މުއްދަތު ހަމަވީއިރުވެސް ހިޔާ ސަރަހައްދުގައި ހުރި ލަކުޑި ކެފޭތަކާއި މޭޒުތައް ނުނަގާ

ހިޔާ ފްލެޓެއް ކައިރީގައި ހުންނަ ކާބޯތަކެތި ވިއްކާ މޭޒެއް: މިތަންތަނުން ގިނައިން ވިއްކަނީ މޭވާ އާއި ތަރުކާރީ އެކަމަކު ބައެއް ތަންތަނުން ކޮފީ ވެސް ލިބޭ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހިޔާ ފްލެޓެއް ކައިރީގައި ހުންނަ ކާބޯތަކެތި ވިއްކާ މޭޒެއް: މިތަންތަނުން ގިނައިން ވިއްކަނީ މޭވާ އާއި ތަރުކާރީ އެކަމަކު ބައެއް ތަންތަނުން ކޮފީ ވެސް ލިބޭ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހިޔާ ފްލެޓުތައް ކައިރީގައި ކާބޯތަކެތި ވިއްކުމުގެ ހިދުމަތް ދެމުން ގެންދާ ވަގުތީ ކެފޭތައް ހުސްކުރުން ދިން މުއްދަތު އިއްޔެ ހަމަވީއިރު ވެސް އެތަންތަން ނުނަގާ އެބަހުއްޓެވެ.

މިތަންތަނުގައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގާ ހިދުމަތް ދިނުން ހުއްޓާލަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެންގީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެއިން އެއްވެސް ތަނެއް ހުސްކޮށްފައެއް ނުވެ އެވެ.

މިތަންތަނުން ހިދުމަތް ދިނުން ހުއްޓާލަން އެޗްޑީސީން އެންގީ ހިޔާ ފްލެޓު ސަރަހައްދަކީ ކޮންސްޓްރަކްޝަން ސައިޓަކަށް ވެފައި، ކާބޯތަކެތީގެ ހިދުމަތް ދޭން ޖެހޭ ތަންތަނުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަށް ކަށަވަރު ނުކުރެވޭތީ ކަމަށް ބުނެ އެވެ.

މިތަންތަނުގައި އާންމުކޮށް ވިއްކަނީ މޭވާ އާއި ތަރުކާރީ އާއި ތައްޔާރީ ކާނާގެ އިތުރުން ހެދިކާގެ ބާވަތްތަކެވެ. ބައެއް ތަންތަނުން ހޫނު ކޮފީ އާއި ސައި ވެސް ލިބެ އެވެ.

މިހެން ހުންނަ ތަންތަން އެންމެ ކުރީކޮޅު ވެސް އެޗްޑީސީން މަނާކުރި އެވެ. ނަމަވެސް އޭރު މި ސަރަހައްދުގައި އެހެން ފިހާރަތަކެއް ނެތުމާ އެކު އެކަމާ ފިޔަވަޅު ނާޅާ ވަނީ މަޑުޖައްސާލާފަ އެވެ.

ދިން މުހުލަތަށް ތަން ހުސްކޮށްފައި ނުވި ނަމަވެސް އިތުރު މުއްދަތެއް ދިނުމެއް ނެތި އެޗްޑީސީން ކުރިން ބުނި ގޮތަށް މިތަންތަން ހުސްކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox