އުރީދޫ މަސް ރޭހުގެ ތާރީހު ބަދަލުކޮށްލީ ސްޓެލްކޯ އަންހެން މުވައްޒަފުންގެ ޓީމު

މަސް ރޭހުގެ ދެވަނަ ދުވަހުގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުންގެ ޓީމާއެކު ސައުދީ އެމްބެސެޑަރު (މ) އަދި އުރީދޫގެ އިސްވެރިން --- ފޮޓޯ: އުރީދޫ

މަސް ރޭހުގެ ދެވަނަ ދުވަހުގެ ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުންގެ ޓީމާއެކު ސައުދީ އެމްބެސެޑަރު (މ) އަދި އުރީދޫގެ އިސްވެރިން --- ފޮޓޯ: އުރީދޫ

އިއްޔެ ހަވީރު މަސްވެރިންގެ ޕާކް ސަރަހައްދުން އުރީދޫގެ ފޯރިގަދަ މަސް ރޭހަށް ފަސް ޓީމެއް ފުރިއިރު އެ ތަނުގައި "އަންޑަޑޯގު" ނުވަތަ މޮޅުވުމުގެ ޗާންސު އެންމެ ދަށް ބަޔެއްގެ ގޮތުގައި ތިބީ "ސްޓެލްކޯ ކަނބަލުން"ގެ ޓީމެވެ. ނަމަވެސް، މަސް ކިރައި ނިމި ނަތީޖާތަކަށް ބަލާލިއިރު ހީކުރި ގޮތާ ހިލާފަށް ދެވަނަ ދުވަހުގެ ޗެމްޕިއަންކަން ހޯދީ އެ ޓީމުންނެވެ.

މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދުމުގެ އިތުރުން އެ ޓީމުން މަސް ރޭހުގެ ތާރީހު ވެސް އިއްޔެ ބަދަލުކޮށްލީ އެވެ. މަސް ރޭހުގެ 11 ސީޒަން މިހާތަނަށް ބާއްވާފައިވާއިރު މިއިން ދުވަހަކު ޓީމަކުން ނުހޯދާ ވަރަށް އެ ޓީމުން ޕޮއިންޓު ހޯދި އެވެ. ޖުމްލަ 837.90 ޕޮއިންޓު ހޯދި އެވެ.

މަހަށް ފުރިއިރު އެ ޓީމުން މިފަދަ ނަތީޖާއެއް ނެރެފާނެ ކަމަށް ހީކުރީ މަދު ބަޔެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މުބާރާތުގެ ޗެމްޕިއަންކަން ތިންފަހަރު ހޯދި "ޓީމް ސްޓެލްކޯ" ޓީމު ވެސް އިއްޔެ މަހަށް ފުރި އެވެ. އެއީ ސްޓެލްކޯ ފިރިހެން މުވައްޒަފުންގެ ޓީމެވެ.

އޭގެ އިތުރުން، ބީއެމްއެލް، ރޭންޖާސް، ރަތްމަސް، އަދި ނާލު ބައްތެލި ޓީމު ވެސް އިއްޔެ ވާދަކުރި އެވެ. މިއީ ވަރުގަދަ ޓީމުތަކެކެވެ.

"ސްޓެލްކޯ ކަނބަލުން" ގެ ޓީމުގެ އެންމެ ބޮޑު ތަފާތަކީ އެ ޓީމުގައި ގިނައީ ކުންފުނީގެ އަންހެން މުވައްޒަފުން ކަމެވެ. ދެ ފިރިހެނުން ފިޔަވައި ދެން ހުސް ތިބީ އަންހެނުންނެވެ. އާންމު ގޮތެއްގައި މަސް ރޭހުން އަންހެން ޓީމުތައް ފެންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން އިއްޔެ އެ ޓީމުން ހެދި ރެކޯޑު ވަކިން ހާއްސަ ވެ އެވެ.

ދެވަނަ ދުވަހުގެ އެންމެ ގިނަ މަސް ބޭނީ ވެސް "ސްޓެލްކޯ ކަނބަލުން" ޓީމުގެ މެމްބަރެކެވެ. އެގޮތުން، އެ ޓީމުގެ ދެ މެމްބަރުންގެ ތެރެއިން އަޒީޒު 26 މަސް ބޭނި އެވެ.

ދެވަނަ ދުވަހުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދުމުން 5،000ރ. ގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރެވެ.

"ސްޓެލްކޯ ކަނބަލުން" ގެ ޓީމު ތިބީ މިވަރުން ދޫކޮށްލާކަށެއް ނޫނެވެ. އެ ޓީމު އޮތީ ފައިނަލުގައި ވާދަކޮށް މަސް ރޭހުގެ މިއަހަރުގެ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގަ އެވެ. އިއްޔެ ނެރުނު ނަތީޖާއިން މިކަން ނުވެދާނެ ކަމަށް ގަބޫލުކުރެވެން ނެތެވެ. މިއީ ތަފާތު ޓީމެކެވެ. ނަތީޖާއިން އެކަން ސާބިތު ކޮށްދީފި އެވެ.

އެއް ވަނައަށް ދާ ޓީމަކަށް ބައިލައްކަ ރުފިޔާގެ އިނާމެއް ދޭ ގޮތަށް ކުރިއަށް ގެންދާ މަސްރޭހުގައި މިއަހަރު 23 ޓީމެއް ބައިވެރިވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ މިފަހަރު ރަޖިސްޓްރީވި ހުރިހާ ޓީމަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އުރީދޫން ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox