ޔުނައިޓެޑް ހާސްކޮށްލުމަށް ފަހު އެވަޓަން ހިންދެމިލައިފި

Apr 9, 2022, 1:53 PM
ޔުނައިޓެޑްގެ ސަންޗޯ (ކ) އަތުން އެވަޓަންގެ ގޯޑަން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ސަންޗޯ (ކ) އަތުން އެވަޓަންގެ ގޯޑަން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޭޕްރީލް 9) - އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި އޮތް މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ރެލިގޭޝަނުން އަރައިގަންނަން މަސައްކަތް ކުރަމުން އަންނަ އެވަޓަން އިން މުހިންމު ތިން ޕޮއިންޓާ އެކު ހިންދެމިލައިފި އެވެ.

ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުންމީދުގައި މަސައްކަތް ކުރަމުން އައި ޔުނައިޓެޑް މިރޭ އެވަޓަން ދަނޑުގައި ބަލިވުމުން ވަނީ ހާސްކަން ކުރިމަތިވެފަ އެވެ.

ޔުނައިޓެޑް މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 31 މެޗުން 51 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް ވަނީ 31 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 29 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 30 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. އާސެނަލާއި ޓޮޓެންހަމުން މެޗު ހަމަކުރާއިރު، ޔުނައިޓެޑަށް ވުރެ ނުވަ ޕޮއިންޓަށް ކުރިއަށް ޖެހުމުގެ ފުރުސަތު އެބައޮތެެވެ.

Advertisement

ޔުނައިޓެޑްގެ ރޮނާލްޑޯ (ކ) އާއި ބްރޫނޯ ފެނާންޑޭސް މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އަނެއްކޮޅުން އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑަށް ވަނީ މިރޭގެ މޮޅާ އެކު ހިތްހަމަޖެހުމެއް ލިބިފަ އެވެ. މިރޭގެ މެޗަށް އައިއިރު، ލަމްޕާޑްގެ ކޯޗުކަމުގައި ލީގުގައި އެވަޓަން ކުޅުނު 12 މެޗުގެ ތެރެއިން އަށް މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ލީގުގައި އެވަޓަން އިން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވިއިރު، މި ހަފްތާގައި ބާންލީގެ އަތްދަށުވީ އެވަޓަން ލީޑުގައި އޮއްވައި ބާންލީ ފަހަތުން އަރައި ޖެހި ގޯލުތަކުން 3-2 އިންނެވެ. އެ ނަތީޖާ ހަނދާން ނައްތާލަން މިރޭގެ މެޗުން މޮޅުވާން އެވަޓަން އަށް އޮތީ މަޖުބޫރުވެފަ އެވެ.

ޖެހިޖެހިގެން ލީގުގައި އަމިއްލަ ދަނޑުގައި ހޯދި ދެ ވަނަ މޮޅާ އެކު އެވަޓަން ލީގުގެ 17 ވަނައިގައި އޮތީ 30 މެޗުން 28 ޕޮއިންޓާ އެކު އެވެ. ލީގުގެ 18 ވަނައިގައި އޮތް ބާންލީ އަށް 29 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ.

ގުޑިސަން ޕާކުގައި މިރޭ ކުޅުނު މެޗު ފަށައިގެން ކުރީކޮޅުގައި ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް ޖެހި ނުރައްކާތެރި ދެ ހަމަލާއެއް އެވަޓަން ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމަައެކަނި ގޯލު އެވަޓަން އިން ޖެހީ 21 އަހަރުގެ އެންތަނީ ގޯޑަން އެވެ. މެޗުގެ 27 ވަނަ މިނިޓްގައި އޭރިއާބޭރުން ގޯޑަން ޖެހި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގުއާ ގައިގައި ޖެހިފަ އެވެ. އެވަޓަން އަށް ލީޑުފުޅާކޮށްދޭން ރިޗާލިސަން ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ޖުމްލަކޮށް ޔުނައިޓެޑަށް ވުރެ ރަނގަޅަށް މަސައްކަތް ކޮށްގެން ކުޅުނީ އެވަޓަން އިންނެވެ. ބަދަލުތަކެއް ގެނެސްގެން ޔުނައިޓެޑުން ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބެއް ނުވި އެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދޭން މެޗުގެ ފަހު ކޮޅުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރަނގަޅު ޝޮޓެއް ޖެހި އެވެ. އޭރިއާތެރެއިން ރޮނާލްޑޯ ފޮނުވާލި ބޯޅަ އެވަޓަންގެ މައިކަލް ކީން ގައިގައި ޖެހިފައި ދިޔަ ނަމަވެސް ކީޕަރު ޕިކްފޯޑް ވަނީ އެއް އަތުން މަތަކޮށްފަ އެވެ.

އެވަޓަން މޮޅުވެގެން މެޗު ނިމުމުން އެ ޓީމުގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ވެސް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ޔުނައިޓެޑަށް މުހިންމު ޕޮއިންޓްތަކެއް ގެއްލުމުން އެ ޓީމުގެ ކުޅުންތެރިންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ރަލްފް ރަންގްނިކް ހަވާލުވި ފަހުން އެ ޓީމުން ލީގުގައި ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވީ އަށް މެޗުންނެވެ. ރަންގްނިކަކީ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ ލީގުގެ ފުރަތަމަ 17 މެޗަށް ބަލާއިރު، އެންމެ ރެކޯޑް ދަށް ކޯޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox