ރަށު ނޯޓު: މާފުށި

ނިމިދިޔަ އަހަރު ސަރުކާރުން މާފުށީ ފަޅުން ހިއްކި 25 ހެކްޓަރުގެ ބިން ތަރައްގީކުރެވުމުން މި ރަށަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ

ނިމިދިޔަ އަހަރު ސަރުކާރުން މާފުށީ ފަޅުން ހިއްކި 25 ހެކްޓަރުގެ ބިން ތަރައްގީކުރެވުމުން މި ރަށަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ

ރަށް ވަށައިގެން ހުރީ ކާނި ގަހެވެ. އެ ގަސްތަކުން ފޮޅޭ މާތަކާއެކު ރަށުގެ މަލަމަތި ފެންނާނީ މާތަކުން ޖަރީކޮށްފައި އޮއްވަ އެވެ. އެރަށާ ކައިރިން ދަތުރުކުރާ އުޅަނދުތަކަށް އެރަށް ފެންނާނީ މާ ބަގީޗާއެއް ގޮތަށެވެ. އެރަށަކީ މަލުގެ ރަށް، ނުވަތަ މާފުށްޓަށް ވީ އެހެންވެގެންނެވެ.

މާފުށީގެ ބޮޑުމިނުގައި ހުރީ 36 ހެކްޓަރެވެ. ރަށުގެ ފަޅުތެރެއިން އިތުރު 25 ހެކްޓަރުގެ ބިން އޮތީ ހިއްކާފަ އެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެޗް-12 އެވެ.

ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު ރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 2121 މީހުންނެވެ. އެއީ 1034 އަންހެނުންނާއި 1087 ފިރިހެނުންނެވެ. މިއީ މާފުށި ވަރުގެ ރަށްތަކުގެ އާންމު އާބާދީ އެވެ. އެހެންނަމަވެސް މާފުށި ތަފާތުވަނީ ދިރިއުޅޭ އާބާދީގެ ނިސްބަތަށް ބެލީމަ އެވެ. ރަށުގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އިތުރުން ފަސްހާހަކަށް މީހުން އެ ރަށުގައި އެބަ ދިރިއުޅެ އެވެ. ރަށުގައި ދިރިއުޅޭ ޖުމުލަ އާބާދީ އުޅެނީ ހަތް ހާހުން މަތީގަ އެވެ. ކުޑަކުޑަ ރަށެއްގައި އޮތް މި ބޮޑު އާބާދީއާއެކު މާފުށްޓަކީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރުވެސް 'ވަރަށް ހެޕެނިންގ' ރަށެކެވެ.

Advertisement

މީގެ 11 އަހަރު ކުރިއަށް ޖެހިލާއިރު މާފުށްޓަކީ އެކި ބާވާތްތަކުގެ މަސްވެރިކަމާއި ދަނޑުވެރިކަމުން އާމްދަނީ ހޯދާ ރައްޔިތެއް ދިރިއުޅުނު ރަށެކެވެ. އޭގެ އިތުރުން ރަށުގައި ހުރެގެން އާމްދަނީ ހޯދޭނޭ ގޮތަކަށް އޮތީ ސަރުކާރުގެ ވަޒީފާ އެވެ. މި މަންޒަރު ބަދަލުވެގެން ދިޔައީ 2010 ވަނަ އަހަރު މާފުށީގައި ހުޅުވި 'ވައިޓްޝެލް' ގެސްޓްހައުސްއާއެކު އެވެ. މުޅި ރާއްޖޭގައި 505 ގެސްޓްހައުސްއެއް މިހާރު ހުރިއިރު އެ ކުރިއެރުމުގެ ފެށުމަކީ މާފުށި 'ވައިޓްޝެލް' ގެ 4 ކޮޓަރި އެވެ.

މާފުށީގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހުޅުވީ 2010 ވަނަ އަހަރު. މިހާރު އެ ރަށުގައި 55 ގެސްޓް ހައުސް އެބަހުރި
މާފުށީގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހުޅުވީ 2010 ވަނަ އަހަރު. މިހާރު އެ ރަށުގައި 55 ގެސްޓް ހައުސް އެބަހުރި

މާފުށީގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހުޅުވީ 2010 ވަނަ އަހަރު. މިހާރު އެ ރަށުގައި 55 ގެސްޓް ހައުސް އެބަހުރި

މާފުށީގެ މުޅި އިގްތިސާދު މިހާރު ބިނާވެފައި އޮތީ ފަތުރުވެރިކަމުގެ މައްޗަށެވެ. ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި، ރާއްޖޭގެ ވެރިކަން ކުރާ ރަށާ ކައިރީގައި އޮތް ރަށަކަށްވުމުން ލިބުނު ފައިދާތަކެއް ހުއްޓެވެ. އެއަށްވުރެ ބޮޑަށް، މާފުށި މާފުށްޓަކަށް ވެފައި އެއޮތީ މުރާލި ރައްޔިތެއް ދިރިއުޅޭ ރަށަކަށް ވުމުންނެވެ. ފުރަތަމަ ގެސްޓްހައުސްއާއެކު ރަށުގެ ޒުވާން އަދި ހަރު އުމުރުގެ އެންމެންހެން ފަތުރުވެރިކަމުގެ ތެރެއަށް ވަނެވެ.

ފަތުރުވެރިކަމުން ހުޅުވުނު ދޮރާއެކު މިރަށުގެ އެހެން ވިޔަފާރިތަކަށްވެސް ކުރިއެރުން އައެވެ. މިއަދު މާފުށީގައި އާންމު ވިޔަފާރިކުރާ 50 އަށްވުރެ ގިނަ ފިހާރަ އެބަހުއްޓެވެ. 25 ކެފޭ ރެސްޓޯރަންޓް ހިންގަ އެވެ. ރަށުގައި 55 ގެސްޓްހައުސް ހުރިއިރު އިތުރު ތަންތަން ހުޅުވުމަށް އެދަނީ ތައްޔާރުވަމުންނެވެ. ލޯންޑަރީތަކާއި ޑައިވިން ސެންޓަރުތަކާއި މުދުކުޅިވަރުގެ ސެންޓަރުތަކަކީވެސް ރަށުގެ ގިނަ ބަޔަކު ޝާމިލުވާ ވިޔަފާރިތަކެވެ.

ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެއްކަމަށް ކައުންސިލުން ފާހަގަކުރީ ބިމުގެ ދަތިކަމެވެ. ނިމިދިޔަ އަހަރު ސަރުކާރުން މާފުށީ ފަޅުން ހިއްކި 25 ހެކްޓަރުގެ ބިން ތަރައްގީކުރެވުމުން މި މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ.

ރަށުގެ ބަނދަރުގެ ދަތިކަން އޮތީ އިންތިހާއަށެވެ. މިރަށުގައި ބަނދަރެއް ތަރައްގީކުރެވުނުއިރު މިއީ މިހާ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ހިނގާނޭ ރަށެއްކަމަށް ތަސައްވުރުކުރެވިފައެއް ނެތެވެ. މާފުށީ ގެސްޓްހައުސްތަކަށާއި ވިޔަފާރިތަކަށް ނިސްބަތްވާ ކުދި އަދި ބޮޑެތި އުޅަނދުތަކަށް އެކަނި ބެލިނަމަވެސް 150 އަށްވުރެ ގިނަ އުޅަނދަށް މިރަށުގެ ބަނދަރުން ޖާގަ ބޭނުންވެ އެވެ. މިވަގުތު އުޅަނދުތަކަށް ބަނދަރުން ޖާގަ ލިބެނީ ގަޑިބަހައިގެންނެވެ.

ފަތުރުވެރިންގެ ހިތްއުފާ ކޮށްލަން އޮންނަ އެންމެ މުހިންމު އެއް މަންޒިލަކީ ދޮންވެލި ތުނޑި ނުވަތަ ބީޗެވެ. އެއީވެސް މިރަށަށް މިހާރު އޮތް ގޮންޖެހުމެކެވެ. ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީއާ އެއް އަދަދަކަށް ސީޒަން ތެރޭގައި ރަށުގައި ފަތުރުވެރިން އުޅޭނެ އެވެ. އެ އެންމެނަށް ރަށު ބީޗުން ޖާގައެއް ނުލިބޭނެ އެވެ. މިއީވެސް ހައްލުކުރަންޖެހިފައި އޮތް މައްސަލަ އެކެވެ.

މާފުށި ރައްޔިތުންނަކީ މެހުމާނުދާރީ އަދާކުރުމުގައި ނަމޫނާ ބައެއް
މާފުށި ރައްޔިތުންނަކީ މެހުމާނުދާރީ އަދާކުރުމުގައި ނަމޫނާ ބައެއް

މާފުށި ރައްޔިތުންނަކީ މެހުމާނުދާރީ އަދާކުރުމުގައި ނަމޫނާ ބައެއް

ރަށުގައި މިހާރު ހިނގަމުންދާ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ބަލާއިރު، މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ގެންދަނީ ހިންގަމުންނެވެ. ކުނިގޮނޑު މެނޭޖްކުރުމުގެ މަސައްކަތް ސްޓެލްކޯއިން އެބަހިންގަ އެވެ. ރަށު ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް އެބަ ހިނގަ އެވެ. މާފުށި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އޮތީ ޕްލޭނިންގ މަރުހަލާގަ އެވެ. މާފުށި ރިހިބިލިޓޭޝަން ވޯކްޝޮޕް އިމާރާތުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ މަސައްކަތް އޮތީ އެވޯޑްކުރެވިފަ އެވެ. މިފަދަ ކިތަންމެ ޕްރޮޖެކްޓެއް ކުރިއަށް އޮތް ދެ އަހަރު ދުވަހު ހިންގުމަށް ރޭވިފައި އެބަހުއްޓެވެ.

ރާއްޖޭގައި ހުރި އެންމެ އުސް ގެސްޓްހައުސްއަކަށްވާނީ މިރަށުގައި ތައްޔާރުކުރަމުންދާ 14 ބުރީގެ ހޮޓަލެވެ. ރާއްޖޭގައި ހުރި އެންމެ ބޮޑު އިންފިނިޓީ ޕޫލް ހުރީ މިރަށުގަ އެވެ. ފަތުރުވެރިންނަށް ހާއްސަ އެނދުގެ އަދަދު 1000 ހުރަސްކޮށްފި އެވެ. އަލަށް ހިއްކި، އާ މާފުށީގައި ވެސް އެތައް ހޮޓަލަކާއި ގެސްޓްހައުސްއެއް ތަރައްގީވެގެންދާނެ އެވެ.

ރަށަށް އަރާ މެހެމާނުންނަށް މާފުށިން މަރުހަބާ ކިޔައި މެހެމާންދާރީ އަދާކުރުމުގައި ދައްކަނީ މިސާލެކެވެ. ރަށުގެ އިގްތިސާދު ބިނާވެފައިވާ ސިނާއަތު، މާފުށީގެ ރައްޔިތުން ރަނގަޅަށް ދަނެ އެވެ. މެހެމާނުންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި އުފާވެރި ޗުއްޓީއަށްޓަކައި މާފުށި އޮންނަނީ ހުރިހާ މޫސުމެއްގައި ތައްޔާރުވެފަ އެވެ.

މި އީދުގައި މާފުށްޓަށް ދާންވީ އެހެން ސަބަބެއްވެސް އެބައޮތެވެ. އީދު ދުވަހު ބޮޑު ޖަމާއަތުގައި ކުރާ ނަމާދާއެކު ފެށިގެން ދާނީ އީދު ފެސްޓިވަލެވެ. ހެނދުނުގެ ނާސްތާއާއެކު ފެށޭ ޕްރޮގްރާމްތައް ނިމޭނީ އެރޭ އޮންނަ ފޯރިދަގަ އީދު ޝޯ އާއެކު އެވެ. އެރޭގެ ޝޯއަށް އެކަނި މާފުށްޓަށް ދާން ބޭނުންނަމަ އެ އިންތިޒާމުވެސް ހަމަޖެހޭނެ އެވެ. ޝޯ ނިމޭ ގަޑިއަށް އޮންނަ ފެރީން އެނބުރި މާލެ އާދެވޭނޭ އިންތިޒާމު ރަށު ކައުންސިލުން އޮތީ ހަމަޖައްސާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox