ޝަންހާއީ ލޮކްޑައުން ކުރި ފަހުން ފުރަތަމަ ފަހަރަށް ކޮވިޑް މަރުތަކެއް

ރިޕޯޓުތައް ބުނާ ގޮތުން ޝަންހާއީގައި ކޮވިޑް ޖެހިގެން މަރުވީ އުމުރުން ދުވަސްވީ ތިން މީހުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރިޕޯޓުތައް ބުނާ ގޮތުން ޝަންހާއީގައި ކޮވިޑް ޖެހިގެން މަރުވީ އުމުރުން ދުވަސްވީ ތިން މީހުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

މާޗް މަހުގެ ފަހުކޮޅު ޗައިނާގެ ޝަންހާއީ ލޮކްޑައުން ކުރި ފަހުން، އެ ސިޓީއިން ފުރަތަމަ ފަހަރަށް ކޮވިޑް ޖެހިގެން ބަޔަކު މަރުވެއްޖެ އެވެ.

ސިޓީ ހެލްތު ކޮމިޝަނުން ބުނީ މަރުވި އުމުރުން 89 އަހަރާއި 91 އަހަރުގެ ތިން މީހުން ކަމަށެވެ. އެ މީހުން ތިބީ ކޮވިޑް ވެކްސިން ނުޖަހަ އެވެ.

ޝަންހާއީގެ އޮފިޝަލުން ބުނާ ގޮތުގައި އެ ސިޓީގެ އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ އެންމެ 38 ޕަސެންޓް މީހުންނެވެ.

މިހާރު އެ ސިޓީގެ އޮފިޝަލުން ތައްޔާރު ވަނީ އަނެއްކާވެސް ހުރިހާ ރައްޔިތުން ޓެސްޓު ކުރުމަށެވެ. އެހެންކަމުން ހަތަރު ވަނަ ހަފްތާއަކަށް ލޮކްޑައުން ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ.

މިއަދާ ހަމައަށް ވެސް ޗައިނާއިން ބުނަމުން ދިޔާއީ ޝަންހާއީގައި ކޮވިޑް ޖެހިގެން އެއްވެސް މީހަކު މަރު ނުވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ.

ޝަންހާއީގައި ހަރުކަށި ލޮކްޑައުނެއް ތަންފީޒު ކުރާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފަ އެވެ. ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފަ އެވެ.

ގިނަ އަދަދެއްގެ ކޭސް ފެނުނު ނަމަވެސް، ސީރިއަސް ކޭސްތައް މަދުވުމާ އެކު އެހާ ހަރުކަށި ލޮކްޑައުނެއް ތަންފީޒު ކުރުމުގެ ބޭނުމާ މެދު އާއްމުން ދަނީ ސުވާލު ކުރަމުންނެވެ.

ފިޔަވަޅުތައް ހަރުކަށިވުމާއި ކާބޯތަކެތި ހުސްވަމުން ދާތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުން ދެ އެވެ. ތަކެއްޗަށް އޯޑަރު ދިނުމުން ގެޔަށް ޑެލިވާ ކުރަނީ ސަރުކާރުގެ މުވައްޒަފުންނެވެ.

ނަމަވެސް މުވައްޒަފުން އެކަށީގެންވާ މިންވަރަށް ނެތުމުން، ފެނާއި ކާބޯތަކެތީގެ އޯޑަރު ގެތަކަށް ޑެލިވާ ކުރުމުގައި ލަސްތައް ކުރިމަތިވަމުންދާ ކަމަށް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox