މަޖިލިސް ހުލާސާ: ކަންބޮޑުވުންތައް ބޮޑު ޓޫރިޒަމް ކުލި ކުޑަކުރާ ބިލު ބަލައިގަތުން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ފާއިތުވި ދުވަސްތަކެކޭ އެއް ފަދައިން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމުގެ ބޭނުމަށް ދޫކުރާ ބިންތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލުގެ މަގުސަދުގެ ގޮތުން އެ ބިލް ހުށަހެޅި އެއް ސަބަބަކީ މިނިމަމް ވޭޖް ތައާރަފްކުރުމުން ރިސޯޓްތަކަށް މާލީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ބިމު ކުއްޔަށް ބަދަލު ގެނައުމެވެ.

ޓޫރިިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލިން އަކަފޫޓަކަށް ޖެހޭ ރޭޓުން އެއް ޑޮލަރު ނުވަތަ ދެ ޑޮލަރު ކަނޑައިލާނެ އެވެ.

އެ ބިލުގެ ބަހުސް މަޖިލީހުގައި ކުރަމުންދާއިރު، ގިނަ މެމްބަރުން ވަނީ އެ އިސްލާހާމެދު ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

މިގޮތުން، އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބޭ ރިސޯޓުތަކުން މިނިމަމް ވޭޖު ދޭން ލާޒިމުވާތީ، ރިސޯޓުތަކަށް ސަބްސިޑީއެއް ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އަދި ޓޫރިޒަމް ދާއިރާގައި ދައުލަތުގެ ހަމައެކަނި ފިކްސްޑް އާމްދަނީ ކުޑަކުރުމަކީ މާލިއްޔަތަށް ނޭދެވޭ އަސަރުކުރާނެކަމަށް ބުނެ ވެސް ތަޅުމުގައި ކަންބޮޑުވުންތައް އަޑުއިވިގެން ދިޔަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅުވައި، ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވީ މި ބިލު ހުށަހެޅުމާ މިނިމަމް ވޭޖާ އެއްވެސް ގުޅުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ބިލު އެކުލަވާލުމުގެ ހަގީގީ ބޭނުމަކީ ރާއްޖޭގެ ހުރިހާ ދިމާއަކަށް ޓޫރިޒަމް ފުޅާކުރުމަށްޓަކައި، ބިމު ކުލީގެ ތަފާތުތަކެއް އެކި ސަރަހައްދުތަކަށް ގެނައުމެވެ.

އެ ބިލުގެ އަނެއް ބޭނުމަކީ ސަރުކާރުގެ ކުޑަ ހިއްސާއެއް އޮވެގެން ޖޮއިންޓް ވެންޗާ އުސޫލުން ހިންގާ މަދު ރިސޯޓުތަކަށް އިތުރު އިންވެސްޓްމަންޓުތަކާއި ލޯނު ހޯދަން ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ ބިލާ މެދު ގިނަ މެމްބަރުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، އިބްތިދާއީ ބަހުސް ނިންމައި އެ ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ.

އެ ބިލު ބަލައިގަތުމަށް 28 މެމްބަރުންގެ އިއްތިފާގުން ފާސްވުމާއެކު، ދިރާސާ ކުރުމަށް މިއަދު ވަނީ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އިންޑިއާ މުސްލިމުންނަށް ކުރާ އަނިޔާ މުހިންމު ނުވި

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވައިދާ އެއް ގޮތަށް ކުއްލި މައްސަލައަކަށް ނުވާ ކަމަށާއި އެ މައްސަލަ މަޖިލީހުގައި ބަހުސްކުރަން ވެސް ފެނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަވައްޓެރި ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހެން ނުޖެހޭ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ވެސް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ.

އަދި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި އިއްޔެ ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ނަޝީދު މިއަދު ވަނީ ފުލުހުންނަށް ގޮވާލައްވައިފަ އެވެ.

މިއަދުގެ ހާޒިރީ

ހާޒިރުވެވަޑައިގެންނެވީ: 32 މެމްބަރުން

ސަލާމުގައި: 04 މެމްބަރުން

ދުވަހުގެ ފޮޓޯ

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް (ވ) އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް (ވ) އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް (ވ) އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ދުވަހުގެ ކޯޓޭޝަން

ދެކުނު އޭޝިއާގެ ގައުމުތަކުގައި ނަސްލުތައް އަދި ދީންތައް އެއް ހަމަޔަކަށް، އެއް މަސްލަހަތަކަށް އެނބުރުމަށް މަސައްކަތްކުރާތާ ސަތާރައަށާރަ ސަތޭކަ އަހަރުވެއްޖެ. ފަސް ސަތޭކަ އަހަރ ވެއްޖެ ހަގީގަތުގައި. މިއަދު ކުއްލިޔަކަށް އަޅުގަނޑުމެންނަށް އަވައްޓެރި ގައުމުތަކުގެ ދާހިލީ ކަންކަމާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު އަޅުގަނޑަށް ދޭކަށް ނުފެނޭ. - މުހައްމަދު ނަޝީދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox