މާ ބޮޑަށް ބަރުވުމަކީ ރަހިމުގެ ކެންސަރަށް މަގުފަހިވާ ކަމެއް: ދިރާސާ

ދިރާސާ ހެދި ކެންސާ ރިސާޗް ޔޫކޭއިން އިސް ނަގައިގެން.

ދިރާސާ ހެދި ކެންސާ ރިސާޗް ޔޫކޭއިން އިސް ނަގައިގެން.

މާ ބޮޑަށް މަރުވުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމެއް ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.

އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި ހުންނަ އަންހެނަކު ހުންނަން ޖެހޭ ވަރަށް ވުރެ 12.7 ކިލޯ ބަރު ނަމަ ނުރައްކާ ދެ ގުނަ ބޮޑުވާ ކަމަށް ދިރާސާގައިވެ އެވެ.

ކެންސާ ރިސާޗް ޔޫކޭ ޖަމިއްޔާއިން ފަންޑު ކުރި ދިރާސާގައި އެމެރިކާ، އިނގިރޭސިވިލާތް އަދި އިތުރު ފަސް ގައުމަކުން 120،000 އަށް ވުރެ ގިނަ އަންހެނުން ބައިވެރިވި އެވެ.

Advertisement

އެ ޖަމިއްޔާއިން ބުނީ ދުޅަހެޔޮ ބަރުދަނެއް ދެމެހެއްޓުމަކީ ތަފާތު 13 ބާވަތެއްގެ ކެންސަރުން ރައްކާތެރިވުމަށް ކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް ޖީންސް އާއި ހޯމޯންސް ފަދަ ކަންކަމަކީ ވެސް ނުރައްކާ ބޮޑުވާ ސަބަބުގެ ގޮތުގައި ފާހަގަކުރެ އެވެ.

ދިރާސާގައި ބަޔާންކުރި އެއް ތިއަރީގައިވާ ގޮތުން ހަށިގަނޑުގައި ހުންނަ ފެޓް ސެލްތައް އާއްމު ހާލަތަށް ވުރެ އަވަހަށް ސެލްތައް އިތުރުވުމަށް ސިގްނަލް ފޮނުވަ އެވެ. އެއީ ކެންސަރަށް މަގުފަހިވެދާނެ ކަމެއް ކަމަށް ބުންޏެވެ.

ބައެއް ބާވަތްތަކުގެ އުރަތަމީގެ ކެންސަރާއި އަންހެނުންގެ ހޯމޯން އެސްޓްރޮޖެންއާ ގުޅުން އޮތް ކަމަށް ކުރީގެ ދިރާސާތަކުން ދައްކާފައިވެ އެވެ. އެސްޓްރޮޖެންއަކީ ފެޓް ސެލްގެ ސަބަބުން ވެސް އިތުރުވެދާނެ ހޯމޯނެކެވެ.

ޔުނިވާސިޓީ އޮފް ބްރިސްޓޮލްގެ ސައިންސްވެރިން ހެދި ދިރާސާ ޝާއިއު ކުރީ ބީއެމްސީ މެޑިސިން ޖާނަލްގަ އެވެ. މިއީ ފަލަވުން ނުވަތަ މާ ބޮޑަށް ބަރުވުމާއި ރަހިމުގެ ކެންސަރާ އޮތް ގުޅުން ބެލުމަށް މިހާތަނަށް ހެދި އެންމެ ބޮޑު އެއް ދިރާސާ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް ބަރުދަން އިތުރުވުމާއި ރަހިމުގެ ކެންސަރާ ގުޅުން އޮތުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މާ ބޮޑަށް ބަރުވުމާއި ރަހިމުގެ ކެންސަރާ ގުޅިފައިވާ ދެ ހޯމޯންގެ ގޮތުގައި ދިރާސާއިން ފާހަގަކުރީ ފާސްޓިން އިންސިއުލިން އާއި ޓެސްޓޮސްޓެރޯން އެވެ.

ސައިންސްވެރިންގެ އުއްމީދަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑު ކަމަށް ބެލެވޭ މީހުންގެ ހަށިގަނޑުގައި އެ ދެ ހޯމޯން ހުންނަ ވަރު ރެގިއުލޭޓް ކުރުމަށް މުސްތަގްބަލުގައި ބޭސް ބޭނުން ކުރަން ފެށުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox