ގޭބިސީތަކުން ނަގާ ކުންޏަށް ދައްކަން ޖެހޭ ފީ ދެ މަހަށް މައާފުކޮށްދޭން ހދ. ހަނިމާދޫ ކައުންސިލުން ނިންމައިފި އެވެ.
ރޯދަ ހަދިޔާއެއްގެ ގޮތުން ހަނިމާދޫ ކައުންސިލުން ފީ މާފްކޮށްދިނުމަށް ނިންމީ މި މަހާއި އަންނަ މަހުގެ ކުއްޔެވެ.
ކައުންސިލުން ބުނީ އެ ދެ މަހުގެ ކުނީގެ ފީ ދައްކާފައިވާ ނަމަ، އެ ފައިސާ ޖޫން އާއި ޖުލައި މަހުގެ ފީ އަށް ބަދަލުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ޖޫން މަހުގެ ކުނީގެ ފީ އެ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ސަމާލުވުމަށާއި އެޕްރީލް މޭ ފިޔަވައި ކުރިއަށް އޮތް މަސްތަކުގައި ކުރިއެކޭ ވެސް އެއްގޮތަށް ކުނި ފީ ނަގަމުންދާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
ޖުމްލަ 1900 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ހަނިމާދޫގައި 356 ގޭބަސީގައި މީހުން ދިރިއުޅެމުންދެ އެވެ. އެ ގޭބަސީތަކުން ކުނީގެ ފީއެއްގެ ގޮތުގައި ނަގަމުންދަނީ 150ރ. އެވެ.














