ލުބްނާންގެ ޕާނުގެ ދަތިކަން ހައްލު ކުރަން 15 މިލިއަން ޑޮލަރު ހޭދަކުރަނީ

ލުބްނާންގެ ވެރިރަށް ބެއިތޫރުގެ ބޭކަރީއެއްގެ ބޭރުގައި ޕާން ގަންނަން ކިޔު ހަދާފައި. -- ފޮޓޯ: ރޮއިޓާޒް

ލުބްނާންގެ ވެރިރަށް ބެއިތޫރުގެ ބޭކަރީއެއްގެ ބޭރުގައި ޕާން ގަންނަން ކިޔު ހަދާފައި. -- ފޮޓޯ: ރޮއިޓާޒް

ލުބްނާނަށް ކުރިމަތިވެފައިވާ ޕާނުގެ ދަތިކަން ހައްލު ކުރަން 15 މިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވާ ކަމަށް އިކޮނޮމީ މިނިސްޓަރު އަމީން ސަލާމް ވިދާޅުވެއްޖެ އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެ ފައިސާއިން ލިބޭނީ ވަގުތީ ހައްލެއް ކަމަށާއި އޭގެން ޕާން ހަމަޖެހޭނީ ދުވަސްކޮޅަކަށް ކަމަށެވެ.

ސަބްސިޑީ ފޯރުކޮށްދޭ މުދަލަށް ސަރުކާރުން ދޭ ކްރެޑިޓް ލައިން ދިގުދަންމާފައި ނުވާތީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުބްނާނުގައި ވަނީ ޕާނުގެ ދަތިކަން ކުރިމަތިވެފަ އެވެ.

އެހެންވެ، ކޮންމެ ދުވަހަކު ވެސް ބޭކަރީތަކުގެ ބޭރުގައި ޕާން ގަންނަން ދިގު ކިޔުތައް ހަދާފައި އޮވެ އެވެ. މިކަން ދިމާވީ ރޯދަ މަހުގައި ކަމަށް ވާތީ އާއްމުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

އިކޮނޮމީ މިނިސްޓަރު ސަލާމް ވިދާޅުވީ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން އިމްޕޯޓަރުންނަށް 15.3 މިލިއަން ޑޮލަރު ކްރެޑިޓްގެ ގޮތުގައި ދޫކުރާނެ ކަމަށެވެ.

"އެ ފިޔަވަޅު އެޅުމުން ދެ، ތިން ހަފްތާއަށް މައްސަލަ ހައްލު ވާނެ. އެ މުއްދަތުގައި އަނެއްކާވެސް ޖެހޭނީ މަސައްކަތް ކުރަން. އަޅުގަނޑުމެން ވާނީ 21 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކަށް އެދިފައި."

އޭނާ ވިދާޅުވީ ޕާން ގަތުމަށް ރައްޔިތުންނަށް ދޭ ސަބްސިޑީ އުވާލަން ސަރުކާރުން ނުވިސްނާ ކަމަށާއި މަސައްކަތް ކުރަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ވޯލްޑް ބޭންކާ އެކު 150 މިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް ދިޔުމަށް ކަމަށެވެ.

ލުބްނާނަށް ބޭނުންވާ މެޖޯރިޓީ ކާބޯތަކެތި ޖެހެނީ އިމްޕޯޓް ކުރާށެވެ. އަދި އިމްޕޯޓަށް ފައިސާ ދައްކަނީ ޑޮލަރުންނެވެ. ނަމަވެސް 2019 ވަނަ އަހަރު އިގްތިސާދު ހުއްޓުމަކަށް އައި ފަހުން، ޑޮލަރު ލިބުން ވަރަށް ދައްޗެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ ލުބްނާން ޕައުންޑްގެ އަގު 90 ޕަސެންޓް ވެއްޓި، ކާބޯތަކެތީގެ އަގު 11 ގުނަ ބޮޑުވެފައިވާ ކަމަށެވެ.

ޕާނުގެ ދަތިކަން އިތުރަށް ގޯސްވީ ޔޫކްރެއިންގައި ހަނގުރާމަ ފެށުމުންނެވެ. ލުބްނާނަށް ބޭނުންވާ ފުށުގެ ބޮޑު ސަޕްލައި ގެންނަނީ ޔޫކްރެއިނުންނެވެ. އޭގެ އިތުރުން 2020 ވަނަ އަހަރު ބެއިރޫތު ބަނދަރުގައި ހިނގި ބޮޑު ގޮވުމުގައި ފުށް ރައްކާކުރާ ގުދަންތައް ހަލާކުވެފައި ވާތީ، ފުށް ރައްކާ ކުރެވޭނެ ގޮތެއް ވެސް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox