މިޔުޒިކް ތަރިންގެ ޔޫޓިއުބް ޗެނަލްތައް ހެކްކުރި މައްސަލަ ވީވޯއިން ބަލަނީ

ޓެއިލާ ސްވިފްޓްގެ ޔޫޓިއުބް ޗެނަލްގެ ސްކްރީންޝޮޓެއް.

ޓެއިލާ ސްވިފްޓްގެ ޔޫޓިއުބް ޗެނަލްގެ ސްކްރީންޝޮޓެއް.

މަޝްހޫރު މިޔުޒިކް ތަރިންގެ ޔޫޓިއުބް ޗެނަލްތައް ހެކް ކުރި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް މިޔުޒިކް ހޯސްޓިން ހިދުމަތް ދޭ، ވީވޯއިން ބުނެފި އެވެ.

ޖަސްޓިން ބީބާ، ޓެއިލާ ސްވިފްޓް އަދި އެހެން މަޝްހޫރު އާޓިސްޓުންގެ ޗެނަލްތައް ހެކް ކުރުމަށް ފަހު، ކުށްވެރިއެއްގެ ވީޑިއޯތައް ވަނީ އަޕްލޯޑްކޮށްފަ އެވެ.

ޔޫޓިއުބާއި އެހެން ޕްލެޓްފޯމްތަކަށް ތަރިންގެ މިޔުޒިކް ވީޑިއޯ ފޯރުކޮށްދޭ ވީވޯއިން ބުނީ ހެކް ކުރުމަށް ފަހު އަޕްލޯޑް ކުރި ކޮންޓެންޓް ޑިލީޓުކޮށްފައިވާ ކަމަށާއި އެކަމުގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ޖަސްޓިން ބީބާ އާއި ޓެއިލާ ސްވިފްޓްގެ އިތުރުން އެރިއާނާ ގްރާންޑް، ޑްރޭކް، އެމިނެމް، މައިކަލް ޖެކްސަން އަދި ކާންޔޭ ވެސްޓްގެ ޔޫޓިއުބް ޗެނަލްއަށް ވެސް ހެކަރުން އަމާޒު ކުރި އެވެ.

ހެކް ކުރުމަށް ފަހު ޗެނަލްތަކަށް އަޕްލޯޑް ކުރީ މިދިޔަ އަހަރު ޖަލަށް ހުކުމް ކުރި ސްޕެއިންގެ ޕާކޯ ސާންޒްގެ ވީޑިއޯ އެވެ. އޭނާއަކީ ކެންސަރު ބަލީގައި މަރުވަނީ ކަމަށް ބުނެ، ގިނަ އަދަދެއްގެ ސެލެބްރިޓީންނާއި އެހެން މީހުން އޮޅުވާލައިގެން އުޅުނު ސްކޭމަރެކެވެ.

ވީވޯއަކީ ޔުނިވާސަލް މިޔުޒިކާއި ސޮނީ މިޔުޒިކް ގުޅިގެން 2009 ވަނަ އަހަރު އުފެއްދި ޖޮއިންޓް ވެންޗާ އެކެވެ. މީގެ ހަތަރު ކުރިން ވެސް ހެކަރުން ވީވޯއަށް ހަމަލާ ދިނެވެ. އެ ފަހަރު ބައެއް ލަވަތަކުގެ ވީޑިއޯ ބަދަލުކޮށް، ހިޓު ލަވަ "ޑެސްޕަސީޓޯ" ވީވޯގެ ހިދުމަތުން ވަގުތީ ގޮތުން ގެއްލުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox