ވެސްޓް ހޭމާއި ޓޮޓެންހަމް ކުރިއަށް، ޔުނައިޓެޑް ވެއްޓިއްޖެ

Apr 3, 2022, 6:19 PM
ނިއުކާސަލް ކޮޅަށް ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖެހުމަށް ފަހު ސޮން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް ކޮޅަށް ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖެހުމަށް ފަހު ސޮން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ވެސްޓް ހޭމް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެ ލީގުގައި ކުރިއަށް ފިޔަވަޅެއް އެޅުމާ އެކު ގަދަ ހަތަރެއްގެ ރޭހުގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ހަތް ވަނަ އަށް ވެއްޓިއްޖެ އެވެ.

ވެސްޓް ހޭމް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. ޓޮޓެންހަމުން ވަނީ ފަހަތުން އަރައި 5-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ. ޓޮޓެންހަމް ވަނީ މިރޭގެ މޮޅާ އެކު ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 30 މެޗުން 54 ޕޮއިންޓާ އެކު އެވެ. ފަހެއްގައި އޮތް އާސެނަލަށް 28 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ރަށުންބޭރުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް އާސެނަލަށް ހަތަރަކަށް އެރޭނެ އެވެ.

ހަ ވަނައިގައި އޮތީ ވެސްޓް ހޭމް އެވެ. އެއީ 31 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނަ އަށް ވެއްޓުނު ޔުނައިޓެޑަށް ވެސް ވަނީ 51 ޕޮއިންޓް ލިބިފަ އެވެ. އެއީ 30 މެޗު ކުޅެގެންނެވެ.

Advertisement

ވެސްޓް ހޭމް ދަނޑުގައި މިރޭ ކުޅުނު މެޗުން އެ ޓީމަށް ލީޑުނަގަައިދިނީ މެޗުގެ 32 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އާރޮން ކްރެސްވެލް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަން އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ބްރެޒިލް ފޯވާޑް ރިޗާލިސަން އަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އެވަޓަންގެ މިކޮލެންކޯ (ކ) ކައިރިން ވެސްޓް ހޭމްގެ ބޮވެން (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އެވަޓަންގެ ޑޮމިނިކް ކަލްވެޓް-ލެވިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެވަޓަން އިން ދެ ވަނަ ހާފްގެ ކުރީކޮޅުގައި ދެއްކި މޮޅު ކުޅުމުގެ ފައިދާނަގައި، 53 ވަނަ މިނިޓްގައި އެއްވަރުކުރީ ރިޗާލިސަން ދިން ބޯޅައަކުން މޭސަން ހޯލްގޭޓް ޖެހި ގޯލުންނެވެ. ނަތީޖާ ހަމަހަމަކޮށް އޮތީ ފަސް މިނިޓެވެ. މެޗުގެ 58 ވަނަ މިނިޓްގައި ވެސްޓް ހޭމް އިން ދެ ވަނަ ފަހަރަށް ލީޑުނެގީ ޖެރޮޑް ބޮވެން ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ މިކޭލް އެންޓޯނިއޯ ޖެހި ބޯޅައެއް އެވަޓަން ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފައި ނުކުތްވަގުތު ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އެވަޓަން އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 65 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު މައިކަލް ކީން އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ލީގުގެ 17 ވަނައިގައި އެވަޓަން އޮތްއިރު، އެ ޓީމުގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން ހަތް މެޗުން ވަނީ ބަލިވެފަ އެވެ.

ރަނގަޅު ފޯމެއްގައި ކުޅެމުން އައި ނިއުކާސަލް އިން މިރޭ ޓޮޓެންހަމް ދަނޑުގައި ލީޑުނެގި އެވެ. މިއީ މެޗުގެ 39 ވަނަ މިނިޓްގައި ފަބިއަން ޝެއާ ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ. މި ގޯލު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. ވީއޭއާރް އިން ބެލީ ނިއުކާސަލްގެ ފޯވާޑް ކްރިސްވުޑް އަތުގައި ބޯޅަ ޖެހުނުތޯ އާއި އޭނާ ހުރީ އޮފްސައިޑް މަގާމެއްގައިތޯ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 43 ވަނަ މިނިޓްގައި ބެން ޑޭވިސް ވަނީ ސޮން ހެއުން މިން ނެގި ހުރަހަކުން ބޮލުން ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި ހެރީ ކޭން ނެގި ހުރަހަކުން މެޓް ޑޮހާޓީ ވަނީ ގޯލެއް ޖަހައި ޓޮޓެންހަމަށް މެޗުގައި ލީޑުނަގައިދީފަ އެވެ. ކައުންޓަ އެޓޭކެއްގައި މެޗުގެ 54 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޑޭޖާން ކުލުސެވްސްކީ ދިން ބޯޅައަކުން ސޮން ވަނީ ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އަދި މެޗުގެ 63 ވަނަ މިިނިޓްގައި ޑޮހާޓީ ނެގި ހުރަހަކުން އެމަސަން ރޯޔާލް ވަނީ ޓޮޓެންހަމްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ޓޮޓެންހަމްގެ ފަހު ގޯލަކީ ބަދަލަކަށް އެރި ދެ ކުޅުންތެރިން ކަމަށްވާ ލޫކަސް މޯރާ އާއި ސްޓީވެން ބާގްވެއިންގެ ބައިވެރިވުމާ އެކު ޖެހި ގޯލެކެވެ. މޯރާ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ހުސްކޮށްލާފައި ބާގްވެއިން އަށް ދިން ބޯޅަ އޭނާ ވަނީ ތިިރިތިރިން ގޯލަށް ވައްދާލައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox