އުރީދޫން ކަނޑޫދޫ އަށް ދިން "ހަދިޔާ" އިން ރަށު އިގުތިސޯދަށް ދިރުން

އުރީދޫން ކަނޑޫދޫ އަށް ދިން "ހަދިޔާ" އިން ރަށު އިގުތިސޯދަށް ދިރުން

"އަބަދުވެސް ރަށު ރައްޔިތުންގެ ވިސްނުމެއް އެއީ މި ރަށަށް ހާއްސަ ކަނޑޫދޫ މިރުސް އިތުރަށް މާކެޓު ކުރަން، މިރުހުން އުފެއްދުންތަކެއް ގެންނަން،"

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާންގެ ވާހަކަ ފައްޓަވުން އިޝާރާތް އެ ކުރެއްވި، އެ ރަށު ރައްޔިތުންގެ އުއްމީދާއި ތަސައްވުރަށް ދިރުމެއް އައީ މި އަހަރުގެ ކުރީކޮޅު އުރީދޫ މޯލްޑިވްސްގެ މާކެޓިން ޓީމު ކުރި ޒިޔާރަތާއެކު އެވެ.

ކަނޑޫދޫ ރައްޔިތުން ރޯދަ މަހަށް މިރުސް ދަނޑުތަކާއި ރޯދައަށް ހައްދާ އެހެން ބާވަތްތައް ފައްކާކުރަމުން ދިޔައިރު، އުރޫދީގެ މާކެޓިން ޓީމުން، އެ ކުންފުނީގެ ރޯދަ ކެމްޕެއިން ކަނޑޫދޫގެ މިރުހަށް ހާއްސަކޮށް، ފައްކާކުރަމުން ދިޔަ ކަމެއް އެހެން ބަޔަކަށް ނޭނގެ އެވެ.

އެއީ މި އަހަރުގެ ޖެނުއަރީ މަހެވެ. އުރީދޫން ރީހާނަށް ފޯނު ކޯލެއް އައެވެ. ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ވާނެ ކަމެއް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ހުށަހެޅި އެވެ. ކުރަން އުޅެނީ ކޮން ކަމެއް ކަން ހިއްސާއެއް ނުކުރެ އެވެ. ނޫނީ ގަސްދުގައި ނުބުނީ އެވެ. ބިމުގެ ބޮޑު ބައެއް ދަނޑު ހެއްދުމަށް ހާއްސަކޮށްފައިވާ ކަނޑޫދޫ އަށް، އުރީދޫގެ ޓީމު ޒިޔާރަތްކޮށް ރަށުގެ ރައްޔިތުންނާއެކު ހޭދަކުރި ދުވަސްތަކަށް ފަހު، ރޯދަ ކެމްޕެއިންގެ ވިސްނުން އިތުރަށް ފުޅާވެގެން ދިޔަ އެވެ.

"އުރީދޫ ޓީމުން ދަނޑުވެރިންނާއި އަޅުގަނޑުމެންނާ އެކު އުޅެ، ހިޔާލުތައް ބަދަލު ކުރަމުން އައިސް އުފެދުނު ހިޔާލެއް އެއީ ސޯސް ތައްޔާރު ކުރުން،" ރީހާން ވިދާޅުވި އެވެ.

އެ ވަރުން ދޫކޮށްލީއެއް ނޫނެވެ. ރާއްޖޭގެ ރަށަކަށް ހާއްސަ އުފެއްދުމެއްގެ ބްރޭންޑިންގއާއި ޕެކޭޖިން ފެންވަރު ރަނގަޅުކޮށް މިހާތަނަށް ތައްޔާރުކޮށްފައި ނެތްއިރު، އުރީދޫގެ މަސައްކަތަކީ ކަނޑޫދޫ އަށް ދިން ފުރިހަމަ ހަދިޔާއެއްގެ ގޮތުގައި އެރަށުގެ ރައްޔިތުން ގަބޫލުކުރެ އެވެ.

އުރީދޫން ވަނީ ކަނޑޫދޫ މިރުގެ ލޯގޯ އާއި، ބްރޭންޑްގެ ކުލަ އާއި ފޮންޓާާއެކު، ބްރޭންޑިންގެ އައިޓައިމްތައް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިން ތައްޔާރުކޮށްދީ ކައުންސިލަށް ހަދިޔާކޮށްފަ އެވެ. އުރީދޫ އިން އެދިގެން ކަނޑޫދޫ މިރުސް ސޯސްގެ ތިން ވައްތަރެއް އެންޒީން ވަނީ ތައްޔާރުކޮށްފަ އެވެ. މިރުހާއި މިރުހުގެ އުފެއްދުންތައް ވިއްކަން ކަނޑޫދޫމިރުސް.ކޮމްގެ ނަމުގައި ވެބްސައިޓެއް ތައްޔާރުކޮށް ހަދިޔާކޮށްފަ އެވެ. ކަނޑޫދޫ މިރުސް އުފައްދާ ފަރާތްތަކާއި މިރުހުން ޕްރޮޑަކްޓް އުފައްދާ ފަރާތްތައް މި ވެބްސައިޓް މެދުވެރިކޮށް އޮތޮރައިޒްވެވި، ކަނޑޫދޫ މިރުހުގެ ޕްރޮޑަކްޓުގެ ސެޓްފިކޭޓް ހޯދޭނެ އެވެ. މިކަން ކުރުމުން ލިބޭނެ ފައިދާ ވެސް އެބަ އޮތެވެ. ކަނޑޫދޫ މިރުހާއި މިރުހުގެ އުފެއްދުން ގެނެވެނީ އޮތޮރައިޒްޑް ފަރާތަކުންކަން ކަސްޓަމަރަށް އެނގިގެން ދާނެ އެވެ.

މީގެ އިތުރަށް، ކަނޑޫދޫ މިރުސް ރަމްޒުކޮށް ދޭ ގޮތަށް، އެ ރަށުގެ މޫނުމަތީގައި ރީތި ބިނާއެއް ބެހެއްޓުމަށް ވެސް އުރީދޫން ވަނީ ނިންމައިފަ އެވެ.

އުރީދޫގެ މާކެޓިން ޓީމު ތ. ކަނޑޫދޫގައި - ފޮޓޯ: އުރީދޫ
އުރީދޫގެ މާކެޓިން ޓީމު ތ. ކަނޑޫދޫގައި - ފޮޓޯ: އުރީދޫ

ކަނޑޫދޫ އަށް ކުރި ދަތުރުގައި، އުރީދޫ މޯލްޑިވްސްގެ ސީނިއާ މެނޭޖަ ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު މިރުސް ދަނޑުގައި- ފޮޓޯ: އުރީދޫ މޯލްޑިވްސް

ތަރުހީބު ބޮޑު، ކަނޑޫދޫގެ ޝުކުރު އުރީދޫ އަށް

ކަނޑޫދޫ ގިތެޔޮ މިރުހަކީ ސަމާސާއެއް ނޫންކަން އެންމެނަށް ވެސް އެނގެ އެވެ. އެހާ ވެސް ކުޅި އެވެ. ރަހަ މީރެވެ. ޑިމާންޑް ވެސް ބޮޑެވެ. އުރީދޫން ކަނޑޫދޫ އަށް ދިން ހަދިޔާގެ ސަބަބުން ކަނޑޫދޫ މިރުހަށް މުޅިން އާ މާކެޓެއް މިހާރު ވަނީ ލިބިފަ އެވެ. އުރީދޫގެ ރޯދަ ގިފްޓްގެ ގޮތުގައި އެންޒީން ތައްޔާރުކުރި ކަނޑޫދޫ މިރުސް ސޯސްގެ ޝިޕްމެންޓަށް ފަހުން އެންޒީއާ ގުޅިގެން ދެން ސޯސް އުފެއްދުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ކަނޑޫދޫ ކައުންސިލާއި ރައްޔިތުންނެވެ.

ފުރަތަމަ ތައްޔާރުކުރި ޝިޕްމެންޓްގެ ތިން ދަރަޖައިގެ ކުޅިމިނާއި ރަހައިން ވެސް މީހުންނަށް ކަނޑޫދޫ މިރުސް ސޯސް ކަމުގޮސްފި އެވެ.

ފޯނަށް ވަރަށް ގިނަ ކޯލްތައް އެބަ އާދޭ، މެސެޖްތައް ވެސް، ދެން ކޮން އިރަކުންތޯ ސޯސް ލިބޭނީ ބަލަން، ސޯސްގެ ރަހަ ވަރަށް މީރު ކަމަށް ގަތް ގިނަ މީހުން ބުނި،" ރީހާން ވިދާޅުވި އެވެ.

ކުޅިކަން ގަދަ، ރަހަ މީރު ކަނޑޫދޫ މިރުހުން އުފެއްދި ވިޔަފާރި ބްރޭންޑަށް ލިބުނު ތަރުހީބު ބޮޑުވުމުން އިތުރު ޝިޕްމަންޓެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް ރީހާން ވިދާޅުވި އެވެ. މިހާރު ކައުންސިލްގެ ވިސްނުމަކީ އެންޒީއާއި ގުޅިގެން ކުންފުންޏެއް އުފައްދައިގެން ކަނޑޫދޫން މިރުސް ގަނެގެން ސޯސް ތައްޔާރުކޮށް ބާޒާރަށް ނެރުމެވެ.

އުރީދޫން ތައްޔާރުކުރި ކަނޑޫދޫ މިރުހުގެ ބްރޭންޑިން ކެޓަލޮގް، އުރީދޫގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ޙަމާދީ ކަނޑޫދޫ ކައުންސިލްގެ ރައީސް ރީހާންއާ ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: އުރީދޫ
އުރީދޫން ތައްޔާރުކުރި ކަނޑޫދޫ މިރުހުގެ ބްރޭންޑިން ކެޓަލޮގް، އުރީދޫގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ޙަމާދީ ކަނޑޫދޫ ކައުންސިލްގެ ރައީސް ރީހާންއާ ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: އުރީދޫ

އުރީދޫން ތައްޔާރުކުރި ކަނޑޫދޫ މިރުހުގެ ބްރޭންޑިން ކެޓަލޮގް، އުރީދޫގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ޙަމާދީ ކަނޑޫދޫ ކައުންސިލްގެ ރައީސް ރީހާންއާ ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: އުރީދޫ

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒުގެ "ކްރޭޒީ" ހިޔާލަކަށް އެ ކުންފުނީގެ މާކެޓިން ޓީމުން ރަހަ ހެޔޮވަރުކޮށްދިން އުފެއްދުން ވެގެން ދިޔައީ ކަނޑޫދޫގެ ރަށު އިގުތިސޯދަށް ވެސް ދިރުން ލިބޭނެ އުފެއްދުމަކަށެވެ. އެހެން އެންމެނަށް ނަމޫނާ އަކަށެވެ.

ކަނޑޫދޫ މިރުހުގެ ބާޒާރެއް އުފައްދަން ކައުންސިލާއި ރައްޔިތުން ގެންގުޅުނު އުއްމީދާއި ތަސައްވުރުގައި އުރީދޫން ޖައްސައިދިން ކުލަ އާއި ހެޔޮވަރުކޮށް ދިން ރަހައާއެކު ދިން ހަދިޔާ އެ ރަށުގެ ރައްޔިތުން ބަލައިގަތީ ޝުކުރު ވެރިކަމާއެކު އެވެ. ކަނޑޫދޫ ކުޅި މިރުހާއި މިރުހުން އުފައްދި ސޯސްއާއެކު އެރަށުގައި އެޅިގެން އެ ދިޔައީ ރަހަ ހެޔޮވަރު އިގްތިސާދެއްގެ ބިންގަލެވެ. ރަށުގެ ރައްޔިތުން ތިބީ ރަށަށް ލިބުނު މި ކުރިއެރުން އެހެން ހަރުފަރަތަށް ގެންދިއުމަށް އަތުކުރި އޮޅާލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox