އިންޑިއާ އާއި އިނގިރޭސިވިލާތުގެ ވިޔަފާރި ގުޅުން ވަރުގަދަ ކުރަން އެއްބަސްވެއްޖެ

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވަނީ. -- ފޮޓޯ: އީޕީއޭ

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވަނީ. -- ފޮޓޯ: އީޕީއޭ

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ދަތުރުގައި އިންޑިއާ އާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން އެއްބަސްވެއްޖެ އެވެ.

ޖޯންސަން ވަނީ ނިއު ދިއްލީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާފަ އެވެ. ދެ ބޭފުޅުން ނިންމެވީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުމަށެވެ.

ވިޔަފާރި ގުޅުން ވަރުގަދަ ކުރުމާ ބެހޭ މަޝްވަރާތަކުގެ އާ ބުރެއް އަންނަ ހަފްތާގައި އޮންނަ އިރު، ޖޯންސަން ވިދާޅުވީ އެފަދަ އެއްބަސްވުމަކުން ދެ ގައުމުގެ ވިޔަފާރި އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

މޯދީއާ ބައްދަލުކުރެއްވުމަށް ފަހު ޖޯންސަން ވިދާޅުވީ އިންޑިއާއަކީ "އޭޝިއާގައި ކުރިއަރަމުން އަންނަ އާދަޔާ ހިލާފު ބާރެއް" ކަމަށާއި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުން މުހިއްމު ކަމަށެވެ.

އެއްބަސްވުމުގައި ހިމެނުމަށް އިންޑިއާއިން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ އިންޑިއާ ރައްޔިތުންނަށް އިނގިރޭސިވިލާތުން ވަޒީފާ ހޯދަން ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމެވެ.

އެކަމާ ގުޅިގެން ޖޯންސަން ވިދާޅުވީ އިންޑިއާ ރައްޔިތުންގެ ހުނަރުން އިނގިރޭސިވިލާތުގެ އައިޓީ ދާއިރާއަށް ފައިދާތަކެއް ހޯދޭނެ ކަމަށެވެ.

"ހުނަރާއި މަސައްކަތުގެ އަހުލާގު ހުރި މީހުން އިނގިރޭސިވިލާތަށް އައުން އަޅުގަނޑު މަނައެއް ނުކުރާނަން. އެކަމަކު ހުއްދަ ދެވޭނީ ކޮންޓްރޯލް ކޮށްގެން،" ޖޯންސަން ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ބުނީ އެ ގައުމުގައި އުފައްދާ އަސްކަރީ ސާމާނު އިންޑިއާއަށް އެކްސްޕޯޓް ކުރުމުގައި ހުރި ދަތިތައް އުވާލަން މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ހަނގުރާމަ މަތީ ޖެޓުތައް އިންޑިއާގައި އުފެއްދުމަށް އިނގިރޭސިވިލާތުން އެއްބާރުލުން ދޭނެ ކަމަށާއި ބޭނުމަކީ އިންޑިއާއަށް ހަތިޔާރު ހޯދުމަށް ރަޝިއާއަށް ބަރޯސާވުން ކުޑަ ކުރުން ކަމަށް އިނގިރޭސިވިލާތުން ބުންޏެވެ.

މޯދީ އާއި ޖޯންސަންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކަންކަމުގެ ތެރޭގައި އިންޑިއާ އާއި ރަޝިއާގެ ގުޅުން ހިމެނެ އެވެ.

ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އިންޑިއާއިން މިހާތަނަށް ރަޝިއާ ކުށްވެރިކޮށްފައެއް ނުވެ އެވެ.

ހުޅަނގުގެ ގައުމުތަކުން ބޭނުން ވަނީ އިންޑިއާއިން ރަޝިއާއަށް ތާއީދު ކުރުން ހުއްޓާލައި، ދަތި ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ބައިވެރިވުމަށެވެ.

ނަމަވެސް އިންޑިއާއަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަކީ ރަޝިއާ އެވެ. އަދި ރަޝިއާއިން ވަނީ އެ ގައުމުގެ ތެލުން ހާއްސަ ޑިސްކައުންޓެއް އިންޑިއާއަށް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox