ކޮވިޑް ލޮކްޑައުންގައި އޮތް ޝަންހާއީގައި އާއްމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައިފި

އާއްމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓް.

އާއްމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓް.

ކޮވިޑް ފެތުރޭތީ ލޮކްޑައުންކޮށްފައިވާ ޗައިނާގެ ޝަންހާއީ ސިޓީގައި އާއްމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯ އާއްމުވެއްޖެ އެވެ.

ޝަންހާއީ ސިޓީ ތިން ވަނަ ހަފްތާއަކަށް ލޮކްޑައުންކޮށްފައިވާ އިރު، ބައެއް އާއްމުން ގަދަކަމުން ގެތަކުން ނެރިގެން ގެންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާއްމުން ދިރިއުޅޭ ބައެއް އިމާރާތްތައް ކަރަންޓީން ސެންޓަރުތަކަށް ދަނީ ބަދަލު ކުރަމުންނެވެ.

ޝަންހާއީގައި އެތައް މިލިއަން މީހުން ގޭގައި ބަންދުވެފައިވާ އިރު، ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހަކު ހުންނަން ޖެހެނީ ކަރަންޓީނުގަ އެވެ.

އެކަމަކު ކޮންމެ ދުވަހަކު ވެސް އެ ސިޓީއިން 20،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން ދާތީ، ކަރަންޓީނުގައި މީހުން ބަހައްޓާނެ ޖާގައިގެ ދަތިކަން އެބަ އޮތެވެ.

މައުރަޒުތައް ބާއްވާ ސެންޓަރުތަކާއި ސްކޫލްތަކުގައި ކަރަންޓީން ސެންޓަރު ގާއިމްކޮށްފައިވާ އިރު، ކޮވިޑަށް ހާއްސަ ވަގުތީ ހޮސްޕިޓަލްތައް ވެސް ވަނީ އަޅާފަ އެވެ.

ގިނަ އަދަދެއްގެ ކޭސް ފެނުނު ނަމަވެސް، ސީރިއަސް ކޭސްތައް މަދުވުމާ އެކު އެހާ ހަރުކަށި ލޮކްޑައުނެއް ތަންފީޒު ކުރުމުގެ ބޭނުމާ މެދު އާއްމުން ދަނީ ސުވާލު ކުރަމުންނެވެ.

ފިޔަވަޅުތައް ހަރުކަށިވުމާއި ކާބޯތަކެތި ހުސްވަމުން ދާތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުން ދެ އެވެ. ތަކެއްޗަށް އޯޑަރު ދިނުމުން ގެޔަށް ޑެލިވާ ކުރަނީ ސަރުކާރުގެ މުވައްޒަފުންނެވެ.

ނަމަވެސް މުވައްޒަފުން އެކަށީގެންވާ މިންވަރަށް ނެތުމުން، ފެނާއި ކާބޯތަކެތީގެ އޯޑަރު ގެތަކަށް ޑެލިވާ ކުރުމުގައި ލަސްތައް ކުރިމަތިވަމުންދާ ކަމަށް ވެ އެވެ.

ޝަންހާއީގައި ހިންގާ މުހިއްމު 660 ކުންފުންޏެއްގެ މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދެވޭނެ ގޮތް މަގުފަހި ކުރުމަށް ސަރުކާރުން ހާއްސަ ޓީމުތަކެއް ވަނީ ފޮނުވާފަ އެވެ.

ޗައިނާގައި ތަކެތި އުފެއްދުމުގެ ސިނާއަތް ވަގުތީ ގޮތުން ހުއްޓުމަކަށް އައުމުގެ ބިރު އެބަ އޮތެވެ. އެއީ ޝަންހާއީގެ ކުންފުނިތަކުގެ މަސައްކަތް ހުއްޓިފައި ވާތީ ބޭނުންވާ މުހިއްމު ސާނާމު ނުލިބޭނެ ކަމަށް ބެލެވޭތީ އެވެ.

ގިނަ ގައުމުތަކުން ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއިދީފައިވި ނަމަވެސް، ޗައިނާއިން ތަންފީޒު ކުރަނީ "ޒީރޯ ކޮވިޑް" ގެ ސިޔާސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox