ގަރާރަށްފަހު އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ފުރަތަމަ ފަހަރު ފިޔަވަޅެއް އަޅައި، ޓީޗަރަކު ސަސްޕެންޑުކޮށްފި

ޒަމްޒަމް ފާރިޝް: އޭނާއަކީ، އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރެއް އަދި ސޯޝަލް މީޑިއާ ޝަހްސިއްޔަތެއް -- ފޮޓޯ: ޒަމްޒަމް ފާރިޝް ފޭސްބުކް

ޒަމްޒަމް ފާރިޝް: އޭނާއަކީ، އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރެއް އަދި ސޯޝަލް މީޑިއާ ޝަހްސިއްޔަތެއް -- ފޮޓޯ: ޒަމްޒަމް ފާރިޝް ފޭސްބުކް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު ނެރުއްވި ގަރާރަކުން އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ރަސްމީކޮށް މަނާކުރި ފަހުން، އެ ކެމްޕެއިނަށް ހިތްވަރުދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޓީޗަރަކު ވަޒީފާއަށް ނިކުތުން މަނާކޮށްފި އެވެ.

އަރަބިއްޔާ ސްކޫލްގެ ހަދީސް ޓީޗަރު އަދި ސޯޝަލް މީޑިއާ ޝަހްސިއްޔަތު ޒަމްޒަމް ފާރިޝް އޮފީހަށް ނުކުތުން މަނާ ކުރީ ޓީޗަރުންގެ އަހުލާގީ މިންގަނޑާ ހިލާފުވެ، އިންޑިއާ އައުޓް ކެމްޕެއިނަށް ހިތްވަރުލިބޭ ގޮތަށް ޓުވިޓާގައި ލިޔެފައިވާތީ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އޭނާއަށް ފޮނުވި ލިޔުމެއްގައި ބުނެފައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ ޓުވީޓުގައި ބުނެފައި އޮތީ، "އިސްލާމް ދީނާ ދެކޮޅަށް ރިޕޯޓު ނެރެ، މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް، ގާނޫނާ ހިލާފަށް މިގައުމަށް އަރައިތިބި އިންޑިއާ ސިފައިން މިގައުމުން ބާލަން ދަމާލި ފޮތިކޮޅަކާ ހެދި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްނިގެން މިއުޅެނީ" މިހެނެވެ.

ރައީސް ސޯލިހު އިއްޔެ ނެރުއްވި ގަރާރުގައި ވިދާޅުވެފައި އޮތީ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ "ސުލުހަ މަސްލަސްކަން ނަގައިލުމުގެ ނިޔަތުގައި" ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތަރައްގީ އާއި މި ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅުމަށް ކުރާ ކެމްޕެއިނެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ގަރާރަށްފަހު އެމަނިކުފާނުގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ގަރާރަށް ފަހު "އިންޑިއާ އައުޓް" ކެމްޕެއިން ގާނޫނީ ގޮތުން މަނާވެފައިވާ ކަމަށެވެ. އަދި އެ އިންޑިއާ އައުޓް ކެމްޕެއިން "މޫވްމަންޓެއްގެ ގޮތުގައި ހިންގާ ނަމަ ކަމާ ބެހޭ ފަރާތްތަކުން އެކަން ހުއްޓުވާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

[މީހުން ހައްޔަރުކޮށް، ދައުވާ ކުރާ] އެ ހިސާބަށް ވެސް ދާންޖެހުނީމަ ދާނެ އިނގޭތޯ. މިސާލަކަށް މިއަދު އެ ނެގުނު ތަކެއްޗަކީ ވެސް ހެކީގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެހީގެ ގޮތުގައި އެ ހުރީ،" ރައީސް ޔާމީންގެ ގެކޮޅުން ފުލުހުން އިއްޔެ ނެގި ބޮޑު ބެނާއަށް އިޝާރާތް ކުރައްވާ އަލީ ޒާހިރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox