޓެޑްގެ އަލެކްސް ޓެލޭސް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑް އަނބުރައި މެޗުގެ ތެރެއަށް ގެންނަން 34 ވަނަ މިނިޓްގައި ރޮނާލްޑޯ ވަނީ ގޯލެއް ޖަހައިފަ އެވެ. ނަމާންޏާ މަޓިޗް ނެގި ހުރަހަކުން އާސެނަލް ޑިފެންޑަރުންނަށް ވުރެ ކުރިއަށް ނުކުމެ، ރޮނާލްޑޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ރޮނާލްޑޯ ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ގޯލެވެ. ރޮނާލްޑޯ އަކީ ފުޓްބޯޅަ ތާރީހުގައި ސްޕެނިޝް ލީގާއި ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކުރި ފުރަތަމަ ކުުޅުންތެރިޔާ އެވެ.

އާސެނަލަށް ދެ ގޯލުގެ ލީޑެއް ނަަގައިދޭން މާޓިން އޮޑެގާޑް އޭރިއާ ރޮނގުކައިރިން ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް އެއްވަރުކޮށްދޭން އެ ޓީމުގެ ޓެލޭސް ޖެހި ބޯޅައެއް ހުއްޓުވީ ކީޕަރު ރަމްސްޑޭލް އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދިހަ މިނިޓް ތެރޭ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޓަވަރޭސް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ކްރެއިގް ޕޯސަން ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. ފެނާންޑޭސް ޖެހި ޕެނަލްޓީ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. މިއީ 1997/1998 ވަނަ ލީގު ސީޒަނުގައި ޔުނައިޓެޑްގެ ޓެޑީ ޝެރިންހަމް އަތުން ދެ ޕެނަލްޓީ ނާކާމިޔާބުވި ފަހުން އެ ޓީމުގެ ކުޅުންތެރިއެއް އަތުން އެއް ލީގު ސީޒަނެއްގައި ދެ ޕެނަލްޓީ ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.

އޭގެ ހަތަރު މިނިޓް ފަހުން ރޮނާލްޑޯ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީއޭއާރް އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. މެޗުގެ 62 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޑަލޯ، އާސެނަލްގެ އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު ރަމްސްޑޭލް އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ.

ދެ ވަނަ ހާފް ދަށްކޮށް ފެށި އާސެނަލަށް ހިތްދެމިލެވުނީ 71 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ގްރޭނިޓް ޝަކާ ޖެހި ބޯޅަ ގޯލަށް ވަދެ، އާސެނަލުން ދެ ގޯލުގެ ލީޑެއް އަލުން ނެގިއިރު، އޭގެ ފަހުން އެ ޓީމުގެ ކޮންފިޑެންސް ފެނުނީ ރަނގަޅަށެވެ.

މިއީ 1981 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ލީގުގައި ރަށުންބޭރުގައި ކުޅުނު މެޗުތަކުން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox