މި ރޯދަ މަހު ޗައިނާ ގާޑެންގެ ރޯދަ މެނޫ ގޭގެއަށް ގެންގޮސްދިނުން އޮތީ، ރެސްޓޯރެންޓުން ދުވަހަށް ހާއްސަކޮށްފައި އޮންނަ މެނޫ ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކޮށް ކާއެއްޗެހި ސެލެކްޓް ކުރެވޭ އޮޕްޝަން އާ އެކުގަ އެވެ. ހަރުކަށި މެނޫއެއް ދޫކޮށްލުމުގެ ބަދަލުގައި ވަފާތެރި 70،000 ކަސްޓަމަރުންގެ 'ލަޝްކަރެއް' އޮތް މި ރެސްޓޯރަންޓުގެ އަމާޒަކީ، މިދިޔަ 14 އަހަރު މެދުކެނޑުމެއް ނެތި ދިން މީރު ކާއެއްޗެހީގެ ރަހަތަކާއެކު، ހާސްކަން ކުޑަ، އުފާވެރި ހަނދާންތަކެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
"ރޯދަ ވީއްލާ ވަގުތު ކިޔޫއެއްގައި ޖެހިގެން ނުވަތަ ގިނަ މީހުންގެ ތެރޭގައި ތިބެގެން ރޯދަ ވީއްލަން ބޭނުން ނުވާ ކުދި އާއިލާ ތަކަށް ރޯދަ ވީއްލުން ސުފުރާއާ ހަމައަށް މި ގެންގޮސްދެނީ. އޯޑަރު ދީފި ނަމަ ޑެލިވަރީ ޓީމްގެ ސަތޭކަ ޕަސެންޓް ދެން ރޯދަ ވީއްލާ ވަގުތުގެ ކުރިއަށް ގޭގެއާ ހަމައަށް ރެސްޓޯރަންޓް ގައި ވެސް އެ ދޭ ސެޓަޕް ގައި އޯޑަރުކުރާ ކާއެއްޗެހި ފޯރުކޮށްދޭން،" ރެސްޓޯރަންޓްގެ ވެރިޔާ އަބްދުﷲ ޝަރީފް ބުންޏެވެ.
މާލޭގައި ހިންގާ ރެސްޓޯރަންޓް ތަކުގެ ތެރެއިން އެންމެ އަވަސް އެއް ޑެލިވެރީ ސިސްޓަމް އޮތް ރެސްޓޯރަންޓްގެ ޓާގެޓް މިހާރު ވެސް ގާތްގަނޑަކަށް ހާސިލްކުރެވިއްޖެ އެވެ. މި ރޯދަ މަހު ބްރެކްފާސްޓް އެ މީހުން ދެލިވަރީ ކޮށްދިނީ މާލެއަށް އެކަންޏެއް ނޫނެވެ.
ހުޅުމާލޭގައި ހުންނަ ޗައިނާ ގާޑެންގެ ރެސްޓޯރަންޓުންނާއި ކ.މާފުށީގައި ހުންނަ ޗައިނާ ގާޑެންގެ ރެސްޓޯރަންޓުން ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބްރެކްފާސްޓް ޑެލިވަރީ ކޮށްދީފައިވެ އެވެ.
ޗައިނާ ގާޑެންގެ ރޯދަ މެނޫގައި އޮންނަނީ ކޮންމެ ދުވަހަކަށް ހާއްސަ ޕެކޭޖެކެވެ.
ހަތް މީހުން ނުވަތަ ދިހަ މީހުން ހިމެނޭ އާއިލާ ތަކުން ވެސް އޯޑަރު ދޭންވީ. ޕެކޭޖު ނަގާއިރު ކަސްޓަމައިޒްކޮށް ނަގަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ދޭނަން،" ޝަރީފު ބުންޏެވެ.
އޭނާ ދިނީ ކާތަކެތި ތައްޔާރުކުރުމުގައި ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމުގެ ޔަގީން ކަމެވެ. ރަހަ މީރު ވާނެ ކަމުގެ ޔަގީން ކަމެވެ. ރޯދަ ވީއްލާ ހާއްސަ ވަގުތު، ގެނެވުނު ކާއެއްޗެހި ކަމު ނުގޮސްގެން މާޔޫސް ވާން ނުޖެހޭނެ ކަމުގެ ޔަގީން ކަމެވެ.
'މިތަނުގެ ބަދިގޭގެ ހެޑް ޝެފަކަށް އަދިވެސް ހުރީ ރެސްޓޯރަންޓް ހުޅުވަން ވެގެން ވެސް ގެނައި މީހާ. 2008 އިން ފެށިގެން ތަނުގައި ތިބި 70 ޕަސެންޓް މުވައްޒަފުންނަކީ އޭރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ މީހުން. އެހެންވީމަ ރަހައަކަށް، ކޮލިޓީ އަކަށް ހިދުމަތަކަށް ބަދަލެއް ނާންނާނެ،" ޝަރީފު ބުންޏެވެ.










