ފިލިޕީންސް ތޫފާނުގައި މަރުވި މީހުންގެ އަދަދު 167 އަށް އަރައިފި

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ގިނަ ގެތަކަށް ވަނީ ފަސް އެޅިފައި.

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ގިނަ ގެތަކަށް ވަނީ ފަސް އެޅިފައި.

މިދިޔަ އާދީއްތަ ދުވަހު ފިލިޕީންސްއަށް އެރި ތޫފާން މެގީގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 167 އަށް އަރައިފި އެވެ.

ނޭޝަނަލް ޑިޒާޒްޓާ އެޖެންސީން ބުނީ އިތުރު 100 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށާއި 1.9 މިލިއަން މީހުންނަށް ތޫފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ފިލިޕީންސްގެ މެދުތެރޭގައި އޮންނަ ލެއިޓޭ ޕްރޮވިންސްގެ ބޭބޭ ސިޓީ ވަށައިގެންވާ އަވަށްތަކަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. އެގޮތުން ބައެއް އަވަށްތައް އެއްކޮށް ފަސްއެޅިފައިވާ ކަމަށް ވެ އެވެ.

ނޭޝަނަލް ޑިޒާޒްޓާ އެޖެންސީން ބުނީ އެ ސަރަހައްދުގެ އިތުރުން ދެކުނު ޑަވާއޯ، މިންޑަނާއޯ އަދި މެދުތެރޭގައި އޮންނަ ނެގްރޯސް އޮރިއެންޓަލްސް ޕްރޮވިންސުން ވެސް މީހުން މަރުވި ކަމަށެވެ.

ގަޑިއަކު 65 ކިލޯމީޓަރުގެ ގަދަވަޔާ އެކު ތޫފާން އެރުމުން ގިނަ ބަޔަކު ވަނީ ގެތައް ދޫކޮށް ވަގުތީ ހިޔާތަކާއި ބިން އުސް ހިސާބުތަކަށް ބަދަލުވެފަ އެވެ.

ކޯސްޓްގާޑުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި. -- ފޮޓޯ: ރޮއިޓާޒް
ކޯސްޓްގާޑުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި. -- ފޮޓޯ: ރޮއިޓާޒް

ކޯސްޓްގާޑުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި. -- ފޮޓޯ: ރޮއިޓާޒް

ފިލިޕީންސްގެ ކޯސްޓްގާޑުން އާއްމުކުރި ފޮޓޯތަކުން ފެންނަނީ އަނިޔާވެފައިވާ މީހުން ފެންގަނޑުގެ ތެރެއިން ސްޓްރެޗަރަށް ލައިގެން ބޯމަތިން އުފުއްލާލައި ގެންދާ މަންޒަރެވެ.

ތޫފާނުގެ އަސަރު އަންގާރަ ދުވަހު ކުޑަ ވާން ފެށި ނަމަވެސް، މެދުކެނޑުމެއް ނެތި ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސް އެޅުނެވެ.

ފިލިޕީންސްއަށް ކޮންމެ އަހަރަކު ވެސް އެވްރެޖުކޮށް 20 ތޫފާން އަރަ އެވެ. ތޫފާން މެގީއަކީ މި އަހަރު އެ ގައުމަށް ކުރިމަތިވި އެންމެ ފުރަތަމަ ތޫފާނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox