ވާގޮތް: ދެދުވަހެއްގެ ތެރޭ ކެޔޮގަނޑު އެއްކޮށް ދޮންކޮށްލާނީ މިހެން!

ވާގޮތް: ދެދުވަހެއްގެ ތެރޭ ކެޔޮގަނޑު އެއްކޮށް ދޮންކޮށްލާނީ މިހެން!

އިހުގައި ދޮންކޭލަކީ އެއާ ނުލައި ޖާފަތެއް ފުރިހަމަނުވާ މޭވާ އެކެވެ. ކައިވެނީގެ ވަލީމާތަކާއި ކުދިންނަށް ނަންކިއުމުގެ އުފަލުގައި ތައްޔާރުކުރާ ކޭންތަކާއި ދަރިން ޤުރުއާން ޚަތިމްކުރީމާ ތައްޔާރުކުރާ ކޭންތަކުގައި ވެސް ދޮންކެޔޮ ހުންނަން ޖެހެ އެވެ. އޭރުގައި އެކަންކަމަށް ބޭނުންކުރަމުން އައީ މުޅީންވެސް ރާއްޖޭގައި ހައްދާ އެކި ބާވަތްތަކުގެ ފަތްކޭލެވެ. ބޮންތިރަތްކޭލާއި ފުސްބޮންތި ރަތްކޭލެވެ.

ކޮންމެ ކޭމެއް ބާއްވަން ގަސްދުކުރާ ދުވަހުގެ ދެދުވަހެއް ކުރިން ގޭގެ ފިރިހެނުން އެންމެ ފަރުވާތެރިކަމާ އެކު ކުރާނެ އެއް ކަމަކީ ކޭމަށް ބޭނުންވާ ކެޔޮ ދޮންކުރުމުގެ ތައްޔާރީ އެވެ. އެކަމަށް އޮތް ކަމަށް އޭރުގައި ދެކޭ އެންމެ އަވަސް މަގަކީ ކެޔޮގަނޑު ވަޅުލުމެވެ. ވަޅުލުމޭ ބުންޏަސް އެއީ ހަމަ ވަޅުގަނޑެެއް ކޮނެފައި ވަޅުލުމެއް ނޫނެވެ. އެއީ ވަކި ތަރުތީބަކުން މޮޅަށް ކުރާ ކަމެކެވެ.

ދޮންކުރަން ކެޔޮވަޅުލަން ބޭނުންކުރާނީ ކުރުނބަލުގެ ފިއްސާއި ކެޔޮގަހުގެ ފަތެވެ.

ކުރުނބަލުގެ ފިއްސޭ މިތާނގައި މިކިޔަނީ ކުރުނބާ މެށީމާ ހުންނަ ފިހީގެ ވާހަކަ އެވެ. އެކަމަކު ކޮންމެ ފަހަރަކު ކެޔޮދޮންކުރުމަށް ޓަކައި ކުރުނބާ އިހަލެއް މަށައިގެން ބޯކަށް ނުޖެހެ އެވެ. މީދާކައިގެންނާއި ވަނދުވެގެން ރުއްތައް ދަށަށް ފައިބާފައި ހުންނަ ރޯ އުނބުވެސް އެކަމަށް ފުދެ އެވެ. މީދާ ކޭ އުނބެއް ނަމަ މީދާކޭ ހިސާބާ ދުރުން މަށާލައިގެން ފިހި ނަގާނީ އެވެ. ދެން އެއްކުރާނީ ރަނގަޅަށް ހިކިފައި އެކަމަކު ފީނުވެ ހުންނަ ކެޔޮފަތެވެ. ތާހިރުކަން އާއްމު މިންވަރަށް ވުރެ ތަންކޮޅެއް މަތީގައި ގެންގުޅޭ މީހުން އެފަތްތައް ދޮވެވެސް ލާނެ އެވެ.

ފިއްސާއި ކެޔޮފަތް އެއްކުރުމަށް ފަހު ދެން އޮންނާނީ ވަޅު ތައްޔާރުކުރުމެވެ.

ވަޅު ތައްޔާރުކުރުން

ގޯތި ތެރެއިން ނުވަތަ ހޭޅިމަތިން ރަނގަޅު ތަނެއް ބަލައި ވަޅުކޮންނާނީ އާއްމުގޮތެއްގައި ނާށިންނެވެ. އެހެނީ އެއީ އުދަލިން ކޮނެވޭ ވަރަށް ވުރެ ތަންކޮޅެއް ހިމަކޮށް ހުންނަން ޖެހޭ ވަޅެކެވެ. ކެޔޮގަނޑަށް ވުރެ ފުޅާވާނީ ކުޑަތަންކޮޅެކެވެ. އެއް ބަޔަކު ވަޅުތައް ތައްޔާރުކުރާ އިރު އަނެއް ބަޔަކު ކުރާނެ ކަމަކީ ކެޔޮއަރިތަކާއި ކެޔޮވައްތަކުގެ ދެމެދުގައި ހުރިނަމަ ހުރި ހުސްތަންތަނަކަށް ފިހި ޖެހުމެވެ. އެހެންވީމާ ވަޅުތައްުޔާރުކޮށް ނިމޭ އިރު ކެޔޮގަނޑުތައް ހުންނާނީ ތައްޔާރުކޮށް ނިމިފަ އެވެ.

ކެޔޮގަނޑުގެ ބައްޓަމާ ދާދި އެއް ސިފަޔަކަށް ކޮނެފައިވާ ވަޅުތަކުގައި ކެޔޮފަތްތައް ޖަހާނީ ކެޔޮގަނޑަށް ވެލީގެ އަސަރު ނުކުރާނެހެން އެއްފަތްގަނޑު މައްޗަށް އަނެއްފަތްގަނޑު އަރުވައި ފައްތަރުކުރަމުންނެވެ. އެއަށް ފަހު ވަޅުތަކުގެ ފުލުގައިވާ ފަތްގަނޑުގެ މައްޗަށް ވެސް އަޅާނީ ފިިއްސެވެ. މަޑުމަޑުން ކެޔޮގަނޑުތައް ވަޅުތަކަށް ތިރިކުރީމާ ބާކީ އޮތްހާ ޖާގައަކަށް އަނެއްކާވެސް އަޅާނީ ފިއްސެވެ. އެއަށް ފަހު ކެޔޮގަނޑުގެ މަތިންވެސް އަނެއްކާ ފަތް އަޅައި ނިވާކޮށްލާނީ އެވެ. ކެޔޮވަޅަށް ވެލިއަޅައި ބައްދާލާނީ އެއަށް ފަހުގަ އެވެ. ދެން ކެޔޮވަޅުތައް ފާހަވާނެހެން މަތީގައި ދަނޑިކޮޅެއް ޖަހައިލާނެ އެވެ. އެކަމަށް ބައެއް ފަހަރު ގަލެއް ވެސް ބާއްވަ އެވެ.

ކެޔޮގަނޑުތައް ހުރިގޮތަށް ވަޅުލުމަކީ އާއްމު އުސޫލުކަމަށް ވިޔަސް، ބައެއް ފަހަރު އަރިތައް ވަކިކޮށްގެން ވެސް މިގޮތަށް ވަޅުލަ އެވެ.

ވަޅުލާފައިވާ ކެޔޮގަނޑުތައް ހުރިގޮތެއް އެންމެ އަވަހަށް ވެސް ބަލައިނާނީ ކޭން ކައްކާ ދުވަހުގެ ހެނދުނު އެވެ. ހަރުވެފައިވާ ކެޔޮގަނޑެއް ނަމަ އެހައިތަނަށް އޮންނާނީ މުޅީން ދޮންވެފަ އެވެ. ދޮންނުވެ ހުރެއްޖެއްޔާ ފުރަތަމަ ތުހުމަތު އަމާޒުވާނީ ކެޔޮކެނޑިމީހާ އެވެ. އޭނާ މާޅަކޮށް ކެނޑިކަމުގެ ތުހުމަތު އެޅޭނެ އެވެ. ނޫނީ ގޯސްވާނީ ފިއްސެވެ. މާބޮޑަށް ވަޅޯވެފައި ހުރި އުނބުތަކަކީ އެވެ. އެކަމަކު މިއީ ވަރަށް މަދުން ނޫނީ ކުރިމަތިނުވާ ހާލަތެކެވެ.

ބޮޑެތި ޖާފަތްތަކަށް މިހެން ކެޔޮ ދޮންކުރިޔަސް، ގޭގައި ހުންނަ ކެޔޮގަހެއްގައި ހަރުވާ ކެޔޮގަނޑެއް ގޭގެ އަހުލުވުވެރިން ކައިލުމަށް ޓަކައި ދޮންކުރާކަށް މިހާ މަސައްކަތެއް ނުކުރާނެ އެވެ. އެހާލަތުގައި ކުރާނެ ކަމަކީ ގޭތެރެއިން ރަނގަޅުތަނެއްގައި ކެޔޮގަނޑު އެލުވާފައި ރަނގަޅު ސުތުލިގޯންޏެއް ލުމެވެ.

ޒަމާނާ އެކީގައި މިކަހަލަ އާދަކާދަ މިހާރު ވަނީ ގާތްގަނޑަކަށް އުވިފަ އެވެ. ރާއްޖޭގައި ފަސޭހައިން ހެދޭ ފަތްކެޔޮވެސް މިހާރު ގިނައިން ގެންނަނީ އަވަށްޓެރި ގައުމުތަކުންނެވެ. ގޯތީގައި ރަނގަޅަށް ޖާގަ އޮންނަ އެތައް ގެއަކަށް ވެސް މިހާރު ގެންނަނީ އަވަށްޓެރި ގައުމަކުން ގެނެސް ފިހާރައިގަައި އެލުވައިލާފައި ހުންނަ ކެޔޮގަނޑަކުން އަރިއެއް ނުވަތަ ދެތިން އަރި އެވެ. އިހުގައި ވައް ގުނައިގެން ވިއްކާ އުޅުނު ކެޔޮ މިހާރު ވިއްކަނީ ކިލޯ ކިރައިގެންނެވެ. ދޮންކުރާކަށް ކަމެއް ނުކުރެ އެވެ. ބޯޓެއްގެ ވަތުން ކަސްޓަމްސް ރަހައްދުގެ އަވިގަނޑުން، ގުދަންތަކުން ފިހާރަތަކާ ހިސާބަށް ގެންދާ އިރު ކެޔޮ ހުންނަނީ ދޮންވެފަ އެވެ. އެހުރިހާ ތަނެއްގައި ދެމީމާ ދޮން ނުވެ ހުއްޓައި ގެއަށް ގެންދަން ލިބުނަސް ދޮންވާނެ އިރަކުން ދޮންވާން ހުންނާނީ ބަހައްޓައިފަ އެވެ.

މަތީގައި މިކިޔައިދިނީ 1980 އަހަރުތަކާއި 1990ގެ އަހަރުތަކުގައި ވެސް ގިނަ ރަށްތަކެއްގައި ކެޔޮދޮންކުރަން ކޮށް އުޅުނު މަސައްކަތެވެ. އެ މަސައްކަތް އެހެން ކުރާ ބަޔަކު މިހާރުވެސް ތިބެދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox