އެޗްޑީސީގެ މުވައްޒަފުންނަށް 629 ހައުސިން ޔުނިޓް ދޫކުރަން ނިންމައިފި

އެޗްޑީސީގެ މައި އޮފީސް: އެ ކުންފުނިން ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ހައުސިން މަޝްރޫއެއް ކުރިޔަށް ގެންދަން ނިންމާފަ.

އެޗްޑީސީގެ މައި އޮފީސް: އެ ކުންފުނިން ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ހައުސިން މަޝްރޫއެއް ކުރިޔަށް ގެންދަން ނިންމާފަ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެކުންފުނީގެ މުވައްޒަފުންނަށް 629 ހައުސިން ޔުނިޓް ދޫކުރަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ ސްޓާފްް ހައުސިން ސްކީމް މިމަހުގެ ފަސް ވަނަ ދުވަހު އޮތް ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއްގައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުމުގެ ދަށުން މި ބުރުގައި ކުންފުނީގެ ޝަރުތު ހަމަވާ މުވައްޒަފުންގެ މެދުގައި 629 ހައުސިން ޔުނިޓް ދޫކުރަން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އިންސްޓޯލްމެންޓް އުސޫލުން ދައްކާ ހަލާސްކުރާ 409 ޔުނިޓާއި ބޭންކް ލޯނުގެ ދަށުން ދޫކުރާ 220 ޔުނިޓްކަމަށް އެ ކުންފުނިން ބުނެ އެވެ. ބޭންކް ލޯނު މެދުވެރިކޮށް ދޫކުރާ ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން ދޫކުރާ ތަންތަނެވެ.

އެޗްޑީސީއަށް މަހުން މަހަށް ފައިސާ ދައްކައިގެން ހަލާސްކުރާ ތަންތަނަކީ އެ ކުންފުނީގެ ހައުސިން ޕްރޮޖެކްޓެކެވެ.

އެޗްޑިސީން ސްޓާފުންގެ ހައުސިން ޔުނިޓް މަޝްރޫއު ހިންގާ ސަރަހައްދު ދައްކައިދޭ ޗާޓެއް.
އެޗްޑިސީން ސްޓާފުންގެ ހައުސިން ޔުނިޓް މަޝްރޫއު ހިންގާ ސަރަހައްދު ދައްކައިދޭ ޗާޓެއް.

އެޗްޑިސީން ސްޓާފުންގެ ހައުސިން ޔުނިޓް މަޝްރޫއު ހިންގާ ސަރަހައްދު ދައްކައިދޭ ޗާޓެއް.

އެ އިއުލާނާއެކު އެޗްޑީސީން ވަނީ ސްޓާފް ހައުސިން ޔުނިޓަށް ކުރިމަތިލާ މުވައްޒަފުންގެ ހުންނަން ޖެހޭ ޝަރުތުތަކާއި ޕޮއިންޓް ސިސްޓަމް ވެސް މިއަދު އެ ކުންފުނީގެ އިންޓާނަލް މެމޯއެއްގައި އާންމު ކޮށްފަ އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލު ފޯރުކޮށްދޭން ހާއްސަ ސެޝަންތަކެއް މި ހަފްތާތެރޭ އެޗްޑީސީން ބާއްވާނެކަމަށް އެ ކުންފުނިން ބުނެ އެވެ. ހައުސިން ޔުނިޓަށް ހުޅުވާލަނީ އެ ސެޝަންތައް ނިމުމުން، އެކަމަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.

ހައުސިން ޔުނިޓަށް ކުރިމަތިލާ ސްޓާފުންގެ ހުންނަންޖެހޭ އަސާސީ ޝަރުތުތަކަކީ:

  • އެޗްޑީސީގެ ވަޒީފާގައި އުޅޭތާ އެއް އަހަރުވެފައިވުން
  • ދާއިމީ އަދި ދިވެހި މުވައްޒަފަކަށްވުން
  • އެއް އަހަރަށްވުރެ ދިގު ނޯ ޕޭ ލީވްއެއްގައި ހުރި މުވައްޒަފަކަށް ނުވުން
  • މީގެ ކުރިން އެފަދަ ސްކީމަކުން ފްލެޓް ލިބިފައިވާނަމަ އެ ފްލެޓް އެޗްޑީސީއަށް ދޫކުރަން އެއްބަސްވުން
  • ވަޒީފާގެ އިންޒާރު ލިޔުމުން ދީފައިވާ މުވައްޒަފެއްނަމަ އެ އިންޒާރަށް ތިން އަހަރުވެފައިވުން
  • އެޗްޑީސީގެ 12 ރެޒިޑެންސް ޕްރޮޖެކްޓުން ފްލެޓް ލިބިގައިވާ މުވައްޒަފަކަށް ނުވުން

އެޗްޑީސީން ސްޓާފުންނަށް ދޭ ސްޓެންޑާޑް ހައުސިން ޔުނިޓްތަކަކީ ހަތަރު ބާވަތެއްގެ ޔުނިޓްތަކެކެވެ. އެއީ އެއް ކޮޓަރިއާއި އެއް ފާހާނާއިން ފެށިގެން ގޮސް، ހަތަރު ކޮޓަރިއާއި ހަތަރު ފާހާނާގެ ޔުނިޓްތަކެކެވެ. އެންމެ ކުދި ސައިޒުގެ ޔުނިޓްތަކުގައި 525 ފޫޓު ހުންނައިރު އެންމެ ބޮޑެތި ޔުނިޓްތަކުގައި 1،169 ފޫޓު ހުރެ އެވެ. އެ ޔުނިޓްތަކުގެ އަގުތައް އުޅެނީ 1.04 މިލިއަނާއި 2.3 މިލިއަނާ ދެމެދުގަ އެވެ.

އެޗްޑީސީން ސްޓާފުންނަށް ދޫކުރާ ސްޓެންޑާޑު ޔުނިޓްތަކުގެ ތަފްސީލު.
އެޗްޑީސީން ސްޓާފުންނަށް ދޫކުރާ ސްޓެންޑާޑު ޔުނިޓްތަކުގެ ތަފްސީލު.

އެޗްޑީސީން ސްޓާފުންނަށް ދޫކުރާ ސްޓެންޑާޑު ޔުނިޓްތަކުގެ ތަފްސީލު.

އެތަންތަނުގެ އިތުރުން ވެސް ޑިލަކްސް ސުއީޓްގެ ކެޓެގަރީގެ ދަށުން އެއް ކޮޓަރިއާއި ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ވެސް އެ ކުންފުނިން ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެތަންތަނުގެ އަގު އުޅެނީ 2.6 މިލިއަނާއި 4.7 މިލިއަނާއި ދެމެދުގަ އެވެ.

އެޗްޑީސީން ސްޓާފުންނަށް ދޫކުރާ ޑިލަކްސް ޔުނިޓްތަކުގެ ތަފްސީލު.
އެޗްޑީސީން ސްޓާފުންނަށް ދޫކުރާ ޑިލަކްސް ޔުނިޓްތަކުގެ ތަފްސީލު.

އެޗްޑީސީން ސްޓާފުންނަށް ދޫކުރާ ޑިލަކްސް ޔުނިޓްތަކުގެ ތަފްސީލު.

އެޗްޑީސީން ވަނީ އެ ޔުނިޓްތަކާ ގުޅޭ މައުލޫމާތު ވެސް އެ ކުންފުނީގެ ސްޓާފުންނަށް ފޯރުކޮށްދީފަ އެވެ. އެޗްޑީސީން އެ ޔުނިޓްތައް އަޅަނީ ޖުމްލަ ތިން ޓަވަރެއްގަ އެވެ.

އެޗްޑީސީން ބުނީ މުވައްޒަފުންނަށް ހައުސިން ޔުނިޓް ދިނުމުގައި މާލީ ގާބިލުކަން ހުރި މިންވަރު އެ ކުންފުނިން ވަޒަން ކުރާނޭ ކަމަށެވެ. އަދި އެފަދަ ގާބިލުކަމެއް ނެތްނަމަ އެ މުވައްޒަފަކަށް އެ ފުރުސަތެއް ނުލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން ވެސް އެ މަޝްރޫއުގައި މުވައްޒަފުންގެ މެދުގައި އިސްކަން ދިނުމުގައި ހިދުމަތްކުރި މުއްދަތު، މަސައްކަތުގެ ފެންވަރު، ގޯތިގެދޮރުގެ ހާލަތަށް ވެސް ޕޮއިންޓް ދޭނެކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ހަމަ އެއާއެކު ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ނުވަތަ އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭ ފަަދަ ނުކުޅެދުންތެރިކަމެއް ނުވަތަ ސިއްހީ ހާލަތެއް ހުންނަ މުވައްޒަފުންނަށް އިތުރު ޕޮއިންޓް ލިބޭނެ ކަމަށް އެ ކުންފުނިން ކުރި އިއުލާނުގައި ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox