މާރާމާރީ ހިންގަން އުޅުމުން ލިލް ޓީމުން ބެން އާފާ ބޭރުކުރަނީ

Apr 9, 2022, 11:04 AM
މާރާމާރީ ހިންގަން އުޅުމުން ލިލް ޓީމުން ބެން އާފާ ބޭރުކުރަނީ

ޕެރިސް (އޭޕްރީލް 9) - މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ކުޅުނު ފްރެންޗް ލީގުގެ މެޗަށް ފަހު ލިލް ކޯޗު ޖޯސްލޭން ގޮރްވެނެކަށް ހަމަލާދީ މާރާމާރީ ހިންގަން އުޅުނު ކަމަށް ބުނެ، އެ ޓީމުގެ ތަރި ހަތެމް ބެން އާފާ ޓީމުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ފްރާންސްގެ ބޯޑޯ ދޫކޮށް ޓީމަކާ ނުގުޅި ހުރި ބެން އާފާ، ލިލް އަށް ސޮއިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ފްރެންޗް ލީގުގައި މިދިޔަ ހަފްތާގައި ބޯޑޯއާ ލަނޑެއް ނުޖެހި ލިލް އެއްވަރުވި މެޗަށް ފަހު ޗޭންޖިން ރޫމުގައި ބެން އާފާ ވަނީ އެ ޓީމަށް ކުޅޭ ޕޯޗުގީސް ކުޅުންތެރިޔާ، ޓިއާގޯ ޖާލޯ އަށް ތަކުރާރުކޮށް ފުރައްސާރަކޮށްފަ އެވެ. އެކަން ހުއްޓުވަން، ލިލް ކޯޗު ގޮރްވެނެކް، މަސައްކަތް ކުރި ވަގުތު ބެން އާފާ ވަނީ ގޮރްވެނެކާ ކުރިމަތިލައި ޓީމުގެ ކޯޗިން ސްޓާފުންނާ މާރާމާރީ ހިންގަން މަސައްކަތްކޮށްފަ އެވެ.

ގޮރްވެނެކް، މީޑިއާ އަށް ބުނީ ބެން އާފާގެ މައްސަލަ ކްލަބުން ބަލަމުން އަންނަ ކަމަށާއި ޓީމުގައި ބަހައްޓާނެތޯ ގޮތެއް ނިންމާނީ މެނޭޖްމަންޓުން ކަމަށެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ލިލް އިން ބެން އާފާގެ ކޮންޓްރެކްޓް އެއްކޮށް އުވާލާނެ އެވެ.

"ކްލަބުން އަންނަނީ އެ މައްސަލަ ބަލަމުން. އެ ކުޅުންތެރިޔާ މިހާރު ޓީމުގެ ޓްރެއިނިންގައި ބައިވެރިއެއް ނުވޭ. ކްލަބްގެ ވެރިން އަންނަނީ މި މައްސަލައިގައި ހަރަކާތްތެރިވަމުން، މީޑިއާ އަށް އަންގަންޖެހޭ މައުލޫމާތު ބަޔާނެއްގެ ޒަރިއްޔާއިން ކްލަބުން ފޯރުކޮށްދޭނެ. އެ އަށް ފަހު ދެން، ގާނޫނީ ގޮތުން މި ކްލަބުން ކުރަން ޖެހޭ ކަންކަން ކުރިއަށްދާނެ،" ބެން އާފާގެ މައްސަލައާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ގޮރްވެނެކް ބުންޏެވެ.

ލިލް އަކީ އުމުރުން 35 އަހަރުގެ ބެން އާފާ މިދިޔަ 15 އަހަރުގެ ތެރޭގައި ކުޅޭ 10 ވަަނަ ކްލަބެވެ. ލިލްގައި މާ ގިނަ ދުވަހެއް ނުވެ ބެން އާފާ އެ ޓީމުން ބޭރުކޮށްލަން އުޅޭ ވާހަކަ ދެކެވެމުން އަންނަނިކޮށް އޭނާ ވަނީ ސޯޝަލް މީޑިއާގައި އަމިއްލަ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

އިންސްޓަގްރާމްގައި ބެން އާފާ ލިޔެފައިވާގޮތުގައި އޭނާ ހިތްހަމަނުޖެހެނީ ލިލްގެ ވެރިން ވާހަކަ އޮޅުވާލައިގެން ދައްކާތީ ކަމަށެވެ. އަދި ބޯޑޯ މެޗަށް ފަހު އޭނާ ހިތްހަމަނުޖެހުނީ ރެލިގޭޝަނުން ސަލާމަތްވާން އުޅޭ ޓީމެއް ގޮތަށް ލިލް ކުޅޭތީ ކަމަށެވެ. އަދި ކުޅުން ބަދަލުކުރަން ތަކުރާރުކޮށް ބޭނުންވެގެން އެދެމުން އަންނައިރު، ކޯޗު ގޮރްވެނެކް ހުންނަނީ އެކަން ކުރަން ބިރުން ކަމަށް ބެން އާފާ ވަނީ ބުނެފަ އެވެ.

ފްރާންސްގެ ލިޔޯން، މާސޭ، ޕީއެސްޖީ، ލިލް، ރެެނެސް، ނީސް އަދި ބޯޑޯ އަށް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ ބެން އާފާ ވަނީ ފްރާންސް އުމުރުފުރާ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑާއި ހަލް ސިޓީ އަދި ސްޕެއިންގެ ރެއާލް ވަލޮޑޮލިޑުން ވެސް ފެނުނު ބެން އާފާ އަކީ އާދަޔާހިލާފު ހުނަރުވެރި މޮޅު ކުޅުންތެރިއެކެެވެ. އެކަމަކު، ކެރިއަރުގައި ބޭނުންވާ މިސްރާބަށް ނުދެވުނީ ތަކުރާރުކޮށް އަހުލާގީ މައްސަލަތައް ދިމާވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox