ރަށު ނޯޓު: ފ.ނިލަންދޫ

ފ. ނިލަންދޫ: ހިރިގަލު ވަޑާމުގައި ދިވެހިންގެ ފަންނުވެރިކަން ފެންނަ ބިނާތައް ހުރި ރަށެއް. -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓް

ފ. ނިލަންދޫ: ހިރިގަލު ވަޑާމުގައި ދިވެހިންގެ ފަންނުވެރިކަން ފެންނަ ބިނާތައް ހުރި ރަށެއް. -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓް

ހިރިގަލު ވަޑާމުގައި ދިވެހިންގެ ފަންނުވެރިކަން ފެންނަ ބިނާތައް ރާއްޖޭގައި އެބަހުއްޓެވެ. އެ ހުނަރަކީ ދިވެހިން ވާރުތަކުރި ހުނަރެކެވެ. އެކަމުގެ ހެއްކަކަށް ފ.ނިލަންދޫ އާސާރީ މިސްކިތް ފުދެ އެވެ. އެ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްކިތެކެވެ. މިސްކިތް އިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. ބުނެވޭ ގޮތުގައި މި މިސްކިތް ބިނާކުރެވުނީ ރާއްޖެ އިސްލާމްވުމާއެކު ދަރުމަވަންތަ މަހާރަދުންގެ އަމުރުފުޅަށެވެ. އެހެންވީމާ މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ.

ނިލަންދެ އަތޮޅު އުތުރުބުރީ ވެރިކަންކުރާ ނިލަންދޫއަކީ ބޮޑުމިނުގައި 56.2 ހެކްޓަރު ހުރި ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެލް-6 އެވެ.

ރަށުގެ ބޮޑުމިނާ އަޅާބަލާއިރު ރަށުގައި އޮތީ ހެޔޮވަރުގެ އާބާދީއެކެވެ. އާބާދީގައި 2014 ވަނަ އަހަރު 1548 މީހުން ތިބިއިރު 2017 ވަނަ އަހަރު ތިބީ 2133 އެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިހާރު ރަށުގެ އާބާދީއަކީ 2302 އެވެ. އެއީ 1135 އަންހެނުންނާއި 1135 ފިރިހެނުންނެވެ. ރަށުގެ ރަށްވެހިންގެ ތެރެއިން މިހާރު ރަށުގައި ދިރިއުޅެނީ 1800 އެއްހައި މީހުންނެވެ.

Advertisement

ރަށުގައި މައިގަނޑު އިގްތިސާދީ މަސައްކަތަކަށް އޮތީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ކޮންސްޓްރަކްޝަންސް މަސައްކަތާއި ސަރުކާރުގެ ވަޒީފާތައް އަންނަނީ އޭގެ ފަހަށެވެ. ނިލަންދޫގެ ދަނޑުވެރިކަމުގެ މަސައްކަތް ފަށައިގަނެވުނުއިރު އެއީ ކާމިޔާބު މަސައްކަތަކަށް ނުވި އެވެ. އެހެންވެ، އެތައް އަހަރެއް ވަންދެން އެ މަސައްކަތް ޒާތަކަށް ހުއްޓިފައިވެސް އޮތެވެ. އަލުން މަސައްކަތް ހިނގައިގަތީ ނުވަދިހައިގެ ފަހުކޮޅު، ރަށްކުރިއަރުވާ ކޮމިޓީން އިސްނަގައިގެން، ތޮއްޑޫގެ ދަނޑުވެރިޔަކު ގެނެސް ނިލަންދޫގެ ގިނަ ބަޔަކަށް ދަނޑުވެރިކަމުގެ މައުލޫމާތުދީ ހޭލުންތެރި ކުރުވައިގެންނެވެ.

އާންމު ވިޔަފާރިކުރާ 35 ފިހާރައެއް މިރަށުގައި ހިންގަ އެވެ. ކެފޭ ރެސްޓޯރަންޓްގެ ގޮތުގައި ހުރީ ދިހަ ތަނެކެވެ. މި ވަގުތު ރަށުގައި ތިން ގެސްޓްހައުސްއެއް ހިންގަމުންދާއިރު އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް މަސައްކަތް ކުރެވެމުން އެބަ ދެއެވެ. އެ ނޫން މަސައްކަތްތަކަށް ބަލާއިރު މި ރަށުގައި ދެ ސެލޫނަކާއި ތިން ބޭކަރީ އެބަ ހިންގަ އެވެ.

މި ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ސާފު ބޯފެން ނުލިބުމުގެ މައްސަލަ އެވެ. ރަށުގެ މަގުތައް ހަދާފައި ނެތުމުން ވިއްސާރަ މޫސުމުގައި އުފުލަންޖެހޭ ތަކުލީފު ބޮޑެވެ.

ނިލަންދޫގައި މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކަށް ބަލާއިރު ފެނާއި ނަރުދަމާގެ މަޝްރޫއު ދަނީ ހިނގަމުންނެވެ. އެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާއިރު އެ މަޝްރޫއު މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. ރަށުގައި މަސް ފެކްޓްރީއެއް އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ އޮތީ ނިންމާލާފަ އެވެ. މި މަޝްރޫއުއަކީ މަސްވެރި ރައްޔިތެއް ދިރިއުޅޭ މި ރަށުގެ އިގްތިސާދަށް ލިބޭނޭ ބޮޑު ކުރިއެރުމެކެވެ.

ނިލަންދޫގެ ކުރީގެ މިސްކިތް -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓް
ނިލަންދޫގެ ކުރީގެ މިސްކިތް -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓް

ނިލަންދޫގެ ކުރީގެ މިސްކިތް -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓް

ނިލަންދޫގައި ފުލުހުންގެ މަރުކަޒަކާއި ފެމިލީ އެންޑް ޗިންޑްރަންސް ސަރވިސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އޮތީ އެވޯޑުކުރެވިފަ އެވެ. މިރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ޕްލޭން ކުރެވިފަ އެވެ. ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

މިރަށުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ތައުލީމަށް ދޭ އަހައްމިއްޔަތެވެ. ގައުމެއް ކުރިއަރައިދާނީ ތައުލީމީ ހޭލުންތެރި ޖީލެއް ބިނާކުރެވިގެންކަން އެއީ މިރަށުގެ ގަބޫލުކުރުމެވެ. 2019 ވަނަ އަހަރު އޯލެވެލްގައި މުޅި ރާއްޖެއިން އެއްވަނަ ހޯދި ހާޝިމް އިބްރާހީމް އަކީ ނިލަންދޫގެ ފަހުރެކެވެ. އޭނާ މި ފަހުރުވެރި ކާމިޔާބީ ހޯދީ ފ. ނިލަންދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން ކިޔަވައިގެންނެވެ.

ފ.އަތޮޅު ތައުލީމީ މަރުކަޒު ހުޅުވުނީ 1986 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މިތަން ހުޅުވައިދެއްވީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ މުހައްމަދު ޒާހިރު ހުސައިން އެވެ. އެ ސުކޫލުގައި ސާނަވީ ތައުލީމް ތައާރަފް ކުރެވުނީ އޭހެ 10 އަހަރު ފަހުން 1996 ވަނަ އަހަރު އެވެ. ޖީސީ އޯލެވެލް އިމްތިހާނުގައި ފުރަތަމަ ފަހަރަށް އެ ސުކޫލުން ބައިވެރިވެފައިވަނީ 1998 ވަނަ އަހަރު އެވެ. އެފަހަރު 7 ދަރިވަރަކު އެއިމްތިހާނުގައި އިށީދެފައި ވެއެވެ.

ހަމައެކަނި ތައުލީމެއް ނޫނެވެ. ކުޅިވަރުގެ މައިދާނުގައިވެސް ނިލަންދޫ ވަރުގަދަ އެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިލަންދޫ ޓީމު ދެއްކި ކުޅުމުން އެކަން ސާބިތުވާނެ އެވެ. ރާއްޖޭގެ އެންމެ ދުވަސްވީ، އަދި އެންމެ ކާމިޔާބު ފުޓުބޯޅަ ޓީމު، ވިކްޓްރީ ސްޕޯޓްސް ކްލަބް 4-1 އިން ބަލިކުރި މެޗަކީ ތާރީހުގައި ލިޔެވިގެންދިޔަ މެޗެކެވެ.

ނިލަންދޫ ފުޓުބޯޅަ ދަނޑު ފެންނަ ގޮތަށް މަތިން ނަގާފައިވާ ޑްރޯން ފޮޓޯއެއް. -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓް
ނިލަންދޫ ފުޓުބޯޅަ ދަނޑު ފެންނަ ގޮތަށް މަތިން ނަގާފައިވާ ޑްރޯން ފޮޓޯއެއް. -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓް

ނިލަންދޫ ފުޓުބޯޅަ ދަނޑު ފެންނަ ގޮތަށް މަތިން ނަގާފައިވާ ޑްރޯން ފޮޓޯއެއް. -- ފޮޓޯ: ކަޒިންސް ޕޯޓްރެއިޓް

ނިލަންދޫގައި އޮންނަ "ފޯއްމަތި" ނަމަކަށް ކިޔާ އާސާރީ ސަރަހައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ގަރުނުގައި އިމާރާތްކޮށްފައި ހުރި ވޭރެއްކަން އެނގިފައި ވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއް ފެންވަރުގެ ދާދި އެއް ވައްތަރެއްގެ ތަކެއްޗެވެ. އަދި ރަށުގެ އާސާރީ ސަރަހައްދުގައި މިހާރުވެސް ފެންނަންއޮތް ވެލި ފުންޏަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައި ހުރިތަނެވެ. ރަށުގެ ދުވަސްވީ މީހުން ބުނާ ގޮތުން ކުރީގައި އެވެލިފުނި ވަރަށް އުސްކޮށް އޮވެ އެވެ. މިހާރު އެތަން ތިރިކޮށް އޮތީ، އެ ތަނަކީ އާސާރީ ތަނެއްކަން ނޭނގޭއިރު، އެކި ބޭނުންތަކަށް އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުންނެވެ. ރަށުގެ އާސާރީ ސަރަހައް ދޭ މި ކިޔާ ސަރަހައްދަކީ ބޮޑުމިނުގައި 110،732.74 އަކަ ފޫޓު ހުރި ސަރަހައްދެކެވެ. އާސާރީ މިސްކިތުގެ އިތުރުން، އެ ޒަމާނުގައި ބޭނުންކޮށްއުޅުނުކަމަށް ބެލެވޭ ވެވެއް ވެސް މިސަރަހައްދުގައި އެބަހުއްޓެވެ. އެކަށީގެންވާ ގޮތުގައި ރަނގަޅު ދިރާސާތަކެއް ކުރެވިއްޖެނަމަ މި ސަރަހައްދުން އިތުރު އާސާރުތައް ފެންނާނެކަމަށް ބެލެވެ އެވެ.

ސަގާފަތާއި ތައުލީމާއި ތާރީހަށް ބަލާއިރު ވެސް ނިލަންދޫއަކީ މުއްސަނދި ރަށެކެވެ. ރަށުގައި އޮތް އަމާންކަމާއި އެކުވެރިކަމަކީ އެރަށުގައި ދިރިއުޅެނީ ތަންދޮރުފިލާފައިތިބި ތަހުޒީބު ރައްޔިތެއް ކަމުގެ ލިސާނެވެ. ދަނޑުވެރިކަމުގެ މަސައްކަތް އުނގެނި އެ މަސައްކަތުގައި ކުރިއަރައިދިޔަ ގޮތަކީ އިލްމާއިއެކު ހިލްމަށް ނިލަންދޫއިން ދޭ އަހައްމިއްޔަތު ދައްކުވައިދިން ކަމެކެވެ. މިއީ މީހުން މީހުންނަށް ހަދާ ރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox