ފަސޭހައިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް އެއް ވަނަ އަށް

Apr 19, 2022, 9:17 PM
ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ސަލާހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ސަލާހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޭޕްރީލް 20) - ފަސޭހަކަމާ އެކު 4-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލިވަޕޫލް އެއް ވަނަ އަށް އެރީ ކުރިން އެ މަގާމުގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ލިވަޕޫލަށް 32 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެ ވަނައިގައި އޮތީ 31 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާރޭ ސިޓީ ކުޅޭނީ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތްއިރު، އެ ޓީމަށް އޮތް ނުތަނަވަސްކަމަކީ އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންނަށް ނުކުޅެވޭއިރު، އާއިލާ އަށް ވަގުުތު ދޭން ޓީމާ ދުރުގައި ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމުންނެވެ. ރޮނާލްޑޯ، މިރޭގެ މެޗުގައި ނުފެނުނީ އިއްޔެ އޭނާގެ އެއް ދަރިފުޅު މަރުވުމުންނެވެ. ލިވަޕޫލް ސަޕޯޓަރުން ވަނީ މިރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ރޮނާލްޑޯއާ އެކުގައިވާ ކަމަށް ދައްކުވައިދޭން ޝުއޫރުފާޅުކޮށްފަ އެވެ.

މި ސީޒަނުގައި ޔުނައިޓެޑް ދަނޑުގައި ލިވަޕޫލުން ވަނީ 5-0 އިން މޮޅުވެފަ އެވެ. އެ މެޗުގެ ފަސް ވަނަ މިނިޓްގައި ލިވަޕޫލުން ލީޑުނެގި ގޮތަށް މިރޭގެ މެޗުގައި ވެސް ވަނީ ފަސް ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ލުއިސް ޑިއާޒް ޖެހި ގޯލެކެވެ. އަނިޔާގެ ސަބަބުން މެޗުގެ 10 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ވަނީ ބަދަލުކުރަން ޖެހިފަ އެވެ.

ޔުނައިޓެޑްގެ ކެޕްޓަން މެގުއާ (ވ) ކައިރިން ލިވަޕޫލްގެ ޑިއާޒް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ލީޑުފުޅާކުރީ މެޗުގެ 22 ވަނަ މިނިޓްގައި ސަލާހު ޖެހި ގޯލުންނެވެ. ސަޑިއޯ މާނޭ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ސަލާހު ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަަނަ ހާފު ފެށިއިރު، ޔުނައިޓެޑުން ވަނީ ފިލް ޖޯންސްގެ ބަދަލުގައި ޖޭޑަން ސަންޗޯ ކުޅެން އަރުވައިފަ އެވެ. ލިވަޕޫލްގެ ގޯލާ ސީދާކޮށް ޔުނައިޓެޑްގެ ފުރަތަމަ ހަމަލާ ފޮނުވާލީ ސަންޗޯ އެވެ. އޭގެ ފަހުން ކައުންޓަ އެޓޭކުގައި ގޯލަށް ހަމަލާތަކެއް ފޮނުވާލަން މާކަސް ރެޝްފޯޑް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުުމެއް ނުކުރެވުނެވެ.

ލިވަޕޫލުން މެޗުގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 68 ވަަނަ މިނިޓްގަ އެވެ. މިއީ ޑިއާޒް ދިން ބޯޅައަކުން އޭރިއާތެރެއިން ހަމަޖެހިލާފައި މާނޭ ވައްދާލި ގޯލެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން މެޗުގެ 85 ވަނަ މިނިޓްގައި ސަލާހު ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އިތުރު ވަގުތުގައި ހެޓްރިކް ހަދަން ވެސް ސަލާހަށް ފުރުސަތު ލިބުނެވެ. އެކަމަކު، ސަލާހު އެ ބޯޅަ ފޮނުވާލުމުގެ ކުރިން ޔުނައިޓެޑްގެ ވަން ބިސާކާ އެ ބޯޅަ ހުއްޓުވި އެވެ.

މިއީ ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް އެ ޓީމާ ހަވާލުވި ފަހުން ލީގުގައި ބަލިވި ތިން ވަނަ މެޗެވެ. އަނެއްކޮޅުން މިއީ ޖަރުމަނު ލީގުގެ ބޭރުން ރަންގްނިކް އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ފުރަތަމަ ކުރިމަތިލުމެވެ. މި މެޗުން ޔުނައިޓެޑް ބަލިވުމުން އެ ޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ 33 މެޗުން ލިބުނު 54 ޕޮއިންޓާ އެކު އެވެ. ގަދަ ހަތަރަކަށް ވަންނަން ޔުނައިޓެޑަށް އޮތީ އުނދަގޫ މަގެކެވެ.

ލިވަޕޫލުން މި ވަނީ ލީގުގައި ޔުނައިޓެޑް އަތުން ބަލިނުވެ، ހަތަރު ސީޒަން ފުރިހަމަ ކޮށްފަ އެވެ. އެ ހަތަރު ސީޒަނުގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން ލިވަޕޫލް މޮޅުވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox