ލުއި ޝޯ: ޝަރީފު ސިޔާސީ ކުލަތަކާ ވަކިން 'އިންދި' ސާފު ލޯބި

Apr 7, 2022, 4:33 AM
ލުއި ޝޯ: ޝަރީފު ސިޔާސީ ކުލަތަކާ ވަކިން 'އިންދި' ސާފު ލޯބި

"ލުއި ޝޯ" އަކީ ނަފުރަތާއި ރުޅިވެރިކަމާއި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ހިނދުކޮޅަކަށް ނިކުމެލައި، ލޯތްބާއި ހިތްހަމަޖެހުމާއި ދިރިއުޅުމުގެ ހިތްގައިމުކަމުގެ ތެރެއަށް ކިޔުންތެރިން ގެންގޮސްދިނުމުގެ މަގުސަދުގައި ފަށާ ޝޯއެކެވެ. ރޯދަމަހުގެ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހުގެ ރޭ 9:00 ގައި ގެނެސްދޭ މި ސިލްސިލާގައި 'ސިޔާސީ ސެލެބްރިޓީ'ންނާއި މަތީ މަގާމުތަކުން މީހުންގެ ސަމާލުކަން ހޯދި މީހުން ފެނިގެންދާނެ އެވެ.

އެކަމަކު، މި ޝޯ ގައި މެހުމާނުން ފެނިގެންދާނީ މިހާތަނަށް އެމީހުން ނުފެންނަ އައްޔެއްގަ އެވެ. މީހުންގެ ފަރާތުން ރައްދުވާ ނަފުރަތާއި ރުޅިވެރިކަމާއި ލޯތްބާއި މުޅިން ވަކިން، މި ޝޯގައި ބައިވެރިވާ މެހުމާނުންނާއި އެމީހުންގެ ހަޔާތުގެ ބައިވެރިން ހިއްސާކުރާނީ ދިރިއުޅުމުގެ ވާހަކަތަކެވެ. ގެއިން ބޭރުގެ ފުރައްސާރަ އާއި ހަލަބޮލިކަމުގެ ތެރެއިން، ލޯތްބާއި، އަޅައިލުމާއި ކައިވެނީގެ ފޮނި މީރުކަމާއި ހަޔާތުގެ ކާމިޔާބީތައް ހޯދަމުން އަންނަ ގޮތުގެ ވާހަކަތަކެވެ.

އެގޮތުން އަހަރެމެންގެ މި ޝޯގެ ފުރަތަމަ މެހުމާނަކީ މިވަގުތު ރައްޔިތުންގެ ކަރަންޓު ކުންފުނި، ސްޓެލްކޯގެ ހުންގާނުގައި ހުންނެވި އަހުމަދު ޝަރީފު ނުވަތަ ސިޔާސީ ގޮތުން އެއް އިރެއްގައި އެންމެ މަޝްހޫރުވި ނަމުން ނަމަ "އީސީ ޝަރީފް" އެވެ. އަދި އޭނާގެ އަނބިކަނބަލުން ފަޒީލާ މުތީއު އެވެ.

Advertisement

ޝަރީފު ވަނީ ސިޔާސީ އެތައް ފެނެއްގައި އެތައް ގޮތަކަށް ފީނައިފަ އެވެ. އެއްބަޔަކަށް އޭނާ އަކީ ސިޔާސީ ސިކުނޑި ވަރުގަދަ، ގަދަ ކުޅުންތެރިއެކެވެ. އަނެއް ބަޔަކަށް ޝަރީފަކީ އަމިއްލަ ގޮތެއް، އިހްލާސްތެރިކަމެއް ނެތް 'ސިޔާސީ ބޯވަ' އެކެވެ.

އެކަމަކު ސިޔާސީ ކުޅިސަމާގައި ނަފްރަތާއި ބަދުބަސް ނުލިބޭނީ ކާކަށް ހެއްޔެވެ؟ ޝަރީފަށް އޭނާ އަކީ ވެސް އިސްތިސްނާ އެއް ނޫނެވެ.

މި ޝޯގައި ޝަރީފުގެ މި ހުރިހާ ވާހަކަތަކެއްގެ ބޭރުން، މުޅިން އާ ޝަރީފެއް ބެލުންތެރިންނަށް ފެނިގެންދާނެ އެވެ. ނަފުރަތާއި ފުރައްސާރައާ މާ ދުރު، އަރާމު 'އާލަމެއް'ގައި ލޯތްބަށް ފެން ދެމުން ދިރިއުޅުން ފައްކާކުރަމުންދާ ގޮތް ހިއްސާކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox