ސިޓީ - ލިވަޕޫލް: ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި މުހިންމު ކުރިމަތިލުމެއް

Apr 10, 2022, 10:22 AM
ސިޓީ - ލިވަޕޫލް: ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި މުހިންމު ކުރިމަތިލުމެއް

މެންޗެސްޓާ (10 އޭޕްރީލް) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗަކީ މި ސީޒަންގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު މެޗެވެ. މިއީ ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް، ކަނޑައެޅޭނެ މެޗުގެ ގޮތުގައި މީޑިއާ އިން ސިފަކުރެ އެވެ. މި ފަހުގެ ތާރީހުގައި، އިނގިރޭސި ޕްރިމިއާ ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ސިޓީ އާއި ލިވަޕޫލް ހިމެނޭއިރު، މިރޭގެ މެޗަށް ބޮޑު ސަމާލުކަމެއް ލިބޭނެ އެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅޭ މެޗަށް ކުރިމަތިލާއިރު، ސިޓީ ތާވަލްގެ އެއް ވަނައިގައި އޮތީ 73 ޕޮއިންޓާ އެކު އެވެ. ސިޓީ އަށްވުރެ އެއް ޕޮއިންޓް ފަހަތުން، ލިވަޕޫލް އޮތީ ދެ ވަނައިގަ އެވެ. ޖެނުއަރީ މަހު 14 ޕޮއިންޓުން ކުރީގައި އޮތް ސިޓީގެ ލީޑު ފަހަތަށް ސޮއްސާލިއިރު، އިތުރު ގޯހެއް ހަދަން ފުރުސަތެއް ނެތެވެ. މިރޭގެ މެޗުގެ ނަތީޖާ އިން، ލީގު ޗެމްޕިއަންކަންކަން ހޯދުމުގެ ރޭހުގެ މިސްރާބު ވެސް ބަދަލުވެދާނެ އެވެ.

މި ސީޒަންގައި ހަތަރު ތަށި ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. އަނެއްކޮޅުން، ސިޓީން އަމާޒު ހިފާފައިވަނީ ތިން ތަށި ހޯދުމަށެވެ. އެހެންކަމުން، މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު ކަމެކެވެ.

އިނގިރޭސި ލީގުގައި ލިވަޕޫލުން ސިޓީގެ ދަނޑުގައި އެންމެ ފަހުން މޮޅުވީ 2015 ވަނަ އަހަރެވެ. އެހެން ނަމަވެސް، މިރޭގެ މެޗަށް ކުރިމަތިލާޢިރު، ލިވަޕޫލުން ވަނީ ލީގުގައި ޖެހިޖެހިގެން 10 މެޗުން މޮޅުވެފަ އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް، މިއީ ލީގު ޗެމްޕިއަންކަން ކަނޑާއެޅޭނެ މެޗެއް ނޫން ކަމަށެވެ.

"ސިޓީ އާއި ލިވަޕޫލްގެ ވާދަވެރިކަމުގެ ތެރެއިން، ދެ ޓީމަށް ވެސް ކުރިއެރުންތައް ލިބިއްޖެ،" ކްލޮޕް ބުންޏެވެ. "ސިޓީ އަކީ އަހަރެމެން ޓީމެއްގެ ގޮތުގައި ޑިވެލޮޕްވާން ވާދަވެރިއެއްގެ ގޮތުގައި ހިތްވަރުދިން ޓީމު، އަހަރެމެންގެ މި ރޭހުގައި ކުޅުންތެރިން ވެސް ކުރިއަރައިފި،"

ކްލޮޕް ވަނީ ސިޓީގެ ކޯޗު ގާޑިއޯލާ އަކީ އެންމެ މޮޅު ކޯޗުކަމަށާއި އެ އަށް ދެބަސްވާނެ މީހުން މަދުވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، ބޮޑު މެޗެއްގެ ކުރިން ކްލޮޕް އެ ވާހަކަ ބުނުމުން ގާޑިއޯލާ އެ ކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުނީ އޭނާގެ ކެރިއަރުގައި ވެސް ފެނުނު އެންމެ ވާދަވެރި ޓީމަކީ ލިވަޕޫލް ކަމަށެވެ.

"މި ފަސް އަހަރުގެ ތެރޭގައި ސިޓީއާ އެންމެ ވާދަވެރި ކްލަބަކީ ލިވަޕޫލް. ވަރަށް ރަނގަޅު ވާދައެއް އެ ޓީމުން ސިޓީއާ ކުރޭ. ލިވަޕޫލުން ކުރާ މަސައްކަތް އަހަންނަށް ވަރަށް ކަމުދޭ. އަދި އެ ކްލަބުން ދޭ ޗެލެންޖް ވެސް ރަނގަޅު،" ގާޑިއޯލާ ބުންޏެވެ.

މިރޭގެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ، ލީގު ހޯދުމަށް އެ ޓީމުން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ އެވެ. އެކަމަކު ކްލޮޕްގެ ހިޔާލާ އެއްގޮތަށް، ގާޑިއޯލާ ވެސް ބުނީ މިރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް، ލީގު ޗެމްޕިއަން ކަމާ މެދު ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ.

"މެޗުން މޮޅުވެއްޖެ ނަަމަ އެއީ ވަރަށް މުހިންމު ތިން ޕޮއިންޓް. އެކަމަކު ބާކީ ހަތް މެޗު އޮތްކަން ހަނދާންކުރަންޖެހޭ. ބާކީ އޮތް މެޗުތަކުން ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ،" ގާޑިއޯލާ ބުންޏެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މި މަހުގެ 16 ވަނަ ދުވަހު ވެސް މި ދެ ޓީމު ކުރިމަތިލާނެ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް މި ދެ ޓީމު ކުރިމަތިލުމުގެ ފުރުސަތު އަދި އެބައޮތެވެ.

ސިޓީއާ ދެކޮޅަށް އެންމެ ފަހުން ލީގުގައި ލިވަޕޫލް ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އަދި ލިވަޕޫލުން ސިޓީ ދަނޑުގައި އެންމެ ފަހުން ކުޅުނު 11 މެޗުގައި ވެސް ކޮޅަށް ގޯލު ވަދެފައިވެ އެވެ. ކްލޮޕާއި ގާޑިއޯލާ ވަނީ މީގެ ކުރިން 22 ފަހަރު ކުރިމަތިލައިފަ އެވެ. ގާޑިއޯލާ އާއި ކްލޮޕަށް އަށް މޮޅު ލިބިފައިވާއިރު، ހަ މެޗު ނިމުނީ އެއްވަރުވެގެންނެެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ލިވަޕޫލާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:30ގަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox