ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް، ކްލޮޕް ބުނަނީ ދުލެއް ނުދެވޭނެ ކަމަށް

Apr 19, 2022, 2:10 PM
ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް، ކްލޮޕް ބުނަނީ ދުލެއް ނުދެވޭނެ ކަމަށް

ލިވަޕޫލް (އޭޕްރީލް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗަކީ ބޮޑު މެޗެއް ކަމަށާއި މި މެޗުގައި ޔުނައިޓަޑަށް އެއްވެސް ދުލެއް ނުދެވޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޕޮއިންޓް ތާވަލުގައި މި ދެ ޓީމު ކްލަބުގެ މެދުގައި ބޮޑު ފަރަގެއް އޮތަސް، ޒަމާންވީ މި ދެ ކްލަބުގެ ކުރިމަތިލުންތަކަކީ "ފިނި" ކޮށް ދާނެ މެޗުތަކެއް ނޫނެވެ. އެހެންކަމުން، މިރޭގެ މެޗަށް ބޮޑު ސަމާލުކަމެއް ލިބޭނެ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ޔުނައިޓަޑާ ދެކޮޅަށް ނުކުންނައިރު، ލިވަޕޫލް އޮތީ ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގަ އެވެ. ތާވަލްގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްއާ ދެމެދު މިހާރު އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ. ލީގުގައި ބާކީ ހަތް މެޗު އޮތްއިރު، މިރޭގެ މެޗަކީ ލިވަޕޫލަށް ވެސް ނުހަނު މުހިންމު މެޗެކެވެ. މިރޭގެ މެޗުން ލިވަޕޫލް މޮޅުވެ، ނުވަތަ އެއްވަރުވެއްޖެ ނަމަ ތާވަލުގެ އެއް ވަނަ އަށް ޖެހިލާނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާސް ބަލިވުމާ އެކު، ތާވަލްގެ ފަސް ވަނައިގައި ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގެ އުންމީދު އާވެފަ އެވެ. އެހެންކަމުން، ޒަމާންވީ ވާދަވެރިން ކަމަށްވާ ލިވަޕޫލް އަތުން މިރޭގެ މެޗުން މޮޅުވުމަކީ ޔުުނައިޓެޑަށް ވެސް މުހިންމު ކަމެކެވެ.

މި މެޗަށް ކުރިމަތިލާއިރު، ލީގުގައި މި ދެ ޓީމު ޔުނައިޓެޑްގެ ދަނޑުގައި ބައްދަލުކުރި މެޗުގައި، ލިވަޕޫލް އަތުން 5-0ގެ ލަދުވެތި ނަތީޖާއަކުން ޔުނައިޓެޑް ބަލިވިއިރު، އެ ނަތީޖާގެ ހިތިކަން ޔުނައިޓެޑްގެ ސަޕޯޓަރުންގެ އަރުތެރެއިން އަދި ނުކެނޑޭނެ އެވެ.

"ޔުނައިޓެޑަށް ވަރަށް ސަމާލުވާންޖެހޭނެ"

ލިވަޕޫލްގެ ކޯޗު ކްލޮޕް މެޗުގެ ކުރިން ދެއްކީ ވަރަށް މުހިންމު ވާހަކަ އެކެވެ. މިރޭގެ މެޗަށް ނުކުންނައިރު ޔުނައިޓެޑްގެ "މޯޓިވޭޝަން" ވެސް ރަނގަޅުވާނެ ކަމެވެ. އެގެ އެއް ސަބަބަކީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ނޮރިޗް ސިޓީ އަތުން 3-2 އިން ޔުނައިޓެޑް މޮޅުވެފައި އޮތުމެވެ.

ކްލޮޕް ބުނީ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު، ލިވަޕޫލަށް އެއްވެސް ދުލެއް ނުދެވޭނެ ކަމަށެވެ. އަދި މިރޭގެ މެޗުގައި ޔުނައިޓެޑުން ވެސް ލިވަޕޫލް ބަލިކުރަން "ކުރެވެން އޮތް ހުރިހާ ކަމެއް" ކުރާނެ ކަމަށެވެ.

"ޔުނައިޓެޑުން ބޭނުންވާ ކަންތައްތައް ކުރުމަށް ފުރުސަތު ދީފި ނަމަ، އަހަރަމެންނަށް ދެރަ ލިބޭނީ. އޭގެ ބަދަލުގައި އަހަރަމެން ނުކުންނަންޖެހޭނީ ފޯރީގައި،" ކްލޮޕް ބުންޏެވެ.

"މިއީ އެންމެ މުހިންމު މެޗުކަމަށް ދެކިގެން، އަތުގައި އެއްވެސް އެއްޗެއް ނެތް ކަމަށް ބަލައިގެން މި މެޗަށް ކުރިމަތިލާންޖެހޭނީ."

ކްލޮޕް ބުނީ މިރޭގެ މެޗަކީ "ދުނިޔޭގެ އެންމެ ބޮޑު ދެ ކްލަބު"ގެ ކުރިމަތިލުމެއް ކަމަށެވެ.

"މިއި ދުނިޔެގެ އެންމެ ބޮޑު ދެ ކްލަބުގެ ކުރިމަތިލުން. ފަހަރެއްގައި ސްޕެއިންގައި ހިޔާލު ތަފާތުވެދާނެ އެކަމަކު މިއީ ދުނިޔޭގެ އެންމެ ބޮޑު ދެ ކްލަބުގެ ކުރިމަތިލުން،" ކްލޮޕް ބުންޏެވެ.

މިއީ ކޯޗެއްގެ ގޮތުގައި ކްލޮޕްއާ ދެކޮޅަށް ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ނުކުންނަ 14 ވަނަ މެޗެވެ. އެކަމަކު ދެ ކޯޗުން ވެސް ނިސްބަތްވާ ޖަރުމަނުން ބޭރުގެ ލީގެއްގައި ދެ ކޯޗުން ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

ކްލޮޕް ބުނީ ރަންގްނިކްގެ ކެރިއަރުގައި އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. އެކަމަކު، ޔުނައިޓެޑްގައި ރަންގްނިކަށް ހަމަޖެހިލެވޭ ގޮތް ނުވާ ކަމަށެވެ.

"ޔުނައިޓެޑްގެ ކޯޗުކަމާ ރަންގްނިކް ހަވާލުވި ފަހުން ގުޅުމެއް ނެތް. އެކަމަކު އެއީ ދެ މީހުންގެ މެދުގައި އޮތް އިހުތިރާމެއްގެ ސަބަބުން. މިހާރު ތިބި ވަޒީފާގެ ގޮތުން،" ކްލޮޕް ބުންޏެވެ.

ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖިއޮޖީނާ ރޮޑްރިގޭޒް، 27، ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު އިއްޔެ މަރުވެފައިވާއިރު، އާއިލާ އަށް ވަގުތު ދޭން ވެގެން މިރޭގެ މެޗުގައި ރޮނާލްޑޯ ޓީމުގައި ނުހިމެނޭނެ އެވެ. އަނެއްކޮޅުން އަނިޔާގެ މައްސަލަތަކުގެ ސަބަބުން ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިން ވެސް ތިބީ ކުޅުމާ ދުރުގަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox