ވާގޮތް: ބިއްލޫރީގެ ހަގީގަތް

ވާގޮތް: ބިއްލޫރީގެ ހަގީގަތް

ނިދާ ހޭލައިގެން ފާރުގައި ހުރި ގަޑިއަށް ބަލައިލާ ހިސާބުން ފެށިގެން އެފެންނަން ފެށީ ބިއްލޫރި އެވެ. ދެން ހަމަ ބަލައިލި ކޮންމެ ދިމާލަލުން ފެންނާނީ ބިއްލޫރި އެވެ. މޫނުދޮވެލައި، ރީތިވެލަން ގޮސް އޭގެ ކުރިމައްޗަށް ހުއްޓޭ ކަންނާޑީން ފެށިގެން ގޭގެ ކުޑަދޮރުތަކުން ގޮސް ފެންނަނީ ހުސް ބިއްލޫރި އެވެ.

އަހަރެމެންގެ ދިރިއުޅުމާ މިހާ ބޮޑަށް ގުޅިފައިވާ ބިއްލޫރީގެ ހަގީގަތް އެނގެން ޔަގީނުން ވެސް އެތައް ބަޔަކު ބޭނުންވާނެ އެވެ. ބިއްލޫރިއަކީ މީހުން އަމިއްލައަށް އުފައްދާ އެއްޗެެއްތޯ ނުވަތަ އެއީ ގުދުރަތީ ވަސީލަތެއްތޯ ބަލައިލާ ހިތްވާ ބަޔަކުވެސް ތިބެދާނެ އެވެ.

ބިއްލޫރި އާ ބެހޭ ގޮތުން އަހަރެމެން އެންމެން ވެސް އަހާފައިވާ އެންމެ ގަދީމީ ވާހަކައަކީ ސުލައިމާން އަލައިހިއްސަލާމްގެ ގަނޑުވަރަށް، ބަލްގިސް ރަނިން ވަޑައިގެންނެވުމުން ކަންހިނގި ގޮތުގެ ވާހަކަ އެވެ. ބޮޑު ބިއްލޫރި ޝީޓަކުން އަޅާފައިވާ ތަޅުމަކީ ފެންގަނޑެއް ކަމަށް ހީފުޅުކުރައްވައި ބަލްގިސް ރަނިން، އެކަމަނާގެ ފޭރާންކޮޅު ކޮށިކުރައްވަން އުޅުއްވި ކަމަށް އެ ވާހަކަގައި ކިޔަ އެވެ.

އިންސާނުން ބިއްލޫރި ބޭނުންކުރަން ފެށީ ކިހާ ކުރިއަކުން ކަން އެވާހަކައިން ވެސް އެނގެ އެވެ.

އިންސާނުންގެ ލޯތަކަށް ނުހަނު އަރާމު ގެނެސްދޭ ބިއްލޫރީގެ އަސްލަކީ ބޭނުންވަރަކަށް އަހަރެމެންނަށް ލިބެން އޮތް އެއްޗެއް ކަމަށްވާ ވެއްޔޭ ބުނެފި ނަމަ ގަބޫލުނުކުރާނެ މީހުން ވެސް ތިބެދާނެ އެވެ. އެކަމަކު ހަގީގަތަކީ އެ އެވެ.

ގުދުރަތީ ބިއްލޫރި

ތާރީހު ދިރާސާކުރާ ފަރާތްތަކުން ލިޔުއްވާފައިވާ ގޮތުގައި ބިއްލޫރި އުފައްދާނެ ގޮތް ދަސްވުމުގެ އެތައް ހާސް އަހަރެއް ކުރިން ފެށިގެން ވެސް އަހަރެމެންގެ ކާބަފައިން ވަނީ އެތައް ކަމަކަށް ބިއްލޫރި ބޭނުންކޮށްފަ އެވެ. އޭރު ބޭނުންކުރީ ގުދުރަތީ ގޮތުން އުފެދޭ ބިއްލޫރި އެވެ. އަލިފާން ފަރުބަދައިން އުފެދޭ "އޮބްސީޑިއަން" ބިއްލޫރި އެންމެ ފުރަތަަމަ ބޭނުންކުރިކަމަށް އެނގެން އޮތީ މަޝްހޫރު ހަތިޔާރެއްކަމަށް ވާ ދުނިދަނޑިއަށް ލައްވާ ދުނީގެ ތުނޑު ހެދުމަށާއި ވަޅިއާއި ގަހަނާ އަދި ފައިސާ އުފެއްދުމަށެވެ.

ގުދުރަތީ ބިއްލޫރި އުފެދޭ އެއް ގޮތަކީ އަލިފާން ފަރުބަދައިން ފައިބާ، މަތީ މިންވަރަކަށް ސިލިކާ އެކުލެވޭ ލާވާގެ ބޮޑެތި އެތިގަނޑުގަނޑު ގޮސް ބިމުގައި ޖެހި، ކުއްލިއަކަށް ހިހޫ ވުމެވެ. މިގޮތަށް ދިމާވާ އެއް ސަބަބަކީ ލާވާ ގޮސް ފެނުގައި ޖެހުމެވެ.

އަނެއް ގޮތަކީ ސިލިކާ ސޭންޑް (ވެލީގެ ވަކި ބާވަތެއް) ހުންނަ ސަރަހައްދެއްގެ ބިންގަނޑަށް ހޮނު އެޅުމެވެ. އެކަންއާއްމުކޮށް ހިނގަނީ ސަހަރާގަ އެވެ.

ބިއްލޫރި އުފެއްދުން

ގަދީމީ ރޯމަނުންގެ ތާރީހީ އިލްމުވެެރިޔާ ޕްލިނީ ލިއުއްވާފައިވާ ގޮތުގައި އެންމެ ފުރަތަމަ ބިއްލޫރި އުފައްދައި ބޭނުންކުރަން ފެށކަމަށް ބެލެވެނީ އީސާ އަލައިހިއްސަލާމްގެ 5000 އަހަރު ކުރިން، މިޒަމާނުގެ ސީރިއާ އެ އޮތް ސަރަހައްދުގަ އެވެ. އެހެން ނަމަވެސް ލިބެން ހުރި އާކިއޮލޮޖިކަލް ހެކިތަކަށް ބަލާއިރު އެންމެ ފުރަތަމަ ބިއްލޫރި އުފައްދައި ބޭނުންކުރަން ފެށީ އީސާގެފާނުގެ 3500 އަހަރުކުރިން މިސްރާއި މެސޮޕޮޓޭމިއާ ގަ އެވެ. މެސަޕޮޓޭމިއާ އަކީ މިހާރުގެ އިރާގު ސަރަހައްދެވެ. ބިއްލޫރީގެ ކަންވާރެއް އެންމެ ފުރަތަމަ އުފެއްދީ ބެލެވޭ ގޮތުގައި އީސާގެފާނުގެ 1500 އަހަރު ކުރިން ހަމަ އެ ދެ ސަރަހައްދުގަ އެވެ.

އޭގެ ފަހަށް އައި 300 ވަރަކަށް އަހަރުގެ ތެރޭގައި ބިއްލޫރި އުފެއްދުމުގެ ސިނާއަތު ކުރިއަރައިގެން ދިޔަ ނަމަވެސް އޭގެ ފަހުން ދިޔައީ ދަށަށެވެ. އެ ސިނާއަތުން އަލުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް މިސްރުގައި ފެށިކަމަށް ބެލެވެނީ އީސާގެފާނުގެ 700 އަހަރު ކުރިންނެވެ. އޭގެ ފަހަށް އައި 500 އަހަރު ވެސް މިސްރާއި ޝާމާއި މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގެ ބައެއް ސަރަހައްދުތައް ވެފައި އޮތީ ބިއްލޫރި އުފެއްދުމުގެ މަރުކަޒު ތަކަކަށެވެެ.

ބިއްލޫރިން ތަކެތި އުފެއްދުމުގައި ބޭނުންކުރާ އުކުޅުތައް ތަފާތުވެފައި، އެ ޓެކްނޮލޮޖީ ކިތަންމެ ކުރި އެރިޔަސް އޭގެ އަސާސަކީ ސިލިލާ އެކުލެވޭ ވެލި އާދަޔާ ހިލާފަށް ހޫނުކޮށްލުމެވެ. އެގޮތުން ކުރަންޖެހޭ ކަމަކީ އެފަދަ ވެލި 1700 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރުމެވެ. މިހެން ހޫނުކުރުމުގެ މަސައްކަތް އެކި ޒަމާންތަކުގައި ކޮށްފައި އޮންނާނީ އެކި ގޮތްތަކަށަށެވެ.

މިޒަމާނުގައި މިފެންނަ ފަދަ ބޮޑެތި ބިއްލޫރި ޝީޓްތައް ހުރިހާ ދިމާލެއްގެ ބޯމިން އެއްވަރެއްގައި ހުންނާނޭހެން އުފައްދަން ފެށީ 1950ގެ އަހަރުތަކުގައި ޕިލްކިންޓަން އިންނެވެ. އެކުންފުނިން އީޖާދުކުރި މެތަޑަށް ކިޔަނީ "ފްލޯޓް ގްލާސް ޕްރޮސެސް" އެވެ. އެ މެތަޑްގައި ކުރާ ކަމަކީ ވިރުވާފައިވާ ބިއްލޫރި ވިރުވާފައިވާ މައުދަނެއްގެ މަތިން ގެންދިއުމެވެ. އެކަމަށް ބޭނުންކުރާ މައުދަނަކީ ޓިން ނުވަތަ އެހެން މައުދަކަށް ވެސް ވެދާނެ އެވެ.

ގެދޮރު ޒީނަތްތެރިކުރަން މިހާރު ކިތަންމެ ބާވަތެއްގެ ބިއްލޫރި އެއް ލިބެން އެބަހުއްޓެވެ. ލެޑް ބޭސްޑް ގްލާސް، ޓެމްޕާޑް ގްލާަސް، ސޮޑާ ލައިމް ގްލާސް، ސްޓެއިންޑް ގްލާސް އަދި ޓިންޓެޑް ގްލާސް ފަދަ ކިތަންމެ ބާވަތެކެވެ. އެކަމަކު މިހުރިހާ ބިއްލޫރިއެއް އުފެއްދުމުގައި ވެސް ފްލޯޓް ގްލާސް ޕްރޮސެސް އަދިވެސް ބޭނުންކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox