އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ބޮޑު ހަމަނުޖެހުމެއް

ހަމަނުޖެހުމާ ހެދި ޖަހާންގިރްޕޫރީގެ ގިނަ ބަޔަކު ތިބީ ޝޮކެއްގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހަމަނުޖެހުމާ ހެދި ޖަހާންގިރްޕޫރީގެ ގިނަ ބަޔަކު ތިބީ ޝޮކެއްގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ ނިއު ދިއްލީގެ ޖަހާންގިރްޕޫރީގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު މިދިޔަ ހޮނިހިރު ދުވަހު ބޮޑު ހަމަނުޖެހުމެއް ހިނގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ނުވަ މީހުންނަށް އަނިޔާވި އިރު އޭގެ ތެރެއިން ހަތް މީހުންނަކީ ފުލުހުންނެވެ. އެއް ފުލުހަކަށް އަނިޔާވީ ވަޒަނެއް އަރައިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގިނަ އަދަދެެއްގެ ފަގީރުން ދިރިއުޅޭ ޖަހާންގިރްޕޫރީގައި ބެންގާލީ ބަހުން ވާހަކަ ދައްކާ މުސްލިމުންގެ އާބާދީ ވަރަށް ބޮޑެވެ. ހަމަނުޖެހުން ހިނގީ ހިންދޫން ބޮޑު ހިނގާލުމެއް ބޭއްވި ފަހުންނެވެ.

Advertisement

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ހިންދޫ ކަނާއަތު ފިޔައިގެ ގްރޫޕުތަކަށް ނިސްބަތްވާ މީހުން، އެ ދީނުގެ ކަލާނގެއެއް ކަމުގައިވާ ހަނޫމާންގެ އުފަން ދުވަސް ފާހަގަކުރަން ހިނގާލުމެއް ބޭއްވި އެވެ.

ވީޑިއޯތަކުން ފެންނަނީ ކަނޑި އާއި އެހެން ހަތިޔާރު ފަދަ ތަކެތި ހިފައިގެން ހިންދޫ ދީނުގެ ގޮވުންތައް ގޮވަމުން ހިނގާ މަންޒަރެވެ.

ހަމަނުޖެހުން ހިނގީ މިސްކިތެއް ކައިރިން އެ މީހުން ދިޔަ ހިސާބުންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ގާ އުކައި، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހިންދޫން ތުހުމަތު ކުރާ ގޮތުގައި މުސްލިމުން ރާވައިގެން ފުރާޅުތައް މަތީގައި ތިބެ، ތޫނު ހަތިޔާރު އެ މީހުންނާ ދިމާލަށް އުކީ އެވެ. ނަމަވެސް މުސްލިމުން ބުނީ މިސްކިތް ކައިރީގައި މުސްލިމުންނަށް އަމާޒުކޮށް ތަފާތު ގޮވުންތައް ގޮވުމުން، ޒުވާބެއް އުފެދި ހަމަނުޖެހުން ފެށުނީ ކަމަށެވެ.

ދިއްލީގެ ފުލުހުން 23 މީހުން ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެ އެވެ. ހަމަނުޖެހުން އުފެދުނު ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ވެރިން ބުނީ އެކަމުގެ ފަހަތުގައި ތިބީ "ބަންގްލަދޭޝުން އައިސްގެން ގަވާއިދާ ހިލާފަށް އުޅޭ ބަޔަކު" ކަމަށެވެ.

މިއީ 2020 ވަނަ އަހަރު ދިއްލީގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ކުރިމަތިލުމަށް ފަހު ދިމާވި އެންމެ ބޮޑު ހަމަނުޖެހުމެވެ. އެ ފަހަރު 50 މީހުން މަރުވި އިރު، ގިނައިން ހިމެނެނީ މުސްލިމުންނެވެ.

ނަމަވެސް މަދްޔާ ޕްރަދޭޝް އާއި ރާޖަސްތާން ފަދަ އެހެން ބައެއް ސްޓޭޓްތަކުގައި ފަހަކަށް އައިސް މިފަދަ ކުރިމަތިލުންތައް ރިޕޯޓު ކޮށްފައިވެ އެވެ. އެ ދެ ތަނުގައި ވެސް މައްސަލަ ބޮޑުވީ ހިންދޫން މިސްކިތްތައް ކައިރީ ހިނގާލުން ބޭއްވުމުންނެވެ.

ޖަހާންގިރްޕޫރީގެ ހަމަނުޖެހުމަށް ފަހު އިދިކޮޅު 13 ޕާޓީ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހަނު ހުންނަވާތީ ހައިރާންކަން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox