ކޫއްޑޫ ބަނދަރުގައި އޮތް ދޯނިފަހަރުގެ ހުރިހާ މަހެއް ކިރަން ނިންމައިފި

Apr 13, 2022, 1:57 AM
މަސް ދޯނިތައް ކޫއްޑޫ ބަނދަރުގައި -- ފޮޓޯ: ހަސަން ސާޖިން

މަސް ދޯނިތައް ކޫއްޑޫ ބަނދަރުގައި -- ފޮޓޯ: ހަސަން ސާޖިން

މަސްވެރިންގެ މުޒާހަރާއާ ގުޅިގެން ކުރެވުނު މަޝްވަރާތަކަށް ފަހު މިހާރު ކޫއްޑޫ ބަނދަރުގައި އޮތް ދޯނިފަހަރުގެ ހުރިހާ މަހެއް ކިރަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މަސްވެރިންގެ ޝަކުވާތައް އަޑުއަހައި، ހައްލެއް ހޯދުމަށްޓަކައި މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ރޭ ދަންވަރު ދޯނި ފަހަރުން މަސް ކިރަން ވެސް ފަށާފައިވާ ކަމަށެވެ.

"މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން ވަނީ އިމްޕްލިމެންޓޭޝަން ޕްލޭނެއް ހަދާފަ. އަދި، މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފަ. މި ޕްލޭންގެ ދަށުން މަސް ކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގާފަ. މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސް ކިރޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން އާދަޔާ ހިލާފަށް ތިޔާގިވެ، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް ނުތަކާވަރަށް ދޯނިފަހަރު މަސްބާނަން ފެށުމުން، ހަމަހަމަ ގޮތެއްގައި މަސް ގަތުމަށްޓަކައި ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރާ ގޮތަށް، މި މަހުގެ ހައެއްގައި މިފްކޯ އިން ހަމަޖެއްސި އެވެ.

އެއަށް ފަހުން މަސްވެރިން އައީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެންމެ ފަހުން އިއްޔެ މަދު ދޯންޏެއްގެ ބަޔަކު މުޒާހަރާކޮށް ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުވި އެވެ.

ދެކުނުގެ މަސްވެރިކަން ތިޔާގިވެފައިވާތީ މަސްވެރިން ބާނާ މަސް ގަނެވޭނެ ގޮތެއް ހޯދުމަށްޓަކައި ބޭރުގެ މަސްކިރާ ބޯޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހޮނިހިރު ދުވަހު ވިދާޅުވި އެވެ.

ޖާގައިގެ ދަތިކަން ހައްލުކުރަން ބިޔަ މަޝްރޫއެއް ވަނީ ފަށައިފަ

މަސް ގަނެ، އެކްސްޕޯޓްކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ދުވާލަކު 100 ޓަނު މަސް ފިނި ކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި އަދި މަސް އެކްސްޕޯރޓް ކުރުމަށް 2400 ޓަނުގެ ކެރިއަރެއް ވަނީ މިފްކޯއިން މިދިޔަ އަހަރުގެ ޖުލައި މަހު ގެނަ އެވެ.

ކޫއްޑޫގެ ފަޅު ބޮޑުކޮށް އަދި ކޯލްޑް ސްޓޯރޭޖަށް 4،000 ޓަން އިތުރުކޮށް ޖުމްލަ 6،000 ޓަނަށް ކޯލްޑް ސްޓޯރޭޖް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އަދި ފެލިވަރުގައި މުޅިން އަލަށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީންޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި، 3500 ޓަނުގެ ކާގޯ ވެސަލް ކައިރިކުރެވޭ ފެންވަރަށް ތަރައްގީ ކުރުމާއި، މަސްކިރާނެ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ވަނީ ފަށައިފަ އެވެ. އަދި 100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެއް ވެސް ފެލިވަރުގައި ގާއިމުކުރެ އެވެ.

މި މަޝްރޫއު ހިންގުމަށްޓަކައި ފެލިވަރުގެ ބިމަށް އިތުރުކުރެވޭ ފަސް ހެކްޓަރުގެ ބިން ހިއްކުމަށާއި، އަދި ކުރިން ދެންނެވި ޖެޓީތައް ހަދާ އެ ސަރަޙައްދުގެ ނެރާއި ފަޅު ފުންކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށް މަސައްކަތް ވަނީ ފަށައިފަ އެވެ. ފެލިވަރުގެ ތަރައްގީގެ މަޝްރޫއުގެ އަގަކީ 113 މިލިޔަން ރުފިޔާ ކަމަށް މިފްކޯއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox