ބޮޑު ތެޔޮ ޓޭންކަރެއް ޓިއުނީޝިއާ ކައިރިން އަޑިއަށް ހިނގައްޖެ

ތެޔޮ ޓޭންކަރެއް އަޑިއަށް ދަނީ. -- ފައިލް ފޮޓޯ: ޑެއިލީ ސަން

ތެޔޮ ޓޭންކަރެއް އަޑިއަށް ދަނީ. -- ފައިލް ފޮޓޯ: ޑެއިލީ ސަން

ގާތްގަނޑަކަށް 750 ޓަނުގެ ޑީސެލްއާ އެކު މިސްރުން ފުރައިގެން މޯލްޓާއަށް ދަތުރު ކުރަމުން ދިޔަ ޓޭންކަރެއް ޓިއުނީޝިއާގެ އިރުދެކުނު އައްސޭރިފަށާ ދިމާލުން އަޑިއަށް ހިނގައްޖެ އެވެ.

"ބޯޓު އަޑިއަށް ދިޔައީ ހޮނިހިރު ދުވަހު ހެނދުނު. މި ވަގުތަށް އެއްވެސް ލީކެއް ނެތް،" ޓިއުނީޝިއާގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ ކާރިސާއެއް ކުރިމަތިވެދާނެތީ އަވަސް ފިޔަވަޅު އެޅުމަށް ހާއްސަ ކޮމިޓީއިން ބައްދަލުވުމެއް ބާއްވައި، އަޅާނެ ފިޔަވަޅުތަކާ މެދު ގޮތް ނިންމާނެ ކަމަށެވެ.

އަޑިއަށް ދިޔައީ އިކުއެޓޯރިއަލް ގިނީގެ ދިދައާ އެކު ދަތުރު ކުރި ޒެލޯ ނަމަކަށް ކިޔާ ޓޭންކަރެކެވެ. އޭތި ދަތުރު ފެށީ މިސްރުގެ ޑެމިއެޓާ ބަނދަރުން، ޔޫރަޕްގެ މޯލްޓާއަށް ދިޔުމަށެވެ.

އެ ޓޭންކަރު ޓިއުނީޝިއާގެ ސަރަހައްދަށް ވަންނަން ހުކުރު ދުވަހުގެ ހަވީރު ހުއްދައަށް އެދުނީ މާ ބޮޑަށް މޫސުން ގޯސްވުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓޭންކަރުގައި ތިބި ހަތް ފަޅުވެރިން ސަލާމަތްކޮށްފައިވާ އިރު ހާލަތު ވަޒަން ކުރުމަށް އެންވާރަމަންޓް މިނިސްޓަރު ލެއިލާ ޗިކައުއީ އެ ސަރަހައްދަށް ވަޑައިގަންނަވާނެ އެވެ.

ޓިއުނީޝިއާއާ ގުޅޭ ކަނޑުމަތީގެ ބޮޑު ހާދިސާއެއް އެންމެ ފަހުން ހިނގީ އޮކްޓޯބަރު 2018 ގަ އެވެ. އެ ފަހަރު ޓިއުނީޝިއާގެ މަނަވަރު ޔުލިސޭ އާއި ސައިޕްރަސްގެ މަނަވަރު ވާޖިނިއާ ޖެހި، ފްރާންސްގެ ކޯސިކާ ރަށް ކައިރިން އެތައް ސަތޭކަ ޓަނުގެ ތެޔޮ މެޑިޓެރޭނިއަން ކަނޑަށް އެޅުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox