ވާގޮތް: ޕާކިންސަންސް ބަލީގެ އަލާމާތްތަކާއި ބަލީގައިވާ ގޮތްތައް!

Apr 11, 2022, 10:02 AM
ވާގޮތް: ޕާކިންސަންސް ބަލީގެ އަލާމާތްތަކާއި ބަލީގައިވާ ގޮތްތައް!

ޕާކިންސަސް ޑިސީސް އަކީ ނާރުތަކުގެ ނިޒާމް (ނާވަސް ސިސްޓަަމަށް) ކުރިމަތިވެ، ލަސްލަހުން ބޮޑުވަމުންދާ މައްސަލައެއްގެ ގޮތުގައި މީހާގެ ހަރަކާތަށް އަަސަރުކުރުވާ ބައްޔެކެވެ. އެއް އަތުގައި ހުންނަ މަޑު ތުރުތުރެއްގެ ގޮތުގައި އެބަލީގެ އަލާމާތް ފުރަތަމަ ފެނިދާނެ އެވެ. އެބަލީގެ އާއްމު އަލާމާތަކީ ތުރުތުރުއެޅުން ކަމަށް ވިޔަސް ގުނަވަންތައް ހަރުކަށިވުމާއި ހަރަކާތްތައް ލަސްވުމަކީ ވެސް ބަލީގެ ވަކި ހިސާބަކުން ކުރިމަތިވާނެ ކަންތައްތަކެވެ.

އެމެރިކާގެ ނަން ޕްރޮފިޓް އެކަޑަމިކް މެޑިކަލް ސެންޓަރު މަޔޯކްލިނިކުން އާއްމުކޮށްފައިވާ ލިއުމެއްގައި ޕާކިންސަންސް ބަލީގެ ގިނަ އަލާމާތްތަކެއް ވަރަށް ތަފްސީލުކޮށް ކިޔައިދީފައި އެބަހުއްޓެވެ.

އެކިއެކި އިހުސާސްތަކާ އެކު މޫނުމައްޗަށް އަރަން ޖެހޭ ކުލަވަރު އެރުން ހުއްޓިދާނެ އެވެ. ވާހަކަދައްކާއިރު އަޑު މަޑުވެފައި އަޅައިގަތުމެއް ހުންނަން ފަށައިފާނެ އެވެ. ޕާކިންސަންސް ބަލީގެ އަލާމާތްތައް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ވަރުގަދަވަމުންނެވެ.

އެބައްޔަަކީ މުޅިިން ރަނގަޅުކުރެވޭ ބައްޔަކަށް ނުވިޔަސް، ފަރުވާތަކާ އެކު އަލާމާތްތައް ވަރަށް ކުޑަކުރެވޭނެ އެވެ.

އަލާމާތްތައް

  • ތުރުތުރުއެޅުން: ތުރުތުރުއެޅުން އެންމެ ފުރަތަމަ ފެންނަން ފަށާނީ އަތްތިލައިން ނުވަތަ އަތުގެ އިނގިލިތަކުންނެވެ. އެހެން ގޮސް އަތް އެލުވާލައިގެން ހުންނަ އިރު މުޅި އަތްވެސް ތުރުތުރުއަޅައިފާނެ އެވެ.
  • ހަރަކާތްތައް ލަސްވުން (ބްރެޑީކިނޭސިއާ): ޕާކިންސަންސް ބަލީގެ އަލާމާތައް ބޮޑުވަމުންދާ ވަރަކަށް މީހާގެ ހަރަކާތްތައް ލަސްވެ، ކުދިކުދި ކަންތައްތަކަށް ހޭދަވާ ވަގުތު އިތުރުވާން ފަށާނެ އެވެ. ހިނގާއިރު އެޅޭ ފިޔަވަޅުތައް ކުރުވެފައި ބިންމަތީ ފައިދެމޭގޮތް ވުމާއި އިށީނދެ އިންނަތަނަކުން ތެދުވަން އުނދަގޫވުމަކީ މި އަލާމާތް ވަރުގަދަވާ ވަރަކުން ދިމާވެދާނެ ގޮތްތަކެވެ.
  • މަސްގަނޑުތައް ވާންވެ ހަރުކަށިވުން: މަސްގަނޑުތަކަށް ވާންވެ ހަރުކަށިވުމަކީ ހަށިގަނޑުގެ ކޮންމެ ހިސާބަކަށް ވެސް ވެދާނެ ގޮތެކެވެ. އެއީ މީހާއަށް ވަރަށް ވޭންހުރި އަދި މީހާގެ ހަރަކާތްތައް ވަރަށް ލަސްކުރުވާ ކަމެކެވެ.
  • ހަށިގަނޑު ގުދުވެ، ކޮޅަށް ހުންނަން އުނދަގޫވުން: ހަށިގަނޑު ތެދަށް ބަހައްޓަން އުނދަގޫވުމާއި ނުވެއްޓި ކޮޅަށް ހުންނަން އުނދަގޫވުމަކީ ވެސް ޕާކިންސަން ބަލީގެ އަލާމާތެކެވެ.
  • ބޭއިޚުތިޔާރުގައި ކުރެވޭ ހަރަކާތްތައް ހުއްޓުން: ހިނގާއިރު އަތް ހެލުވުމާއި އެސްފިޔަޖެހުމާއި ހިނިތުންވުން ފަދަ ބޭއިޚުތިޔާގައި ކުރެވޭ ހަަރާކްތައް މުޅިން ހުއްޓުމަކީ ވެސް މި ބަލީގެ އަލާމާތެކެވެ.
  • ވާހަކަދެއްކުމަށް ބަދަލު އައުން: ވާހަކަދައްކާއިރު އަޑުމަޑުވެދާނެ އެވެ. ވާހަކަ ދައްކަން ފަސްޖެހޭ ގޮތް ވުމަކީ ވެސް އެހެންވީމާ ވެދާނެ ގޮތެކެެވެ. ވާހަކަ ދައްކާ އިރު އާއްމުކޮށް ހުންނަ ރާގު ( އަޑުމަޑުވުންތަކާއި އަޑުގަދަވުންތައް) ނުހުރެ، އެއްވަރެއްގައި އަޑު ހިފެހެއްޓިފައި ހުރުމަކީ ވެސް ވާހަކަދެއްކުމަށް އަތުވެދާނެ ބަދަލެކެވެ.
  • ލިއުމަށް ބަދަލު އައުން: ލިޔަން އުނދަގޫވުމުގެ އިތުރުން ލިޔާ އަކުރުތައް ކުރިއަށް ވުރެ މާބޮޑަށް ކުދިވުމަކީ ވެސް މި ބަލީގެ އަލާމާތެކެވެ.

ޑޮކްޓަރަށް ދައްކަންވީ ކިހާ ހިސާބަކުން؟

މަތީގައި އެބާ އަލާމާތްތަކުގެ ތެރެއިން އެންމެ އަލާމާތެއް ފެނުނަސް އަވަހަށް ޑޮކްޓަރަަށް ދެއްކުން މުހިއްމެވެ. އެއީ ޕާކިންސަން ބަލިކަން ނުވަތަ ނޫންކަން ކަށަވަރުކުރަން އެކަންޏެއް ނޫނެވެ. އެއަށް ވުރެ އަދި ބޮޑުނުރައްކަަލެއްގެ އަލާމާތަކަށް ވެސް އެކަން ވެދާނެތީ އެވެ.

ބަލި ޖެހޭ ގޮތާއި ސަބަބު

ޕާކިންސަންސް ބަލީގައި ވާގޮތަކީ ސިކުނޑީގެ ނާވްސެލްތައް (ނިއުރޯންސް) މަޑުމަޑުން ހަލާކުވުން ނުވަތަ މަރުވުމެވެ. އެ ބަލީގައި ކުރިމަތިވާ ގިނަ މައްސަލަތަކުގެ އަސްލަމީ މިއެވެ. ހަށިގަނޑުގެ ގުނަވަންތަކަށް ސިކުނޑިން ފޮނުވާ މެސެޖްތައް ގެންގޮސްދޭ ކެމިކަލް "ޑޮފަމައިން" އުފައްދަނީ ނިއުރޯން އިންނެވެ. ނިއުރޯންތައް ހަލާކުވެ، ޑޮޕަމައިން އުފަެއްދާވަރު މަދުވާން ފެށުމުން، ސިކުނޑީގައި އައިބު ހަރަކާތްތަކެއް ހިނގަން ފަށައެވެ. ޕާކިންސަންސް ބަލީގައި ފެންނަ އަލާމާތްތަކުގެ ސަބަބަކީ މިއެވެ.

ޕާކިންސަންސް ބަލި ޖެހޭ ހަގީގީ ސަބަބެއް އަދި ސާފުކޮށް ދެނެގަނެވިފައެއް ނެތެވެ. އެކަމަކު އެބަލި ޖެހުމަށް މެދުވެރިވާ ކަމަށް ލަފާކުރެވޭ ބައެއް ސަބަބުތައް އެބަހުއްޓެވެ.

ޖީންސް: ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޖެނެޓިކް ބަދަލުތަކެއްގެ ސަބަބުން ޕާކިންސަން ބަލި ޖެހެން މެދުވެރިވެ އެވެ. އެކަމަކު މި ހޯދުމަށް ބާރުދޭ މާގިނަ މިސާލުތަކެއް ނެތެވެ. އެއް އާއިލާއެއްގެ ގިނަ ބަޔަކަށް ޕާކިންސަންސް ބަލި ޖެހުނުކަން ރެކޯޑްކުރެވިފައި ވަނީ ވަރަށް މަދުންނެވެ.

ތިމާވެށީގެ ސަބަބުތައް: ވިހަ މާއްދާތަކުގެ ތެރޭގައި އުޅޭ ނަމަ އުމުރުގެ ފަހުކޮޅުގައި ޕާކިންސަންސް ބަލި ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެން ނަމަވެސް އެއީ ކުޑަނުރައްކަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox