ރަށު ނޯޓު: ކ. ގުޅި

ކ. ގުޅި: މި ރަށުގެ މައިގަނޑު އިގްތިސާދީ މަސައްކަތަކީ ބޮޑު ކަންނެލީގެ މަސްވެރިކަން -- ފޮޓޯ: ގުޅީ ކައުންސިލް

ކ. ގުޅި: މި ރަށުގެ މައިގަނޑު އިގްތިސާދީ މަސައްކަތަކީ ބޮޑު ކަންނެލީގެ މަސްވެރިކަން -- ފޮޓޯ: ގުޅީ ކައުންސިލް

މާލެ އަތޮޅު (ކ. އަތޮޅު) ގުޅިއަކީ ރާއްޖޭގެ އާންމު ރަށްރަށުގެ ސައިޒާ އަޅާބަލާއިރު އެތައް ގުނައެއް ކުޑަ ރަށެކެވެ. ކުޑަކުޑަ ގުޅީގެ ޖުމްލަ ބޮޑުމިނުގައި ހުރީ އެންމެ 9.19 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެޗް-11 އެވެ.

ރަށްވެހިންގެ ރަޖިސްޓްރީއަށް ބަލާއިރު، ގުޅީގެ އާބާދީގައި ހާހެއް ހަމައެއް ނުވެ އެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް އެރަށުގެ ރަޖިސްޓްރީގައި ތިބީ 470 އަންހެނުންނާއި، 520 ފިރިހެނުންނާއެކު ޖުމުލަ 990 މީހުންނެވެ. އެހެން ނަމަވެސް މި ވަގުތު ގުޅީގައި ދިރިއުޅޭ އާބާދީ އަކީ 1300 އެވެ. އެއީ ރަށަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންނާއި، އެކިއެކި އިގްތިސާދީ ބޭނުންތަކަށްޓަކައި ވަގުތީ ގޮތުން އެ ރަށަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ މީހުން ހިމެނޭ ގޮތުންނެވެ. ގުޅީގެ އާބާދީ އިތުރުވާ ނިސްބަތް ވަރަށް ކުޑަ އެވެ. ދެހާސް ސަތާރައިގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު އެރަށުގެ ރަށްވެހިންގެ ގޮތުގައި ތިބީ 943 މީހުންނެވެ. އެއީ 442 އަންހެނުންނާއި 501 ފިރިހެނުންނެވެ. އެހެންވީމާ 2017 އިން ފެބުރުއަރީ 2022 ގެ ނިޔަލަށް ވެއަތުވި 5 އަހަރު އެރަށުގެ އާބާދީއަށް އިތުރުވީ 47 ބޮލެވެ.

Advertisement
މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަން ކ. ގުޅީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: ގުޅީ ކައުންސިލް
މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަން ކ. ގުޅީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: ގުޅީ ކައުންސިލް

މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަން ކ. ގުޅީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: ގުޅީ ކައުންސިލް

މިރަށަކީ މަސްވެރި ރަށެކެވެ. ފަރުމަހުގެ މަސްވެރިކަން ކޮންމެވެސް މިންވަރަކަށް ކޮށްއުޅުނަސް ރަށުގެ މައިގަނޑު އިގްތިސާދީ މަސައްކަތަކީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މިރަށުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ހަ އުޅަނދެއް ގެންގުޅެ އެވެ. ޒަމާނުއްސުރެ މައިގަނޑު އިގްތިސާދީ މަސައްކަތަކީ މަސްވެރިކަން ކަމުގައިވިޔަސް، ފަތުރުވެރިކަމުގެ ވިޔަފާރި މިރަށުގައި މިހާރު އޮތީ ވައިގައި ހިފާފަ އެވެ. އެ ވިޔަފާރި ދަނީ ފުޅާވެ ކުރިއަރަމުންނެވެ. ޖުމުލަ 12 ގެސްޓްހައުސްއެއް މިވަގުތު ވެސް މިރަށުގައި އެބަ ހިންގަ އެވެ. އިތުރު ގެސްޓްހައުސްތައް ހިންގުމަށް ތައްޔާރު ކުރެވެމުން އެބަ ދެ އެވެ.

މިރަށުގައި އާންމު ވިޔަފާރިކުރާ ނުވަ ފިހާރައެއް ހުރެ އެވެ. މާލެއާ ކައިރި ރަށަކަށްވުމުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ މުދާ ރަށުގެ ފިހާރަތަކުން ހުސްނުވެ ލިބެންހުރެ އެވެ. ކެފޭ ރެސްޓޯރަންޓަށް ބަލާއިރު ހަ ތަނެއް ރަޖިސްޓްރީކޮށްގެން މިވަގުތުވެސް ހިންގަ އެވެ. އެ ނޫން ވިޔަފާރިތަކުގެ ގޮތުގައި ބޭކަރީއަކާއި މިރަށުގައި ހިންގާ ބޯޓުޔާޑު ފާހަގަކުރެވެ އެވެ.

ގުޅީ ބޯޓްޔާޑް
ގުޅީ ބޯޓްޔާޑް

ގުޅީ ބޯޓްޔާޑް

ކުޑަކުޑަ ގުޅިއަށް މިހާރުވެސް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަމެވެ. ޖާގައިގެ ދަތިކަން އޮއްވައި، ރިހޭފައި މައްޗަށް ވެއްޓުނު ފޮޔަކީ ރަށްގިރުމުގެ މައްސަލަ އެވެ. ފުޅާ ދާއިރާއެއްގައި މަސްވެރިކަމާއި، ފަތުރުވެރިކަމުގެ މަސައްކަތް ކުރާއިރު އެ ސިނާއަތުތަކުން އުފައްދާ ކުނި ނައްތާލެވޭނޭ އިންތިޒާމެއް މި ވަގުތު މިރަށުގައި ހަމަޖެހިފައެއް ނެތެވެ. ގުޅީ ކައުންސިލާއި ސަރުކާރާ ދެމެދު ހަދާފައިވާ އެމްއޯޔޫ އެއްގެ ދަށުން މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް އެބަ ކުރިއަށް ދެ އެވެ. މިވަގުތު ކުނި ނައްތާލަނީ ގުޅި ކައިރީގައި އޮތް ކުޑަ ގުޅިއަށް ކުނިގެންގޮސް އަންދާލައިގެންނެވެ.

ގުޅިއަކީ ފުޓުބޯޅައިގައި ފާހަގަކޮށްލެވުނު ރަށެވެ. 1999 ވަނަ އަހަރު ބޭއްވި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި މިރަށުގެ ޒުވާނުންގެ ޖަމިއްޔާގެ ފުޓްބޯޅަ ޓީމު މަޝްހޫރު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ވާދަކޮށް މޮޅުވި އެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބް އެ މުބާރާތުން ކެޓީ ގުޅީ ޓީމު އަތުން ބަލިވެގެންނެވެ. ފުޓުބޯޅައިގެ އެ ރޫހު މިރަށުގައި އަދިވެސް އެބައޮތެވެ. ޒުވާން، މޮޅު ކުޅުންތެރިންވެސް އެބަތިއްބެވެ. ނުވަދިހައިގެ އަހަރުތަކުގައި ދަނޑުމަތީގައި ދައްކާލި ފަންވަރު އަދިވެސް އެރަށުގައި އޮތްކަން ސާބިތުކޮށްދޭން ބޭނުންވެ، އެރަށު ޒުވާނުން ތިބީ އެފަދަ ފުރުސަތުތަކަށް އެދިއެދި އެވެ.

ގުޅީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: ގުޅީ ކައުންސިލް
ގުޅީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: ގުޅީ ކައުންސިލް

ގުޅީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: ގުޅީ ކައުންސިލް

ގުޅީ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި ދަނޑު ތަރައްގީކުރުމުގެ މަސައްކަތް މިވަގުތު ދަނީ ހިނގަމުންނެވެ. ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. އެ މަސައްކަތް ހިންގަނީ ރަށު ކައުންސިލްގެ ހަރަދުގަ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު އޮތީ ނިންމާލެވިފަ އެވެ. މިރަށުގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތާއި ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިނިން މަސައްކަތް އޮތީ ބަޔަކާ ހަވާލުކުރެވިފަ އެވެ. ބިން ހިއްކުމުގެ މަޝްރޫއުއަކީ 43.9 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މި ޕްރޮޖެކްޓް ހިންގުމަށް ރާވާފައި އޮތީ 2022 އިން 2024 ގެ ނިޔަލަށެވެ. މި އަހަރުގެ ބަޖެޓުގައި މި މަސައްކަތަށް ބަޖެޓުކުރެވިފައި އޮތީ 2.7 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް 17.6 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައި އެބަ އޮތެވެ. މި ޕްރޮޖެކްޓް ނިމުނީމާ ފެންނަން އޮންނާނީ ކުޑަކުޑަ ގުޅިއެއް ނޫނެވެ. ސައިޒުން ބޮޑު، ބިޔަ ގުޅި އެކެވެ.

ކުޑަކުޑަ ގުޅީގެ ރައްޔިތުންނަކީ އެކުވެރި ބައެކެވެ. ހިތްހެޔޮ ބައެކެވެ. ނުދަންނަ މީހުންނަށްވެސް ފާޅުކޮށްލާ ހިނިތުންވުމަކީ ރަށުން ކިޔާ މަރުހަބާއާއި އަދާކުރާ މެހެމާންދާރީގެ ފުރަތަމަ ލިސާނެވެ. ރަށުގެ ރީތިކަމާއި، މެހެމާނުންނަށް ހުރި ވަސީލަތްތަކުގެ މުއްސަނދިކަމަކީވެސް މިރަށް ހާއްސަވާ ސަބަބެކެވެ. ދަތުރުވަރިއެއްގައި ވިޔަސް ގުޅިއަށް ފައިބައިފި މީހަކު ގުޅި ދޫކޮށް ދާ ހިތްނުވަނީ މިހެންވެގެންނެވެ. ގުޅި ފުރިފައި އޮތީ މެހެމާނުންނަށް ބަހައްޓާ ހިތްހެޔޮކަމާއި މަރުހަބާގެ ޝުއޫރުތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox