މެންޗެސްޓާ ސިޓީ ކަޓުވާލައި ލިވަޕޫލް އެފްއޭ ކަޕް ފައިނަލަށް

Apr 16, 2022, 4:32 PM
މެންޗެސްޓާ ސިޓީ ކަޓުވާލައި ލިވަޕޫލް އެފްއޭ ކަޕް ފައިނަލަށް

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ 3-2 އިން ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ.

މިއީ މިދިޔަ 10 އަހަރު ތެރޭ ލިވަޕޫލުން އެފްއޭ ކަޕް ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ފަހަރު ލިވަޕޫލުން ވަނީ ޗެލްސީ އަތުން 2-1 އިން ބަލިވެފަ އެވެ. މި ފަހަރުގެ ފައިނަލުގައި ލިވަޕޫލާ ކުޅެން ޖެހޭ ޓީމެއް އެނގޭނީ މާދަމާރޭ ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗަށް ފަހު އެވެ. ފައިނަލް ކުޅޭނީ އަންނަ މަހު 14 ވަނަ ދުވަހުގެރޭގަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލަށް ސިޓީން ނުކުތީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން ޗެމްޕިއަންސް ލީގު މެޗުގައި އެތުލެޓިކޯ މެޑްރިޑާ އެކު ކުޅެނިކޮށް އަނިޔާވެގެން ބަދަލުކުރި ކައިލް ވޯކާ ސްކޮޑުގައި ވެސް ނުހިމެނޭއިރު، ކެވިން ޑި ބްރޭނާ އިނީ ބެންޗުގަ އެވެ. ފުރަތަމަ އެގާރަ އަށް ބަލާއިރު، ސިޓީން ވަނީ ފެނާންޑީނިއޯ، ނޭތަން އަކޭ އަދި ދެ ވަނަ ގޯލްކީޕަރު ޖެކް ސްޓެފެން އަށް ފުރުސަތު ދީފަ އެވެ.

ފުރަތަމަ މިނިޓުން ފަށައިގެން ލިވަޕޫލްގެ ޕްރެސިން ގޭމް ފެނުުނުއިރު، ސިޓީގެ ޖެކް ގްރީލިޝް އަށް ވަނީ އެ ޓީމަށް ލީޑުނަގައިދޭން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ގްރީލިޝް ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.

ލިވަޕޫލުން ވަނީ ނުވަ ވަނަ މިނިޓްގައި ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މިއީ އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ކޮނާޓޭ ބޮލުން ޖެހި ގޯލެކެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ލެގުގައި ވެސް ކޮނާޓޭ ވަނީ ގޯލު ޖަަހައިފަ އެވެ. އެއީ ވެސް ކޯނަރުން ލިބުނު ފުރުސަތުތަކުން ބޮލުންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި ސިޓީގެ ކީޕަރު ސްޓެފެން ހެދި ބޮޑު ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ ސަޑިއޯ މާނޭ ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. ސްޓެފެން ފައި ކައިރީގައި އޮތް ބޯޅައެއް ފޮނުވާލުން ލަސްކޮށްލުމުން މާނޭ ވަނީ ޓެކަލްކޮށްފައި، ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ސިޓީގެ ކީޕަރު ސްޓެފަން (ވ) ހެދި ގޯހެއްގެ ފައިދާނަގައި މާނޭ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ އެޓޭކިން ކުުޅުންތެރިންގެ ފަރާތުން ދަށް ކުޅުމެއް ފުރަތަމަ ހާފުގައި ފެނުނުއިރު، ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 45 ވަނަ މިނިޓްގައި ތިއާގޯ އަލްކަންޓާރާގެ މޮޅު ކުޅުމާ އެކު ތަނަވަސްކުރި ފުރުސަތަކުން މާނޭ ވަނީ ވޮލީ އަކުން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ސިޓީން ވަނީ ދެ މިނިޓް ތެރޭގައި ގޯލެއް ޖަހައި، އުންމީދެއް ހޯދައިފަ އެވެ. މިއީ މެޗުގެ 47 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ދިން ބޯޅައަކުން ޖެކް ގްރީލިޝް ޖެހި ގޯލެކެވެ. ސިޓީން ދެ ވަނަ ގޯލެއް ޖަހަންކުރި މަސައްކަތުގައި މެޗުގެ 70 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ޖީސޫސް އަށް ލިބުނެވެ. މުޅިން ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖީސޫސް ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލަށް ހަތަރު ވަނަ ގޯލެއް ޖަހަން، މެޗުގެ 73 ވަނަ މިނިޓްގައި ހުސް ފުރުސަތެއް ލިބުނެވެ. ސިޓީގެ އޮލެކްސަންޑަ ޒިންޗެންކޯ ފަަހަތަށް ޖައްސާލި ބޯޅައެއް ހޯދައި ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ސިޓީން ދެ ވަނަ ގޯލެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓް ތެރެއިން ފުރަތަމަ މިނިޓްގަ އެވެ. މިއީ ބަދަލަކަށް އެރި ރިޔާދު މާރޭޒް ދިން ބޯޅައަކުން ބެނާޑޯ ސިލްވާ ޖެހި ގޯލެކެވެ. ސިޓީ އަށް އެއްވަރުކޮށްދޭން ފެނާންޑީނިއޯ ޖެހި ބޯޅައެއް ހުރަސްދަނޑިމަތިންދިޔައިރު، ސްޓާލިން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު އެލިސަން އަތަށެވެ.

އެފްއޭ ކަޕުން ކެޓުމާ އެކު ސިޓީން ތިން ތަށި ހޯދަން ކުރި މަސައްކަތަށް ނިމުން އައީ އެވެ. ސިޓީ އަށް ދެން އޮތީ އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގު ސެމީގައި ސިޓީ ކުޅޭނީ ރެއާލް މެޑްރިޑާ އެވެ. ލިވަޕޫލުން މި ސީޒަނުގައި ހަތަރު ތަށި ހޯދަން މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް ވަނީ ޗެލްސީ ބަލިކޮށް ލީގު ކަޕް ކާމިޔާބުކޮށްފަ އެެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލުން ވިޔަރެއާލާ ކުޅޭއިރު، އެފްއޭ ކަޕް ފައިނަލަށް މި ވަނީ ދަތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox