ހަ ދުވަސް ތެރޭ ޓަވަރޭޒަށް މުސާރަ ދޭން ނިއު އަށް ފީފާ އިިން އަންގައިފި

Apr 21, 2022, 6:37 AM
ނިއު އަށް 2017 ވަނަ އަހަރު ކޯޗުކޮށްދިން ޓަވަރޭޒް.-- ފޮޓޯ: ނިއު ރޭޑިއަންޓް

ނިއު އަށް 2017 ވަނަ އަހަރު ކޯޗުކޮށްދިން ޓަވަރޭޒް.-- ފޮޓޯ: ނިއު ރޭޑިއަންޓް

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފައި އޮތް، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް، ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް ދޭން ޖެހޭ ފައިސާ ދައްކަން ފީފާ އިން އަނެއްކާ ވެސް އިތުރު މުހުލަތެއް ދީފި އެވެ.

ނިއު އަށް 2017 ވަނަ އަހަރު ކޯޗުކޮށްދިން ޓަވަރޭޒް، މަގާމުން ވަކިކުރީ އުސޫލާ ހިލާފަށް ކަމަށް ބުނެ، އޭނާ ފީފާ އަށް މައްސަލަ ގެންދިޔައީ އެވެ. ފީފާ އިން އެ މައްސަލައިގައި އެންމެ ފުރަތަމަ 2017 ވަނަ އަހަރު، ސެޕްޓެމްބަރު ހަތަރެއްގައި ނިއު އަށް އެންގީ 30 ދުވަހުގެ ތެރޭގައި ޓަވަރޭޒަށް ދޭން ޖެހޭ ފައިސާ ދިނުމަށެވެ.

އެ މުއްދަތުގެ ތެރޭގައި ވެސް އެކަން ކޮށްފައިނުވާއިރު، ފީފާ އިން އިއްޔެ ނިއު އާއި އެފްއޭއެމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ހަ ދުވަހުގެ ތެރޭގައި ޓަވަރޭޒަށް ދޭން ޖެހޭ ފައިސާ އަދާކުރުމަށެވެ. އެ ގޮތަށް އެކަން ނުކޮށްފިނަމަ ނިއުއާ މެދު އިތުރު ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިޓީގައިވެ އެވެ. ކުރިން ދީފައިވާ މުހުލަތުގައި ނިއު އިން ޓަވަރޭޒްގެ މުސާރަ ނުދީ އޮތުމުން ފީފާ އިން ވަނީ ނިއު އަށް އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އަދަބުދީފަ އެވެ.

މި ފަހަރު ފީފާ އިން މިދިން މުއްދަތުގައި ނިއު އިން ޓަވަރޭޒަށް ދޭން ޖެހޭ މުސާރަ ނުދީފިނަމަ އަލުން ފީފާ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަަލަ އަންނަ މަހުގެ ފަސް ވަނަ ދުވަހު ތާވަލުކޮށް، ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ޓަވަރޭޒަށް ދޭން އެންމެ ފަހުން ފީފާ އިން ނިއު އަށް އެންގި ފައިސާގެ ތަފްސީލަށް ބަލާއިރު، މުސާރައިގެ ގޮތުގައި ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680 ރުފިޔާ) އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400 ރުފިޔާ) އަދި ފީފާ އަށް ދޭން ޖެހޭ 8000 ސްވިސް ފްރެންކްސް (124087 ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި 5000 ސްވިސް ފްރެންކް (77,557 ރުފިޔާ) އެވެ. މިއީ ޖުމްލަ އެއްކޮށް ބަލާއިރު، 571،724 ރުފިޔާ އެވެ.

ޓަވަރޭޒަށް މުސާރަ ދޭން ފީފާ އިން ނިއު އަށް އަަނެއްކާ ވެސް މުހުލަތެއް ދީފައި މިވަނީ، ނިއުގެ ސަޕޯޓަރުންތަކެއް އިސްވެ، ރޭޑިއަންޓް ނަމުގައި ކްލަބެއް ވުޖޫދުކޮށް މަސައްކަތް ފަށައިގެން އުޅޭ ދަނޑިވަޅެއްގަ އެވެ. ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާގެ ގޮތުގައި އޭއެފްސީން ކަނޑައަޅާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަދި ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި ރޭޑިއަންޓަށް ކުރިއަށް ދެވޭނީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކަމަށް އުސޫލުތަކުގައި އޮންނަ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ނިއު އިން އެންމެ ފަހުން އިންތިހާބުކުރި ބޯޑުގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އެހެންކަމުން، ފީފާގެ މި އެންގުންތަކަށް އެ ކްލަބުން އަމަލުކުރާނެ ރަސްމީ ހައިސިއްޔަތެއް އޮތް ލީޑަޝިޕެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox