ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނިންމީ ޕާލިމެންޓް އުވާލީ ގޯސްކޮށް ކަމަށް

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންގެ ޕޯސްޓަރެއް ވެއްޓިފައި.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންގެ ޕޯސްޓަރެއް ވެއްޓިފައި.

ޕާކިސްތާނުގެ ޕާލިމެންޓް އުވާލީ ގޯސްކޮށް ކަމަށާއި ބޮޑު ވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ބޭރުކޮށްލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

އުއްތަމަ ފަނޑިޔާރު އުމަރް އަތާ ބަންދިއަލް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމާ އެކު އިމްރާން ހާންގެ އިރުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޮނިހިރު ދުވަހު ޕާލިމެންޓުގައި ކުރިއަށް ދާނެ އެވެ.

މިދިޔަ ހަފްތާގައި އިމްރާން ހާން ވަނީ ޕާކިސްތާނުގެ ދާހިލީ ކަންކަމަށް އެމެރިކާއިން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފަ އެވެ. ޕާކިސްތާނުގެ ނޫސްތަކުން ބުނީ އެމެރިކާއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސަފީރު އިމްރާން ހާނަށް ފޮނުއްވި ސިޓީއެއްގައި، އެމަނިކުފާނު މަގާމުން ވަކިވެއްޖެ ނަމަ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެމެރިކާއިން އެކަން ދޮގުކުރެ އެވެ.

ޕާލިމެންޓަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލީ ބޭރުގެ ނުފޫޒު އެ މައްސަލައިގައި ހިމެނޭތީ ކަމަށް ޕާލިމެންޓުގެ ނައިބު ރައީސް ވިދާޅުވި އެވެ.

މައްސަލަ ބޭރު ކުރިތާ ކުޑައިރުކޮޅެއް ފަހުން އިމްރާން ހާން ވަނީ ޕާލިމެންޓް އުވާލުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެއާ އެކު ޕާލިމެންޓު އުވާލިކަމަށް ކަނޑައަޅައި، އާ އިންތިހާބަކަށް ތައްޔާރުވަމުންދާ ކަމަށް އިމްރާން ހާން ވިދާޅުވި އެވެ.

ޕާކިސްތާނުގެ ތާރީހުގައި އެއްވެސް ބޮޑު ވަޒީރަކު ދައުރު ފުރިހަމަ ކުރައްވާފައެއް ނުވެ އެވެ. އިމްރާން ހާން އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ.

އިތުބާރު ނެތްކަމުގެ ވޯޓަކީ އެމަނިކުފާނުގެ ދައުރުގައި މިހާތަނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަމަނުޖެހޭ ކަމަށާއި އިގްތިސާދު ވެސް މެނޭޖު ނުކުރެވޭ ކަމަށެވެ.

އިމްރާން ހާން ވިދާޅުވީ ޕާކިސްތާނުގެ އިދިކޮޅު ގްރޫޕްތަކުން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަނީ، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި އެމެރިކާ އާ އެއް ވިސްނުމެއް އެމަނިކުފާނު ނުގެންގުޅޭތީ ކަމަށެވެ. އެގޮތުން, ޗައިނާ އާއި ރަޝިއާގެ މައްސަލަ ފާހަގަކުރެއްވި އެވެ.

ޕާކިސްތާނުގެ އިދިކޮޅުގައި އުޅެނީ މުސްލިމް ލީގް-އެން (ޕީއެމްއެލް-އެން) އަދި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox