ޗައިނާގައި ރެކޯޑް އަދަދަށް ކޮވިޑް ކޭސްތައް އިތުރުވެއްޖެ

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގެ މަގުތައް ޑިސްއިންފެކްޓް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގެ މަގުތައް ޑިސްއިންފެކްޓް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ޗައިނާގައި ފުރަތަމަ ފަހަރަށް އެއް ދުވަސް ތެރޭ 20،000 ކޭސް ރިޕޯޓުކޮށްފި އެވެ.

ރެކޯޑް އަދަދަށް ކޭސްތައް ރިޕޯޓުކޮށްފައިވާ އިރު، އެންމެ ބޮޑަށް ބަލި ފެތުރެމުން ދަނީ ލޮކްޑައުންކޮށްފައިވާ ޝަންހާއީ ސިޓީގަ އެވެ.

މިދިޔަ މާޗް މަހާ ހަމައަށް ޗައިނާގެ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި ހުރި ނަމަވެސް، އޭގެ ފަހުން ކުއްލިއަކަށް ވަނީ އިތުރު ވާން ފަށާފަ އެވެ.

އޮފިޝަލުން ބުނީ ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓްގެ އާ މިޔުޓޭޝަނެއް ޝަންހާއީ ކައިރިން ފެނިފައިވާ ކަމަށެވެ.

ނޭޝަނަލް ހެލްތު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބުދަ ދުވަހު 20،472 ކޭސް ރިކޯޑް ކުރި އިރު، އެއްވެސް މީހަކު ބަލީގައި މަރުވެފައި ނުވާ ކަމަށެވެ.

ރެކޯޑް އަދަދަށް ކޭސްތައް މަތިވި ނަމަވެސް، ގިނަ ކޭސްތަކުގައި އެއްވެސް އަލާމާތެއް ނުފެނެ އެވެ.

"ޒީރޯ ކޮވިޑް" ގެ ސިޔާސަތެއް ގެންގުޅޭ ޗައިނާގައި ކޭސްތައް އެންމެ ބޮޑަށް އިތުރުވަމުންދާ ޝަންހާއީގެ ކަރަންޓީން ފެސިލިޓީތައް މިހާރު ވަނީ ފުރިފަ އެވެ.

އެ ސިޓީގައި ބައްޔަށް ޕޮޒިޓިވްވާ ތުއްތު ކުދިންނާއި ނެގެޓިވްވާ މައިންބަފައިން ބައިތިއްބަނީ ވަކިންނެވެ. އެ ސިޔާސަތާ ހެދި އާއްމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ބުދަ ދުވަހު ރިކޯޑް ކުރި ކޭސްތަކުގެ 80 ޕަސެންޓް ނިސްބަތް ވަނީ ޝަންހާއީ އަށެވެ. ގާތްގަނޑަކަށް 25 މިލިއަން މީހުން ދިރިއުޅޭ އެ ސިޓީ ލޮކްޑައުން ކުރީ މިދިޔަ ހަފްތާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox