އެވަޓަން ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލުމަށް ފަހު ރޮނާލްޑޯ މާފަށް އެދެފި

Apr 10, 2022, 12:57 AM
އެވަޓަން ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލުމަށް ފަހު ރޮނާލްޑޯ މާފަށް އެދެފި

ލިވަޕޫލް (އޭޕްރީލް 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެވަޓަން ސަޕޯޓަރެއްގެ ފޯނު ބިން މައްޗަށް ހޫރާލައި، ހަލާކުކޮށްލުމަށް ފަހު އެ ކަމަށް މާފަށް އެދިއްޖެ އެވެ.

އެވަޓަން ދަނޑުގައި ކުޅުނު މެޗަށް ފަހު ރޮނާލްޑޯ ޓަނަލް ތެރެއިން ވަންނަން ދިޔަ ވަގުތު އޭނާ އެވަޓަން ސަޕޯޓަރެއްގެ ފޯނު ބިން މައްޗަށް އެއްލާލާ މަންޒަރު ފެނުނެވެ. ރޮނާލްޑޯ އެ ފޯނު އެއްލާލީ އޭނާގެ ވީޑިއޯ އެއް ކުރަން އެވަޓަންގެ ސަޕޯޓަރު މަސައްކަތްކުރި ވަގުތުގައި ހިތްހަމަނުޖެހިގެން ކަމަށް މަންޒަރު ދުށް އެވަޓަންގެ އެހެެން ސަޕޯޓަރެއް ވަނީ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.

Advertisement

އެ ވީޑިއޯ މެއިންސްޓްރީމް މީޑިއާތަކުގައި ރިޕޯޓްކުރިއިރު، ސޯޝަލް މީޑިއާގައި ވެސް ވަނީ ވައިރަލްވެފަ އެވެ. އެ ސަޕޯޓަރު ވަނީ އެވަޓަން އާއި މާސީސައިޑް ފުލުހުންގެ ސަމާލުކަމަށް މި ހާދިސާ ގެނެސްފަ އެވެ.

މައްސަލަ ހޫނުވުމާ ގުޅިގެން އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއް މެދުވެރިކޮށް އެ ސަޕޯޓަރު ކިބައިން މާފަށް އެދިފަ އެވެ.

ރޮނާލްޑޯ ބުނީ ބައެއް ކަހަލަ ވަގުތުތަކީ ހާލަތުގެ ގޮތުން ޖަޒުބާތުގައި ޖެހިގެން އެންމެ ރަނގަޅަށް ކަންކުރެވޭނެ ފަހަރުތަކެއް ނޫން ކަމަށެވެ. އެންމެނަށް އިހުތިރާމްކުރުމާއި ކުޑަކުދިންނާއި އެހެން މީހުންނަށް މިސާލު ދެއްކުމުގެ ރީތި އާދައިގެ މަތީގައި ސާބިތުވެ ހުރުމަކީ ފުޓްބޯޅައިގެ ތެރެއިން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.

"އަހަންނަށް އުޅެވުނު ގޮތުން މާފަށް އެެދެން. ދެން، އަހަރެން ބޭނުން އެކަން ވާން އޮތިއްޔާ އެ ސަޕޯޓަރު އޯލްޑް ޓްރެފޯޑަށް މެޗެއް ބަލަން ދައުވަތު ދޭން. އެއީ ފެއާޕްލޭ އާއި ސްޕޯޓްސްމެންޝިޕްގެ މިސާލެއްގެ ގޮތުން،" ރޮނާލްޑޯ ބުންޏެވެ.

ޔުނައިޓެޑްގެ ތަރުޖަމާނު މީޑިއާ އަށް އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރޮނާލްޑޯ، އެވަޓަން ސަޕޯޓަރުގެ ފޯނު އެއްލާލި މައްސަލައިގައި ފުލުހުންނަށް ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ކްލަބްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އިއްޔެގެ މެޗުގެ ދެ ވަނަ ހާފްގެ ފަހުކޮޅުގައި އެއްލުމަކަށް ދިޔަ ބޯޅައެއް ދަނޑު ތެރެއަށް އައުމުން އެ ބޯޅަ ދިނުމުގެ ބަދަލުގައި އެވަޓަން ބެންޗަށް ގަސްދުގައި ބާރަށް ބޯޅަ ޖެހުމުން މެޗުގެ ރެފްރީ ޖޯން މޮސް ވަނީ ރޮނާލްޑޯ އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.

މެޗަށް ފަހު ރޮނާލްޑޯ އަޅައިގެން ހުރި ކަށިމަތިނެގިއިރު، މެޗުގެ ތެރެއިން އެވަޓަން ކުޅުންތެރިއަކު ފަރާތުން ހިނގި ފައުލެއްގައި ރޮނާލްޑޯ ކަށިމަތިން ލޭ އޮހޮރިފައި ހުރި މަންޒަރު ފެންނަ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ދަައުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox