"ރަސްޓް" ގެ ސެޓުގައި އެކްޓަރު އެލެކް ބޯލްޑްވިން އޮޅިގެން ބަޑި ޖެހި މައްސަލައިގައި ފިލްމުގެ ޕްރޮޑިއުސަރުން ޖޫރިމަނާކޮށްފި އެވެ.
ނިއު މެކްސިކޯ އެންވާރަމަންޓް ޑިޕާޓްމަންޓުން ބުނީ ރަސްޓްގެ ޕްރޮޑިއުސަރުން "ސެޓުގައި ބަޑި ގެންގުޅެމުން ދިޔަ އިރު ފަރުވާތެރިވެފައި ނުވާ" ކަމަށެވެ.
އެ އެޖެންސީން ނިންމީ ރަސްޓް މޫވީ ޕްރޮޑަކްޝަންސް 136،793 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
މިދިޔަ އޮކްޓޯބަރު މަހު ހިނގި ހާދިސާގައި ސިނެމަޓޮގްރާފާ ހެލީނާ ހަޗިންސް މަރުވެ، ޑިރެކްޓަރު ޖޮއެލް ސޫޒާއަށް އަނިޔާވި އެވެ.
ބޯލްޑްވިން ބުނީ ފިލްމުގެ ރިހާސަލްގައި ބަޑި ގެންގުޅުނު އިރު، އެއީ ވަޒަން ހުރި ނުރައްކާތެރި ހަތިޔާރެއްކަން ނޭނގޭ ކަމަށެވެ. އޭނާއަކީ ފިލްމުގެ އެއް ޕްރޮޑިއުސަރެވެ.











